ބަންގްލަދޭޝް ހަލަބޮލިވެފައި އޮތުމުން ޓީ20 ވޯލްޑް ކަޕް އެހެން ގައުމަކަށް: ރިޕޯޓް

Aug 6, 2024, 8:32 AM
ބަންގްލަދޭޝް ހަލަބޮލިވެފައި އޮތުމުން ޓީ20 ވޯލްޑް ކަޕް އެހެން ގައުމަކަށް: ރިޕޯޓް

ނިއު ދިއްލީ، އިންޑިއާ (އޮގަސްޓް 6) - އަންނަ އޮކްޓޫބަރު މަހު، ބަންގްލަދޭޝްގައި ބާއްވަން ޝެޑިއުލްކޮށްފައި އޮތް އައިސީސީ ވިމެންސް ޓީ20 ވޯލްޑް ކަޕް އެެހެން ގައުމަކަށް ބަދަލުކުރަން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައިސީސީން އެ މަޝްވަރާތައް ފަށާފައިވަނީ، ބަންގްލަދޭޝް މި ވަގުތު ދާހިލީ ހަމަނުޖެހުމަކަށް ގޮސްފައިވާތީވެ އެވެ. އެ ގޮތުން، ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ، ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވައި، އެ ގައުމު ދޫކުރައްވައި ވަނީ ފިއްލަވައިފަ އެވެ.

ކުރިއަށް އޮތް މަސްތަކުގައި ބަންގްލަދޭޝްގެ ހާލަތު ބަދަލުވާނެ ގޮތެއްގެ ސީދާ މަންޒަރު ސާފުނުވާތީ، އައިސީސީން މިހާރު ވާހަކަ ދައްކަމުން އަންނަނީ، އޮކްޓޫބަރު ތިން ވަނަ ދުވަހު، ބަންގްލަދޭޝްގައި ފަށަން އޮތް ޓީ20 ވިމެންސް ވޯލްޑް ކަޕް އެހެން ގައުމަކަށް ބަދަލުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު، ސީދާ ގޮތެއް ނިންމާނީ، މިކަމާ ގުޅޭގޮތުން ތަފްސީލީ ކަންކަން ހޯދުމަށް ފަހު ކަމަށް ވެސް އެ ރިޕޯޓްތައް ބުނެ އެވެ.

އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ވިމެންސް ވޯލްޑް ކަޕް ކުރިއަށްގެންދަން ނިންމާފައިވާއިރު، ބަންގްލަދޭޝްގައި އެ މުބާރާތް ނުބޭއްވިއްޖެ ހާލަތެއްގައި، ދެން ހޯސްޓްކުރުމުގެ ފުރުސަތު ދޭން ވިސްނަނީ، ޔޫއޭއީ، އިންޑިއާ ނޫނީ ސްރީ ލަންކާ އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އައިސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަންގްލަދޭޝް ކްރިކެޓް ބޯޑް (ބީސީބީ)އާ އެކު، މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށާއި މުބާރާތެއް ބާއްވާއިރު، އެންމެ ބޮޑު ޔަގީންކަމެއް އޮންނަން ޖެހޭނީ ސެކިއުރީޓީއާ ގުޅޭ ކަންކަމުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox