އެމްޑީޕީގެ އަމާޒު ސީދާ ހަރަކާތަށް ހިފައިފި

އެމްޑީޕީގެ އަމާޒު ސީދާ ހަރަކާތަށް ހިފައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރަމުންދާ ކަންކަން ހުއްޓުވައި ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން "ސީދާ ހަރަކާތަށް" ދިޔުމުގެ އަމާޒު ކަނޑައަޅައިފި އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކަންބޮޑުވުން ފާޅުކުރީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާތީ އާއި ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާފައިވާތީ އާއި ސަރުކާރުން އަމިއްލަ ކުންފުނިތަކަސް ފައިސާ ނުދޭތީ އަދި ރައީސް މުއިއްޒު ވައުދުވި ގޮތަށް ކަންކަން ހިންގަމުން ނުދާތީ އެވެ.

އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ގައުމީ މަޖިލީހުގައި ވިދާޅުވީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ހާސިލު ނުކުރެވޭ ކަމަށް ވާނަމަ އެކަމުގެ ވާހަކަތައް އިދިކޮޅު ޕާޓީއެއްގެ ގޮތުން އެމްޑީޕީން ދައްކަންޖެހޭ ކަމަށެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމެވެ.

"ފެނަކަ އާއި ދެން ހުރި ކުންފުނިތަކުން ވެސް ވަކިކުރަމުން އެ ދަނީ މި ޕާޓީގެ މެންބަރުން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ އާރުޑީސީން 500 މުވައްޒަފުން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ގައުމު ފުނޑިގެންދާއިރު އެންމެ ބޮޑު ޒިންމާއެއް އޮތީ އެމްޑީޕީގައި އެހެންވެ. ސީދާ ހަރަކާތަށް ދާން ގޮވާލަން،" އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ ވިދާޅުވި އެވެ

"މި ޕާޓީގެ އިސްވެރިންނާއި މެންބަރުން ފިޔަވައި އެކަމަށް ފަރިތަ ބަޔަކު ނުތިބޭނެ."

މި މަހުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުން ވެސް 731 މީހުން ވަކިކުރަން ވަނީ ނޯޓިސް ދިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ސަލާމަތުގެ އައްސޭރިއަށް ރީތިކޮށް ގެންދެވެން އޮތް ގައުމެއް، ގޮސް ބޮޑު އަނދަވަޅަކަށް ވައްޓާލާތަން ބަލަން އިތުރަށް ނުތިބެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ތިބެން ދަތިވޭ، އާންމު ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ދޭން ފަށާ ހިސާބުން. މީހުން ވަޒީފާތަކުން ކަނޑަނީ. އެއްޗެހީގެ އަގު އެތައް ގުނައެެއ ބޮޑުވެން މިދަނީ. ކުރިއަށް އޮތް ތަނުގައި ކޮންޓްރެކްޓަރުންނާއި އެ މީހުންގެ ވަޒީފާގައި ތިބި މުވައްޒަފުންނަށް މުސާރަ ދެވޭނެ ކަމެއް ނޭނގޭ. އެހެންވީމާ އަޅުގަނޑުމެން ތައްޔާރުވާންޖެހޭ މި ނޫން ހާލަތަކަށް ސަރުކާރަށް މި ވާހަކަ އަޑުއިއްވަން،" ފައްޔާޒު ވިދާޅުވި އެވެ.

ވަޒީފާއިން ވަކިކުރާތީ ފަސް މެންބަރުންގެ ކޮމިޓީއެއް

ސަރުކާރުގެ ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ކޮމިޓީއެއް އުފެއްދި އެވެ. އެ ކޮމިޓީގައި ތިއްބެވީ ޕާޓީގެ ނައިބު ރައީސް ހިސާން ހުސައިން، ލީގަލް ޑިރެކްޓަރު މަހްފޫޒު ސައީދު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ހުސައިން ރަޝީދު (ބިގޭ) އަދި އެމްޑީޕީގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން އެވެ.

ފައްޔާޒު ވިދާޅުވީ މި ކޮމިޓީއަކީ ރައްޔިތުންގެ އަޑުއިއްވުމަށް މިހާރަށް ވުރެ އިތުރު މަސައްކަތްތަކެއްކޮށް، ސީދާ ހަރަކާތަށް ދާންޖެހުނަސް އެކަމަށް ތައްޔާރުވުމަށްޓަކައި އުފެއްދި ކޮމިޓީއެއް ކަމަށެވެ.

ރަށްރަށުގެ ހާލަތު ސަރުކާރަށް އަންގައި ދިނުމަށް ހަފުތާއަކު އެއްފަހަރު ގައުމީ މަޖިލީހުގެ ޖަލްސާއެއް ވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގައުމު ސަލާމަތް ކުރާނެ ޕާޓީއަކީ އަޅުގަނޑުމެން، އެމްޑީޕީ،" ފައްޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox