އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ މި ވިދާޅުވަނީ އެ ބޭންކް ކުރިއެރުމުގެ ސިއްރު

އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަކީ ކުރު މުއްދަތެއްގައި ގިނަ ބައެއްގެ މަގްބޫލުކަމާއި އިތުބާރު ހޯދާފައިވާ ބޭންކެކެވެ. ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުޅާކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ގާއިމުކޮށްދިނުމާއެކު ގިނަ ބަޔަކު އަންނަނީ އެމްއައިބީ އިހްތިޔާރު ކުރަމުންނެވެ.

އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ "އަދަދު" އަށް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމްއައިބީގެ ހިދުމަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެވިފައިވާ ކަމަށާއި ކަސްޓަމަރުންނަށް ދިމާވާ ދަތިތައް އަޑުއަހައި ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބެނީ އަބަދުވެސް އެމްއައިބީ ކުރިއެރުވުމަށް، އިސްލާމިކް ބޭންކިން ކުރިއެރުވުމަށް ފެން ބޮވައި ގަނެފައި. އެވެސް ވަރަށް ބޮޑު ހިތްވަރަކަށް މިވަނީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ ސްޓާފުން އަބަދުވެސް މި ތިބެނީ ހަމަ އެމްއައިބީ ކުރިއެރުވުމަށް ކެނޑިނޭޅި މަސައްކަތް ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެމްއައިބީން އޮންލައިންކޮށް ބޭންކް އެކައުންޓު ހުޅުވަން ފެށުމާއެކު، ރާއްޖޭގެ ކޮންމެ ކަންކޮޅަކުން އެކައުންޓް ވަގުތުން ހުޅުވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރިޒާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބޭ މީހުންނަށް ވެސް ރާއްޖެ ނައިސް އެކައުންޓް ވަގުތުން މިހާރު ހުޅުވޭ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފައިނޭންސިން ޕްރޮޑަކްޓް ކަމަށްވާ އެމްއައިބީގެ އުޖާލާ ދިރިއުޅުން ބޭނުންވާ މީހުން ކުރިން އެ ބޭންކުގެ ބްރާންޗެއް ހުންނަ ރަށަކަށް ދާން ގިނަ ކަސްޓަމަރުންނަށް ދަތިތައް ދިމާވި ކަމަށާއި، ނަމަވެސް މިހާރު ކޮންމެ ރަށެއްގައި ހުރެގެންވެސް އޮންލައިންކޮށް އެކަން ކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ކުރިއެރުމުގައި ވަރަށް ބޮޑު ދައުރެއް އެބަ އަދާކުރޭ ސެލްފް ސާވިސް ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޅުގަނޑުމެން މި ގެނައި ކުރިއެރުން. އަޅުގަނޑުމެން މި ދަނީ އަޅުގަނޑުމެންގެ ޕްރޮސެސްތައް ވެސް ރީ އިންޖިނިއާކޮށް އަޅުގަނޑުމެންގެ ޕްރޮސެސްތައް އޮޓޮމޭޓް ކުރަމުން،" ރިޒާ ވިދާޅުވި އެވެ.

އެންމެ ބްރާންޗަކާއެކު ހިދުމަތް ފެށި އެމްއައިބީގެ 10 ބްރާންޗަކުން މިހާރު ރާއްޖޭގެ އެކި ކަންކޮޅުގައި ހިދުމަތް ދެމުންނެވެ. އަދި 40 އާ ގާތްކުރާ ސެލްފް ސާވިސް މެޝިންތަކުން އެ ބޭންކުން ދަނީ ހިދުމަތް ދެމުންނެވެ.

މީގެއިތުރުން އެމްއައިބީން ދެމުން ގެންދާ ގިނަ ހިދުމަތްތައް އެ ބޭންކުން ޑިޖިޓަލްކޮށް، ހިދުމަތްތައް ދަނީ ފުޅާކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި ހިދުމަތަށް ގެންނާނެ ބަދަލުތައް ވެސް އެ ބޭންކުން ދަނީ ހާމަކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox