އެލިއާއިން ބާއްވާ ބޯޓް އޮޕަރޭޓަސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި

އެލިއާއިން ބާއްވާ ބޯޓް އޮޕަރޭޓަސް ޓްރެއިނިން ޕްރޮގްރާމް ފެށުން

އެލިއާއިން ބާއްވާ ބޯޓް އޮޕަރޭޓަސް ޓްރެއިނިން ޕްރޮގްރާމް ފެށުން

އެލިއާ އިންވެސްޓަމަންޓުން މޯލްޑިވްސް އިންސްޓިޓީއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާ ގުޅިގެން ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން ބާއްވާ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމްގެ އަށްވަނަ އެޑިޝަން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ އެކި ރިސޯޓުތަކާއި، ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ 64 ބައިވެރިންނާއެކު އެ ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

"މިއީ މީގެ އަށް ވަރަކަށް އަހަރު ކުރިން އެލިއާއިން އިސް ނަގައިގެން އެމްއައިޓީއާއެކު އުފެދުނު ޕްރޮގްރާމެއް. އުޅަނދުފަހަރުގެ އެކްސިޑެންޓުތައް މަދުކުރަން ޕްރޮގްރާމުގެ ސަބަބުން އެހީވެދޭނެ. ރިފްރެޝާ ޕްރޮގްރާމެއް ގޮތުގައި ޕްރޮގްރާޟް ކުރިއަށްދާނީ," އެމްއައިޓީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން މެނޭޖާ އިބްރާހިމް ޝަރީފް ހަސަން ވިދާޅުވި އެވެ.

Advertisement

އެލިއާއިން ބުނީ ތަފާތު ސެޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމުގެ މަގްސަދަކީ ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރު ތަރައްގީކޮށް، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

އެލިއާއިން ބާއްވާ ބޯޓް އޮޕަރޭޓަސް ޓްރެއިނިން ޕްރޮގްރާމް ފެށުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އެލިއާއިން ބާއްވާ ބޯޓް އޮޕަރޭޓަސް ޓްރެއިނިން ޕްރޮގްރާމް ފެށުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެލިއާއިން ބާއްވާ ބޯޓް އޮޕަރޭޓަސް ޓްރެއިނިން ޕްރޮގްރާމް ފެށުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކަނޑުމަތީގެ ފަންނުވެރިކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި އައުޓްބޯޑު އިންޖީނުއެޅި އުޅަނދުތަކުގައި އިތުބާރާއެކު ދަތުރުކުރުމަށް ކެޕްޓަނުންނަށް ވަރަށް ބޭނުންތެރި ތިއަރީއާއި ހުނަރުތައް ހިމެނޭ ހާއްސަ ސެޝަންތަކެއް ހިމެނޭ ކަމަށް ވެސް އެލިއާއިން ބުނެ އެވެ.

"މި ޕްރޮގްރާމުގައި އުޅަނދު ދުއްވުމުގައި ހާއްސަ ސަމާލުކަން ދިނުން މުހިންމު ކަންތައްތަކާއި، ނެވިގޭޝަން ޗާޓާއި، ސޭފްޓީ ޕްރޮޓޮކޯލްތަކާއި، ޕެސެންޖަރަކަށް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކަށް ކެޕްޓަނުން އަހުލުވެރި ކުރުވުމާއި، އަލިފާނުގެ ހާދިސާއެއްފަދަ ކުއްލި ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ އިތުރުން، އައުޓްބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ ސެޝަންތަކެއް ހިމެނޭ،" އެލިއާއިން ބުންޏެވެ.

އެލިއާއިން ހިންގާ ތަފާތު ޓްރެއިނިންތަކުގެ ތެރެއިން ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން ރާއްޖޭގައި ހިންގާ ފަސްވަނަ ޔަމަހާ ޓެކްނިކަލް ޓްރެއިނިން 2024 ވެސް އެ ރަސްމިއްޔާތުގައި އިފްތިތާހުކުރި އެވެ.

ކަނޑުމަތީގެ ސަލާމަތާއި ޕްރޮފެޝަނަލިޒަމް އަދި އަމަލީ ތަމްރީންތައް ހިމަނައިގެން ސިނާއަތުގެ މިންގަނޑުތަކަށް ފެތޭގޮތަށް، ފަރުމާކޮށްފައިވާ އެ ޕްރޮގްރާމަށް ރިސޯޓުތަކާއި، ކަނޑު އުޅަނދުގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތައް އަދި ސަރުކާރުގެ މުއައްސަސާތަކުން ދޭ އެއްބާރުލުމަށް އެލިއާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މި އަހަރަކީ އެލިއާއިން ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތައާރަފްކުރިތާ 50 އަހަރު ފުރޭ ރަންޔޫބީލްއަށް ވާއިރު، އެ ކުންފުނިން އަންނަނީ މުޖުތަމައުއަށް ބޭނުންތެރި ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox