ޕީއެސްޖީން 60 މިލިއަން ޑޮލަރަށް ޖޮއާއޯ ނެވޭސް ގަނެފި

Aug 6, 2024, 9:37 AM
ޕީއެސްޖީން 60 މިލިއަން ޑޮލަރަށް ޖޮއާއޯ ނެވޭސް ގަނެފި

ޕެރިސް (އޮގަސްޓް 6) - ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އައި، 19 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު، ޖޮއާއޯ ނެވޭސް، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް 60 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ގަނެފި އެވެ.

ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި، ނެވޭސް ވަނީ ޕީއެސްޖީއާ އެކު ސޮއިކޮށްފަ އެވެ. އެ ޑީލްގެ މުއްދަތުގެ ތެރޭގައި، ނެެވޭސް ވަކި ޓާގެޓްތަކެއް ކަނޑައަޅައިފިނަމަ، އިތުރު ފީތަކެއް، ޕީއެސްޖީން ބެންފީކާ އަށް ދައްކަން ވަނީ އެއްބަސްވެފަ އެވެ. އެ ގޮތުން، އެ މާއްދާތަކުގެ ޖުމްލަ އަގު، 30 މިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕޯޗުގަލް ގައުމީ ޓީމާ އެކު މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ވާދަކުރި ނެވޭސް އަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފުރަތަމަ ފާރަލީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ޕޯޗުގަލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނެވޭސް ގަންނަން ޔުނައިޓެޑަށް ހުށަހެޅީ އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ. އެކަމަކު، ޔުނައިޓެޑްގެ ބޯޑުން، ނެވޭސް ގަންނަން ހިނގާނެ ޖުމްލަ ހަރަދާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމުން، އެ ޑީލް ކުރިއަށް ނުގެންދިޔައީ އެވެ.

ނެވޭސް ގަންނަން، ޕީއެސްޖީ އަށް އެންމެ ބޮޑަށް ހުށަހެޅީ، ޕޯޗުގަލް ގައުމީ ޓީމުގެ މިޑްފީލްޑަރު، ވިޓީނިއާ އެވެ. ޕީއެސްޖީ އަށް ކުޅެމުން އަންނަ ވިޓީނިއާއާ މަޝްވަރާ ކުރުމަށް ފަހު، އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ވަނީ ނެވޭސް އަކީ ގަންނަން ޖެހޭ ކުޅުންތެރިއެއްކަން އަންގައިފަ އެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފާ ވިދާޅުވީ، ނެވޭސް އަކީ އެ ކްލަބްގެ މުސްތަގުބަލަށް ބަލާފައި، މި ވަގުތުން ވަގުތަށް ވެސް ކުރަން ޖެހޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox