ފަލަސްތީނުގެ ގަތުލުއާންމު ނިންމަން ހަމަހަމައަށް ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރޭ: ޒަމީރު

ސައުދީގައި ބޭއްވި އޯއައިސީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަަރު ވާހަކަދައްކަވަނީ: ރާއްޖެއިން އަބަދުވެސް އޮންނަނީ ފަލަސްތީނާއެކީގައި ޒަމީރު ވިދާޅުވި --- ފޮޓޯ: ފޮރިން މިނިސްޓްރީ

ސައުދީގައި ބޭއްވި އޯއައިސީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަަރު ވާހަކަދައްކަވަނީ: ރާއްޖެއިން އަބަދުވެސް އޮންނަނީ ފަލަސްތީނާއެކީގައި ޒަމީރު ވިދާޅުވި --- ފޮޓޯ: ފޮރިން މިނިސްޓްރީ

ފަލަސްތީނުގައި ހިންގަމުން އަންނަ ގަތުލުއާމު ނިމުމަކަށް ގެނެވޭނީ އެއްވެސް ގައުމެއް އިސްތިސްނާ ނުވެ ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ސައުދީގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ އޯޕަން އެންޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގަ އެވެ.

އޯއައިސީގެ ބައްދަލުވުމުގައި ޒަމީރު ވަނީ އިޒުރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާމު ހަރުކަށި އިބާރާތުން ކުއްވެރިކޮށް، އެ އަމަލު މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް އެ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކުރުމަކީ މިވަގުތައް އެންމެ މުހިންމު ކަންތައް ކަމުގައި އޭނާ ވިދާޅުވި އެވެ.

"ވަކި ގައުމެއް ނުވަތަ ގައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއް." ޒަމީރު ވިދާޅުވި އެވެ.

"ހަމައެއާއެކު، ހަނގުރާމަ ވަގުތުން ހުއްޓާލާ، ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުމަކީ މި ވަގުތަށް އެންމެ މުހިންމު އެއް ކަންތައް."

ޒަމީރުގެ ތަގުރީރުގައި އޭނާ ވަނީ ރާއްޖެ އަބަދު ވެސް މަސައްކަތް ކުރާނީ ފަލަސްތީނުގެ ހައްގުގާ ކަމަށާއި ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ދެ ގޮތެއް ނުވެ އެ ގައުމާއެކީ ތިބޭނެ ކަމަށް މިނިސްޓަރުގެ ތަގުރީރުގައި ފާހަގަކުރި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ހައްލަކީ 1967 ގައި ފަލަސްތީނުގެ ބޯޑަރު އޮތް ގޮތަށް، އަދި އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށަށް ކަމަށް ކަނޑައަޅައި، އިޒުރޭލުގެ އަތުން ފަލަސްތީނު މިނިވަންވެ އަމިއްލަ މުސްތަގިއްލު ގައުމަކަށް ހެދުމެވެ.

ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފައިވާތީ، އެ ކަން ވެސް މިނިސްޓަރު ވަނީ މި ބައްދަލުވުމުގައި ކުށްވެރިކުރައްވާފަ އެވެ.

އޯއައިސީއަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މެދުކެނޑުމެއްނެތި ވަކާލުތުކުރަމުންދާ 57 މެމްބަރު ގައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެކެވެ. ދިވެހިރާއްޖެ އޯއައިސީގެ މެމްބަރު ގައުމަކަށްވީ 1976 ވަނަ އަހަރެވެ.

އިޒުރޭލުން ހިންގާ މި ގަތުލު އާމުގައި މިހާރު އެތައް ފަލަސްތީނުގެ ކުށެއް ނެތް އެތައް ރައްޔިތުންނެއް ޝަހީދުކޮށްލައިފި އެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox