އިންޓަ ސްކޫލް ޓޭބަލް ޓެނިސް: 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޒީކް އާއި މިޝްކާ އަށް

Aug 8, 2024, 4:02 AM
ރޭ ކުޅުނު އިންޓަ ސްކޫލް ޓީޓީ މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ރޭ ކުޅުނު އިންޓަ ސްކޫލް ޓީޓީ މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

މާލޭ ޓީޓީ ހޯލުގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސްގެ ފައިނަލް ބައެއް މެޗުތައް ރޭ ކުރިއަށްދިޔައިރު، 17 އަހަރުން ދަށުގެ ޗެމްޕިއަންކަން، ޒީކް ހަަސަން ލަތީފް އާއި މިޝްކާ މުހައްމަދު އިބްރާހިމް ހޯދައިފި އެވެ.

ރޭ ކުޅުނު 17 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި، ޒީކް ވަނީ އުމީރު މުހައްމަދު މުއިއްޒު އަތުން 3-2 އިން މޮޅުވެފަ އެވެ. ޒީކް، ފުރަތަމަ ދެ ސެޓު، 11-08، 14-12 އިން ގެންގޮސްފައިވަނިކޮށް އުމީރު ވަނީ ދެން ކުޅުނު ދެ ސެޓު، 06-11، 09-11 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. ދެން ކުޅުނު، ސެޓު، 11-09 އިން ގެންގޮސް ޒީކް މޮޅުވީ އެވެ.

ސަތާރަ އަހަރުން ދަށުގެ އަންހެން ފައިނަލުގައި މިޝްކާ ވަނީ 3-1 އިން މަލާކް ބިންތި މުއިއްޒު އަތުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 11-06، 08-11، 11-05 އަދި 11-08 އިންނެވެ.

ރޭ ކުޅުނު އިންޓަ ސްކޫލް ޓީޓީ މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ފަނަރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އުމީރު އެވެ. ފައިނަލުގައި އުމީރު ވަނީ 3-0 އިން މުހައްމަދު ޒާއިމް އަހުމަދު ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 11-08، 11-08 އަދި 11-09 އިންނެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ އައިޝަތު އަލްސާ ނާފިޒް އެވެ. އަލްސާ ވަނީ ފައިނަލުގައި، އައިޝަތު މަލަަކް ތާސީން އަތުން 11-04، 11-01 އަދި 11-05 އިން މޮޅުވެފަ އެވެ.

ރޭ ކުޅުނު 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ފައިނަލުގައި، މުހައްމަދު ހަލަފް ރާފިއު ވަނީ ފަހަތުން އަރައި 3-2 އިން އަލްޔާން އަލީ ނިޝާމް ބަލިކޮށްފަ އެވެ. އަލްޔާން ފުރަތަމަ ދެ ސެޓު، 08-11، 07-11 އިން ގެންގޮސްފައިވަނިކޮށް، ހަލަފް މޮޅުވީ ދެން ކުޅުނު ތިން ސެޓު، 11-03، 11-04 އަދި 11-08 އިން ކާމިޔާބު ކޮށްގެންނެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ އަލްސާ އެވެ. މިއީ، ހަމަ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސްގައި ވާދަކުރި ދެ ކުޅުންތެރިންނެވެ. ތޭރަ އަހަރުން ދަށުގެ ފައިނަލުގައި އަލްސާ ކުރިހޯދީ 11-08، 11-08 އަދި 13-11 އިންނެވެ.

ރޭ ކުޅުނު އިންޓަ ސްކޫލް ޓީޓީ މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އެގާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސްގައި، ސާރާ މޫސާ ޖަމީލް ވަނީ 11-06، 13-11 އަދި 11-04 އިން، އައިރާ އަބްދުﷲ ރިފާއު ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ހ. މުނިއުފާގައި ހުންނަ މާލޭ ޓީޓީ ހޯލުގައި ކުރިއަށްދާ މި މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.

މި ފަަހަރުގެ އިންޓަ ސްކޫލް ޓީޓީ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ފުވައްމުލަކު ސްކޫލް، ގާޒީ ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ހާފިޒް އަހުމަދު ސްކޫލް، ހިރިޔާ ސްކޫލް، ހުރަވީ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް، ރެހެންދި ސްކޫލް އަދި ތާޖުއްދީން ސްކޫލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox