ޗެލްސީން ހަރަދުކުރަނީ ގަވާއިދު އޮތްގޮތުން: މަރެސްކާ

Aug 6, 2024, 9:26 AM
ޗެލްސީން ހަރަދުކުރަނީ ގަވާއިދު އޮތްގޮތުން: މަރެސްކާ

ލަންޑަން (އޮގަސްޓް 6) - ޗެލްސީ އަށް ގިނަ އަދަދެއްގެ އާ ކުޅުންތެރިން ގަންނަން ފުރުސަތު ލިބެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަވާއިދު ހެދިފައި އޮތް ގޮތުން ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެެވެ.

އެންމެ ފަހުން ހަތަރު ޓްރާންސްފާ މާކެޓްގައި، ޗެލްސީން ވަނީ އާ ކުޅުންތެރިން ގަންނަން އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަަރަދުކޮށްފަ އެވެ. އެ މުއްދަތުގައި ޗެލްސީން ވަނީ އެ ކްލަބްގެ އެެކެޑަމީ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ވިއްކާލައި، 300 މިލިއަން ޑޮލަރަށް ވުރެ އިތުރު އާމްދަނީއެއް ހޯދައިފަ އެވެ.

ޕްރިމިއާ ލީގުގެ ގަވާއިދު ބުނާގޮތުން، އެކެޑަމީ އަށް ނިސްބަތްވާ ކުޅުންތެރިއަކު ވިއްކާލައިފިނަމަ، އެ ރިކޯޑްކުރެވެނީ، ސައްތަ އިން ސައްތަ ޕްރޮފިޓެއްގެ ގޮތުގަ އެވެ. މާނަ އަކީ، އުސޫލުތަކެއްގެ ތެރެއިން، އާ ކުޅުންތެރިންނަށް ހަރަދުކުރެވޭނެ ދޮރުތަކެއް ހުޅުވުމެވެ.

Advertisement

މަރެސްކާ ބުނީ، ޕްރިމިއާ ލީގުގައި ހެދިފައި އޮތް ގަވާއިދުގެ ތެރެއިން ކަންކަން ކުރަން އުޅޭއިރު، އެއީ ހަަމައެކަނި ޗެލްސީން ކުރާ ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރުމަކީ ގޯހެއް ކަމަށެވެ.

"މިއީ ޕްރިމިއާ ލީގުގެ މައްސަލައެއް. ކޮންމެ ކްލަބަކުން ވެސް އެކެޑަމީ ކުޅުންތެރިން ވިއްކާލަން ޖެހޭ ގޮތެއް މި އޮތީ ގަވާއިދު ހެދިފައި. އެހެންވީމަ މިއީ، ހަމައެކަނި ޗެލްސީގެ ކަމެއް ނޫން. މިއީ، ޗެލްސީން އެކަނި ކުރާ ހަރަދެއް ނޫން، ކޮންމެ ބޮޑު ކްލަބެއް ވެސް ކުޅުންތެރިން އެބަގަނޭ، ބައެއް ކްލަބްތައް މަދުން، އަނެއް ބައި ކްލަބްތައް ގިނައިން،" ލެސްޓާ ސިޓީ ދޫކޮށް ޗެލްސީއާ ހަވާލުވި މަރެސްކާ ބުންޏެވެ.

ކުރިން މެންޗެސްޓާ ސިޓީގެ ޔޫތު ޓީމާ އެކު ވެސް މަސައްކަތްކުރި މަރެސްކާ ބުނީ، އެކެޑަމީ ކުޅުންތެރިން ވިއްކައިގެން އެ ލިބޭ ޕްރޮފިޓް ނޫނީ އެޑްވާންޓޭޖް ކަންކަން ބަދަލުވާން ޖެހޭ ކަމަށެެވެ.

"މިއީ ހަމައެކަނި އަހަރެމެންނަށް (ޗެލްސީ އަށް) އަންނަން ވީ ބަދަލެއް ނޫން. އެންމެނަށް ވެސް ބަދަލުގެ ފައިދާކުރާނެ. އިޓަލީގައި އަހަރެމެންނަށް ފެނުނު 20 އަހަރު ވަންދެން ޓޮޓީ އެއް ކްލަބެއްގައި. މިހާރު ވެސް އެ ފަދަ ކަންކަމަށް ތަރުހީބުދޭނެ މީހުން ގިނަވާނެ،" މަރެސްކާ ބުންޏެވެ.

ޗެލްސީން މިހާރު ވިއްކާލަން މަސައްކަތް ކުރަމުން އަންނަ އެކެޑަމީ ކުޅުންތެރިއަކީ ކޮނާ ގެލަގާ އެވެ. ގެލަގާ އަށް ޗެލްސީން ދިނީ ދެ އަހަރުގެ ޑީލެއް، އިތުރު އެއް އަހަރުު ހިމެނޭ ގޮތަށެވެ. އެކަމަކު، ގެލަގާ އެ ޑީލަށް ނުރުހުނީ، މެޗުތަކުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވެ އެވެ.

"އެއްވެސް ކުޅުންތެރިއަކު އަބަދަކު ޓީމަށް އަރައި ނުއެއް ކުޅޭނެ. އެ ޔަގީންކަމެއް ނުވެސް ދެވޭނެ. އެ ޔަގީންކަން ކުރިން ދީގެން ކަމެއް ކުރުވާނަމަ، އެއީ އެހެން ކުޅުންތެރިންތަކަކަށް އިހުތިރާމް ކުޑަ ކަމެއް،" މަރެސްކާ ބުންޏެވެ.

ޗެލްސީން އަންނަނީ އެތުލެޓިކޯ މެޑްރިޑަށް ގެލަގާ 40 މިލިއަން ޑޮލަރަށް ވިއްކާލުމަށް ފަހު، އެ އަގުގައި، އެތުލެޓިކޯ އަށް ކުޅޭ، ނައިޖީރިއާގެ ފޯވާޑް، ސާމޫ އޮމޮރޮޑިއޯން ގަންނަން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox