ލިވިން އެކްސްޕޯ 2024 ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސްޓޯލް ހާއްސަކޮށްފައި ވަނީ ހައުސިން ފައިނޭންސްއަށް ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނަ ލިވިން އެކްސްޕޯ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
"ނިމި ދިޔަ އަހަރުވެސް އެ އެކްސްޕޯގެ އެންމެ ތަރުހީބުބޮޑުވި އެއްސްޓޯލް ކަމަށްވާ އެމްއައިބީގެ ސްޓޯލުން މި އަހަރުވެސް ގިނަ މައުލޫމާތުތަކެއް ލިބޭނެ އަދި ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް މައުލޫމާތު ދޭނެ،" އެމްއައިބީން ބުންޏެވެ.
އެގޮތުން އެމްއައިބީން ބުނީ އެ ބޭންކުގެ ސްޓޯލްއިން ހުޅުމާލެއިން ނުވަތަ އެހެން ރަށަކުން ފްލެޓެއް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމާބެހޭ މައުލޫމާތު ލިބޭނެ ކަމަށެވެ.
ބޭންކުން ދޭ އެކި ހިދުމަތަށް އެދޭނެ ގޮތާއި އެކި ހިދުމަތްތަކާމެދު ކަސްޓަމަރުން ސާފު ކުރަން ބޭނުންވާ މައުލޫމާތުތަކަށް ކަމާބެހޭ މުވައްޒަފުން ޖަވާބު ދޭނެ ކަމަށް ވެސް އެމްއައިބީން ބުނެ އެވެ.
އެކްސްޕޯ ހުޅުވާފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.









