ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ޕޯޑިއަމްތަކުގައެއް ނޫން: އާޒިމާ

ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ޕޯޑިއަމްތަކުގައެއް ނޫން: އާޒިމާ

ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ ޕޯޑިއަމްތަކުގައި ނޫން ކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ޕޮލިސީއެމްވީ އިން ގާނޫނުއާސާސީ ރިވިއު ކުރުމުގެ މަސައްކަތް ފަށަން ރޭ ބޭއްވި ފޯރަމެއްގައި އާޒިމާ ވިދާޅުވީ ހާރިޖީ ސިޔާސަތުތައް ޕޯޑިއަމްތަކުގައި ބައްޓަންކުރާނަމަ އެއީ ގައުމީ ސަލާމަތަށް ބޮޑު މައްސަލައެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަން ޖެހޭނީ ސްޓްރެޓެޖިކް ރޫމްތަކުގައި ކަމަށެވެ.

ރާއްޖެއަކީ ތިންވަނަ ދުނިޔޭގެ ގައުމެއް ނޫންކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ ގާނޫނުގެ ތެރޭގައި އަމިއްލަ ހައްގު ހޯދަން ނުކުމެ އޮތް ގައުމެއް ކަމަށާއި އެހެންކަމުން ހާރިޖީ ސިޔާސަތަކީ އިލްމީ މީހުން ސްޓްރެޓެޖިކް ރޫމްތަކުގައި ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށެވެ.

"މިއީ ނެޝަނަލް އިންޓްރެސްޓަށް ހުރި މައްސަލައެކޭ. މިއީ ގައުމީ ސިޔާސަތަށް ހުރި މައްސަލައެކޭ. އަޅުގަނޑުމެންގެ އޮށްޓަރެއް ނެތްކަން، އަޅުގަނޑުމެންގެ ވިސްނުން ނެތްކަން، އަޅުގަނޑުމެންގެ ސްޓްރެޓެޖީ ނެތްކަން އަޅުގަނޑުމެންގެ ޕޯޑިއަމްތަކުގެ ތެރޭގައި ބޭރު މީހުންނަށް ކިޔައިދޭކަށް ނުޖެހޭ. ހަމަ ރަނގަޅަށް މި ދެންނެވީ. ވަރަށް އަސަރާއެކު މި ވާހަކަ މި ދެންނެވީ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖެއަށް އެހީވާ ގައުމުތަކާ ނިކުމެ ޕަބްލިކްގައި ޖެހިގަންނަން ނުޖެހޭ ކަމަށާއި އެ ގައުމުތަކާ އެކު މަސައްކަތް ކުރަން އެނގޭނެ ތައުލީމީ މީހުން ރާއްޖޭގައި އެބަ ތިބި ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އެއްވެސް ގައުމެއްގެ ފަސްޓް ޕޮލިސީއެއްގެ މާނައަކީ ނެޝަނަލް އިންޓްރެސްޓް ބާއްވާފައި ނެޝަނަލް އިންޓްރެސްޓްގެ ބައުންޑްރީގެ ބޭރުން އެ ގައުމަށް އިހްތިޔާރު ދިނުން ނޫން ކަމަށާއި އެއީ އެއްވެސް ހާލެއްގައި ރާއްޖެ ނުވަތަ އެ ގައުމެއްގެ ނެޝަނަލް އިންޓްރެސްޓް ކޮމްޕްރޮމައިޒްކުރާ ސިޔާސަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާޒިމާ މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ޕޯޑިއަމްތަކުގައި ބޭނުންކުރި ސްލޯގަންއަކީ "އިންޑިއާ އައުޓް" އެވެ. އެއަށްފަހު ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.

އެ ގުޅުން އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ކުރުމުންނެވެ. އެއާއެކު، އެ ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ސަސްޕެންޝަންގައި ތިބިއިރު، އިންޑިއާ ފަތުރުވެރިން ރާއްޖެ ނައުމަށް ބޮޑު ބޮއިކޮޓް ކެމްޕެއިނެއް ވެސް އެ ގައުމުގެ އެކްޓިވިސްޓުން ކުރި އެވެ.

ނަމަވެސް މި ސަރުކާރުން ފަހުން ޕޯޑިއަމްތަކުގައި ބުނަމުން އަންނަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ "ނޭޝަން ފަސްޓް" ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ އުސޫލުތަކަށް ތަބާވާ ހުރިހާ ގައުމަކާއެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox