ރުފިޔާއިން މުސާރަ ދޭން އުޅޭތީ ޓީއެމްއޭގެ ޕައިލެޓުންނާއި މުވައްޒަފުން އިހުތިޖާޖުކުރަން ނިންމައިފި

ޓީއެމްއޭގެ ސީޕްލޭނެއް، ސީޕްލޭން ޓާމިނަލްގައި: އެ ކުންފުނީގެ ޕައިލެޓުންނަށް ރުފިޔާއިން މުސާރަ ދޭން އުޅޭތީ އިހުތިޖާޖުކުރަން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: އަދަދު ފައިލް

ޓީއެމްއޭގެ ސީޕްލޭނެއް، ސީޕްލޭން ޓާމިނަލްގައި: އެ ކުންފުނީގެ ޕައިލެޓުންނަށް ރުފިޔާއިން މުސާރަ ދޭން އުޅޭތީ އިހުތިޖާޖުކުރަން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: އަދަދު ފައިލް

ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅި ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތާ ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޑޮލަރުގެ ތާށިކަން ބޮޑުވެ، މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމުމާ ގުޅިގެން، ޕައިލެޓުން ހިމެނޭހެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފި އެވެ.

ސަރުކާރުން ތަންފީޒުކުރަން ފެށި ޑޮލަރުގެ ސިޔާސަތާ ގުޅިގެން 20 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުވާތީ، ޓީއެމްއޭއިން އެމްއޭސީއެލްއަށް ދައްކާ ބިމު ކުއްޔާއި ތެލުގެ އަގު ރުފިޔާއިން ގަބޫލު ކުރަން އެދުނު ކަމަށް، އެ މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

ނަމަވެސް ސަރުކާރުން އެ ހުށަހެޅުން ބަލައިނުގަތެވެ. އެކަމުގެ ނަތީޖާއަކީ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން މަޖުބޫރުވުން ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ޓީއެމްއޭގެ ސީނިއާ އޮފިޝަލަކު ބުންޏެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ޓީއެމްއޭގެ ބައެއް މުވައްޒަފުން ބުނީ އެ ކުންފުނިން އެއްބަސްވުން ހަދާފައި ވަނީ ޑޮލަރުން މުސާރަ ދޭ ގޮތަށް ކަމަށެވެ. މުސާރަ ރުފިޔާއަށް ބަދަލުކޮށްފި ނަމަ، އެއީ ޑޮލަރުގެ ރޭޓު މިހާރު ހުރި ވަރުން ނަމަ ބޮޑު ގެއްލުމެއް ކަމަށް މުވައްޒަފުން ގަބޫލު ކުރެ އެވެ.

"ބާރަ ހާސް ޑޮލަރުގެ މުސާރަ ލިބޭ ޕައިލެޓަކަށް ރުފިޔާއިން މުސާރަ ދޭނަމަ، 54،000ރ. ގެ ގެއްލުމެއް ލިބޭނެ،" އޭނާ ބުންޏެވެ.

ފަސްދޮޅުހަށްް ވުރެ ގިނަ ސީޕްލޭން އޮޕަރޭޓުކުރާ ޓީއެމްއޭގައި 1500 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ.

މުސާރަ ރުފިޔާއަށް ދޭން ޖެހިދާނެ ކަމަށް ބުނެ ޓީއެމްއޭގެ މެނޭޖުމެންޓުން މުވައްޒަފުންނަށް ފުރަތަމަ ސިޓީއެއް ފޮނުވީ މިދިޔަ ޖޫން 22، ވަނަ ދުވަހު އެވެ. އެއަށް ފަހު ޖޫން 30، ގައި ވެސް އެ މައުލޫއުގައި ސިޓީއެއް ފޮނުވި އެވެ.

މި މަހުގެ މުސާރަ ދޭއިރު، ރުފިޔާއިން މުސާރަ ދީފި ނަމަ އިހުތިޖާޖު ކުރަން ޓީއެމްއޭގެ މުވައްޒަފުން ތައްޔާރު ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ. ޕައިލެޓުންނާއި މުވައްޒަފުންގެ ޑިމާންޑާ އެއްގޮތަށް ޓީއެމްއޭގެ މެނޭޖުމެންޓުން އަމަލު ނުކޮށްފި ނަމަ މި މަހުގެ 29 ގައި އުދުހުން ހުއްޓާލަން ދަނީ ރާވަމުންނެވެ.

"މިއީ ރާއްޖޭގެ ޓޫރިޒަމަށް، އަދި ބްރޭންޑަށް ވެސް ބޮޑު ގެއްލުމެއް،" މި ނޫހާ ވާހަކަ ދެއްކި މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

ޓީއެމްއޭގެ ޕައިލެޓުން ރޭ ވަނީ ބައްދަލުވުމެއް ބާއްވައި، ރުފިޔާއިން މުސާރަ ދޭން މެނޭޖްމަންޓުން ނިންމާފައި އޮތް ނިންމުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޓީއެމްއޭގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭންކަށް ފޮނުވާނީ މާދަމާ އެވެ. ނަމަވެސް މުސާރަ ދޭން މެނޭޖްމަންޓުން ނިންމާފައި ވަނީ ޑޮލަރުން ކަމެއް މިހާތަނަށް ޔަގީނެއް ނުވެ އެވެ.

ޓީއެމްއޭގެ މުވައްޒަފުންނަށް މިދިޔަ މަހު އަންގާފައިވާ ގޮތުން ޖޫން މަހުން ފެށިގެން މުސާރަ ޖަމާކުރާނީ ބޭންކް ރޭޓުގައި ކުރިން ޑޮލަރުން ދެމުން އައި މުސާރައަށް ޖެހޭ ރުފިޔާ އެވެ.

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ ތާށިކަން އިތުރުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 20.20ރ. ގަ އެވެ. މި އަގަށް ވެސް ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox