ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާނުކޮށްފި

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން : ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި - ފޮޓޯ: އަދަދު

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން : ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި - ފޮޓޯ: އަދަދު

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ކުރާ މަސައްކަތުގެ ތެރެއިން އެ ހިދުމަތް ދޭން ޝައުވެރިވާ ފަރާތްތައް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށާއި ފަތުރުވެރިން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލައިފަ އެވެ.

މި މަޝްރޫއުގެ ދަށުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލިމީހުން އުފުލުމުގެ ހިދުމަތާއި ސާޗް އެންޑް ރެސްކިއު ހިދުމަތުގެ އިތުރުން ފަތުރުވެރިކަމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރި އުސޫލުން އެތެރޭގެ އާންމު އުދުހުންތަކުގެ ހިދުމަތް ވެސް ދޭން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް 10 އަހަރު ފަތުރުވެރިން އުފުލުމަށް އެކްސްކްލޫސިވިޓީ ދޭނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.

ޝައުގުވެރިވާ ފަރާތްތަކުން މި މަހު 19، ގެ ކުރިން މެންދުރު 2:00 ގެ ކުރިން އީއޯއައި ހުށަހެޅޭނެ އެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތަށް ހޯދަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގައި ކުރިމަތިވާނެ ދަތިތަކާއެކުވެސް ރައްކާތެރި އަދި ރަނގަޅު ހިދުމަތެއް ދޭނެ ފަރާތެއް ކަމަށެވެ.

އީއޯއައި ހުށަހަޅާ ފަރާތްތަކަށް މިނިސްޓްރީން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ދޭނެ އެވެ. ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޮވާނީ ކުންފުނިތަކުން ހުށަހަޅާ ބިޑުތަކަށް ބެލުމަށްފަހު އެވެ.

މި ސަރުކާރުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށް އެކަމަށް "ވަރަށް އަވަހަށް" ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނީ ޖެނުއަރީ 28، ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މާޗު 15، ގައި ވަނީ އެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލިކޮޕްޓަރުގެ ހިދުމަތް ދޭން ފެށުމަށްޓަކައި ގާނޫނީ ލަފާ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މުހައްމަދު އަމީން މެއި 20، ގައި ވިދާޅުވީ ހިދުމަތް ފެށުމަށް ތައްޔާރުކުރަން ޖެހޭ އާރްއެފްޕީއައި (ރިލަޔަބިލިޓީ، އެވެއިލަބިލިޓީ، މެއިންޓެއިނަބިލިޓީ އެންޑް ސޭފްޓީ އިންޑިކޭޓާ) އެކުލަވައިލުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި ކަަމަށާއި އެ އުސޫލު ގެޒެޓް ކުރުމުން، ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަޔަކު ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. އޭރު ބަޔަކު ހޯދުމަށް އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox