އާރުޑީސީން ލިޔެކިޔުމެއް ނެތި 161 މިލިއަން ރ. ޓްރާންސްފާކޮށްފައި

އާރުޑީސީގެ މެނޭޖުމަންޓް މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި: ކުރީގެ ސަރުކާރުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ ބައެއް ކަންކަން ހިއްސާކުރި - ފޮޓޯ: މަޖިލިސް

އާރުޑީސީގެ މެނޭޖުމަންޓް މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި: ކުރީގެ ސަރުކާރުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ ބައެއް ކަންކަން ހިއްސާކުރި - ފޮޓޯ: މަޖިލިސް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި ކުރީގެ ރިޔާސީ ދައުރު އޮތް މެނޭޖުމަންޓުން އެއްވެސް ލިޔެކިއުމެއް ނެތި އެކި އެކައުންޓްތަކަށް 161 މިލިއަން ރ. ޓްރާންސްފާކޮށްފައިވާ ކަމަށް މިހާރު އެ ކުންފުނީގެ މެނޭޖުމަންޓުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ބުނެފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސްޓޭޓް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު ވިދާޅުވީ އެއްވެސް ލިޔުމެއް ނުފެންނަ ޓްރާންސެކްޝަންތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އާރުޑީސީ 2022 ވަނަ އަހަރު އުފެއްދުމަށް ފަހު އެ އަހަރުގެ ތެރޭގައި އެފަދަ 66 މިލިއަން ރުފިޔާ ދޫކޮށްފައިވާ އެބަ އޮތް ކަމަށެވެ. އަދި ނޮވެމްބަރު 2023، ގެ ނިޔަލަށް އެ އަހަރު ވެސް އެއްވެސް ލިޔެކިޔުމެއް ނެތި 95 މިލިއަން ރުފިޔާ ކުންފުނީގެ އެކައުންޓުން ރިލީޒުކޮށްފައިވާ ކަމަށެވެ.

Advertisement

"2022 ގައި އެއްވެސް ޑޮކިއުމަންޓެއް ނެތި އެބައިނޭ 66 މިލިއަން ރުފިޔާ ހަރަދުކޮށްފައި، ފައިސާ ދޫކޮށްފައި، 2023 ނޮވެމްބަރާ ހަމައަށް އެބަ އޮތް 95 މިލިއަން ރުފިޔާ އެއްވެސް ސްޓޭޓްމަންޓެއް ނެތި ރިލީޒުކޮށްފައި އެކައުންޓުން،" އޭނާ ވިދާޅުވި އެވެ.

"މިއީ ކޮން ހިދުމަކަށްތޯ ނުވަތަ ކޮން މުދަލަކަށް ދީފައި ހުރި ފައިސާއެއްތޯ ނޭނގޭ،" ނަސީރު އިތުރަށް ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ހިންގަން ސަބްކޮންޓްރެކްޓަރުންނަށް އެއްޗެހި އަގުބޮޑުކޮށް ދިނުމާއި އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އެޑްވާންސްކޮށް މާ ގިނަ ފައިސާ ދޫކުރުން ފަދަ އެކި ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ހަރަދު ބޮޑު، ކޮރަޕްޝަން ގިނަވާ ގޮތަށް ކުންފުނި ހިންގުމުގެ ސަބަބުން، 837 މިލިއަން ރުފިޔާގެ ދަރަންޏެއް އާ މެނޭޖުމަންޓް ހަވާލުވި އިރު އޮތް ކަމަށް ނަސީރު ވިދާޅުވި އެވެ. މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އެއިން 152 މިލިއަން ރުފިޔާ ދައްކައި ދަރަނި 585 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox