ގައުމަށް ގެއްލުންވަމުންދަނީ މި ސަރުކާރުގެ ގޮތެއް ނެތުމުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ގައުމަށް ގެއްލުންވަމުންދަނީ މި ސަރުކާރުގެ ގޮތެއް ނެތްކަމުން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ގައުމަށް ގެއްލުންވަމުންދަނީ މި ސަރުކާރުގެ ގޮތެއް ނެތްކަމުން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

މި ގައުމަށް ގެއްލުންވަމުން ދަނީ މި ސަރުކާރުގެ ގޮތެއް ނެތުމުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ހުކުރު ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާއިރު ސަރުކާރުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ގޯސްވެ ރާއްޖެއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

"ހަނދުމަފުޅު ކުރައްވާތި ރާއްޖޭގެ ރައްޔިތުންނަށް މި ސަރުކާރުގެ ގޮތެއް ނެތްކަމުން ލިބެމުންދާ ގެއްލުންތައް. އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 43 ޕަސަންޓު ދަށަށް ގޮސްފައި މިވަނީ. އޭގެ ސަބަބުން ރިސޯޓުތައް ފަޅުވެ ރިސޯޓުތަކުގެ އޮކިއުޕެންސީ މިދިޔަ ދުވަސްތަކުގައި މިވަނީ އިންތިހާއަށް ދަށަށް ގޮސްފައި،" ޝާހިދު ވިދާޅުވި އެވެ.

Advertisement

ވެރިކަމަށް އައުމުގެ ކުރިން މި ސަރުކާރުގައި ތިބި މީހުން އިންޑިއާއަށް ނިސްބަތްކޮށް އެތައް ދޮގެއް ހަދާފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ ކަނޑު އިންޑިއާ ބައިވެރިވެގެން ވިއްކާލި ވާހަކަ ޖައިޝަންކަރު ކައިރިން އައްސަވާލަން ވެސް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ޖައިޝަންކަރު ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި އިންޑިއާއިން ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހުކޮށް، އިންޑިއާގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގައި ކުރިން އޮތީ ވެރިކަމުގައި ހުންނަވާ އެއް ބޭފުޅެއްގެ ކޮންޓްރޯލުގައި ވެރިކަން ހިންގުމުގެ ނިޒާމެއް ކަމަށާއި ނަމަވެސް އެމްޑީޕީން އިސް ނަގައިގެން ކުރި ބުރަ މަސައްކަތުން މިހާރު މި އޮތް ގާނޫނުއަސާސީ ގެނެވުނު ކަމަށެވެ.

ގާނޫނު އަސާސީއަށް 16 އަހަރު ފުރިފައިވާއިރު މިސްރާބު ހުރީ ޑިމޮކްރަސީ އާއި ގާނޫނުއަސާސީގެ ރޫހާ ދިމާ އިދިކޮޅަށްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މުޅި ނިޒާމު ތަގައްޔަރުވެ، މިސްރާބު ޖަހާފައި ވަނީ ހުރިހާ ބާރުތަކެއް އެއްކޮށްލުމަށް ކަމަށެވެ.

"ވިސްނުން ހުރީ ވެރިކަމާއި މަޖިލިސް ދައުރުގެ މުއްދަތު އިތުރުކޮށްލުމަށް. މިނިވަން މުއައްސަސާތަކުގެ ބާރު ހަނިކޮށް، މިނިވަން މުއައްސާތައް އުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރުން. ޖަހަމުންދާ ރަނގަބީލަކީ ބިރުވެރި ކަމުގެ ރަނގަބީލެއް،" ޝާހިދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ ހައްގުތަކާއި ބެހޭ ބާބާ ގުޅިގެން ސަރުކާރުން ދައްކާ ވާހަކަތަކުން ފިއްކަނޑައިގެންދާ ކަމަށާއި އޭގެއިތުރުން ކަތީބު ސިސްޓަމަކަށް ދިޔުމަށް ލާމަރުކަޒީ ނިޒާމު ކޮށައި މަށައި އުވާލުމަށް ވާހަކަ ދެއްކުމަކީ ނުރައްކަލެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ތަރައްގީ ހުއްޓި، ސަރުކާރުގެ ވިސްނުން ހުއްޓިފައި އޮތީ އެތެރޭގެ ކޯޅުމަށް ކަމަށާއި ނަމަވެސް އެމްޑީޕީގެ ވިސްނުން ހުންނަން ޖެހޭނީ ރާއްޖެ ހަމަ މަގަށް އެޅުވުމާ ދީމަލަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox