މެދު ރާއްޖެތެރޭގެ މަސްވެރިކަން ރަނގަޅުވުމުން މިފްކޯގެ މަސްކިރާ ބޯޓުތައް މާލެ ސަރަހައްދަށް ފޮނުވައިފި

މިފްކޯގެ ބޯޓަކަށް މަސް ކިރަނީ: މަސްވެރިކަން ރަނގަޅުވީ މަހެއްހާ ދުވަސް ވަރަށް ދަށްކޮށް އޮވެފައި -- ފޮޓޯ: މިރާޝް ނާޝިމް

މިފްކޯގެ ބޯޓަކަށް މަސް ކިރަނީ: މަސްވެރިކަން ރަނގަޅުވީ މަހެއްހާ ދުވަސް ވަރަށް ދަށްކޮށް އޮވެފައި -- ފޮޓޯ: މިރާޝް ނާޝިމް

ކާފު އަތޮޅާއި މީމު އަތޮޅުގެ މަސްވެރިކަން ރަނގަޅު ވުމާ ގުޅިގެން، މިފްކޯގެ މަސް ކިރާ ބޯޓުތައް މާލެ ކައިރިއަށާއި މީމު އަތޮޅަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިފްކޯއިން މާލެ ކައިރީގައި މަސްކިރަން ބާއްވާފައި އޮތީ "ރަންދި-20" ބޯޓެވެ. އަދި މީމު އަތޮޅުގައި ބާއްވާފައި އޮތީ "ރަންދި-23" ބޯޓެވެ. މިފްކޯއިން ބުނީ ހުވަދޫ އަތޮޅުގައި އޮތް "މަހާ ކަލަމިންޖާ" ވެސް މިއަދުގެ ވަގުތެއްގައި މީމު އަތޮޅަށް ފުރާނެ ކަމަށެވެ.

މަސްވެރިކަން އަލުން ރަނގަޅުވާން ފަށާފައި މި ވަނީ، މިދިޔަ މަހުގެ ތެރޭގައި މަސްވެރިކަން އިންތިހާއަށް ދަށްވެ، މިފްކޯގެ ފިހާރަތަކުން ކަނޑު މަސް ހުސްވާ ހިސާބަށް ކަންކަން ދިޔަ ފަހުންނެވެ. އެކަމަކު، މަސްވެރިކަން ރަނގަޅު ވަމުން އައުމާ ގުޅިގެން މިފްކޯގެ ހާލަތު ވެސް އަންނަނީ ރަނގަޅު ވަމުންނެވެ.

ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވާއިރު، ގިނަ މައްސަލަތަކަކީ މިފްކޯގެ ދޯހަޅި ހިންގުމާ ހުރެ ސިނާއަތަށް ދިމާވެގެން އުޅޭ މައްސަލަތަކެކެވެ. މިކަންކަން އިސްލާހުކުރަން ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ގެނައި ފުރަތަމަ ބަދަލަކީ ކުރިން އެސްޓީއޯގެ ދަށުގައި އޮތް މިފްކޯ އަލުން ވަކި ކުންފުންޏަކަށް ހެދުމެވެ. ދެން ކުރި ކަމަކީ މިފްކޯއަށް ކަނޑުމަސް ގަންނަ އަގު ދުނިޔޭގެ ބާޒާރުގައި ހުންނަ އަގުތަކާއި މިފްކޯއަށް މަސް ވިއްކޭ އަގާ އެއްހަމައަށް ފްލޯޓިން ރޭޓަކަށް ބަދަލުކުރުމެވެ.

އެންމެ ފަހުން އިއުލާން ކޮށްފައިވާ އަގުތަކުގައި މިފްކޯއިން ގަނޑުކުރި މަސް ކިލޯއެއް ގަންނަނީ 16ރ. އަށެވެ. އަދި ގަނޑު ނުކުރާ މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox