މިރިއަންދޫގައި އެކްސިޑެންޓުވީ ޓީއެމްއޭގެ ސީޕްލޭންގައި ހުރީ ދަބަރު ޖަހާފައި

މިރިއަންދޫގައި އެކްސިޑެންޓުވީ ޓީއެމްއޭގެ ސީޕްލޭންގައި ހުރީ ދަބަރު ޖަހާފައި

ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ (ބ. މިރިއަންދޫ) އަށް ޖެއްސި ފަހުން މައްސަލަތަކެއް ދިމާވީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނުގައި ދަބަރު ޖަހާފައި ހުރި ކަން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަހުގީގުން ދައްކައިފި އެވެ.

ޓޫރިސްޓުންނާ އެކީ ދަތުރުކުރަމުން ދިޔަ ޓީއެމްއޭގެ އެ ބޯޓަށް މައްސަލަ ދިމާވީ، މިރިއަންދޫއަށް ޖެއްސުމަށް ފަހު ފަހަތަށް ޖަހަން އުޅުމުގެ ތެރޭގަ އެވެ.

ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ މި ހާދިސާގެ ޕްރިލިމިނަރީ ރިޕޯޓުގައިވާ ގޮތުގައި ސީޕްލޭންގެ ފްލޯޓަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަން ފާހަގަކުރެވުނެވެ. އެ ރިޕޯޓުގެ ހޯދުންތަކުގައި މިގޮތުން ލިބުނު ގެއްލުންތަކުގެ ތެރޭގައި ފާހަގަކޮށްފައި ކަންކަމަކީ:

  • ފްލޯޓު އެސެމްބްލީއަށް ލޮލަށް ފެންނަން ހުރި ގެއްލުންތައް ވެފައިވުން
  • ރިއާ ސްޕްރޭޑާ ބާ އެޓޭޗުކުރާ ބޯލްޓު ނެތުން
  • ރިއާ ފްލޯޓުގެ އެފްޓް ސްޕްރެޑާ ބާ އާއި ފްލޯޓު އެޓޭޗުމަންޓުގެ ފިޓިންއަށް ގެއްލުން ލިބިފައި
  • ކަނާތު ބުރަފަތިން ޖެހި ކަނާތު ކަނދު ހަލާކުވުން
  • ވާތް ފަޅީގައި ފްލައިވަޔާ ލެނބިފައި އަދި ކަނާތް ފަޅީގެ ފްލައިވަޔާ ކަނޑައިގެން ގޮސްފައި

ސިވިލް އޭވިއޭޝަނަށް މިކަންކަން ފާހަގަކުރެވުނީ، އެކްސިޑެންޓަށް ފަހު އެޅި ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގަ އެވެ. މި އިންސްޕެކްޝަނުގައި އެ އިދާރާއިން އެންމެ ބޮޑަށް ބެލީ މަތިންދާބޯޓުގައި ދަބަރު ޖެހުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ އެވެ.

ރިޕޯޓާއެކީ އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓުގައި ކަނދު ހަރުކުރަން ބޯލްޓު ޖަހަން ހުންނަ ތަންތަނުގައި ގަދަޔަށް ދަބަރު ޖަހާފައި ހުއްޓެވެ.

މި ހާދިސާ ހިނގިިއިރު، ބޯޓުގައި ތިބި އެއްވެސް ޓޫރިސްޓަކަށް ނޫނީ ފަޅުވެރިންނަށް ހާނިއްކައެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox