ފެންވަރު ރަނގަޅު ކްރިކެޓް ސްޓޭޑިއަމް އެއް އެކުވެނީގައި ތަރައްގީ ކުރަނީ

އިއްޔެގެ ރަސްމިއްޔާުތުގައި މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު

އިއްޔެގެ ރަސްމިއްޔާުތުގައި މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު

ކްރިކެޓް ކުރިއަރުވައި ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ އަށް ކާމިޔާބު ހޯދޭނެ މަގު ކޮށަން، ފެންވަރު ރަނގަޅު ކްރިކެޓް ސްޓޭޑިއަމް އެއް އެކުވެނީގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

އިއްޔެ ނިމުނު ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ, މި ރީޖަން އަކީ ދުނިޔޭގެ ފެންވަރުގެ ކުރިކެޓް ކުޅުންތެރިން އުފެދިފައިވާ ސަރަހައްދެއް އެއް ކަމަށެވެ. އެހެންވެ، ރާއްޖޭގައި ވެސް ރަނގަޅު ވަސީލަތްތަކާ އެކު، އެ ފެންވަރުގެ ކުޅުންތެރިން ނޫފެދޭންވީ ސަބަބެއް ނެތް ކަމަށް ރާފިއު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ، އަންނަ އަހަރު ކްރިކެޓް ކުޅުންތެރިންނަށް ހާއްސަކޮށް ފެންވަރު ރަނގަޅު ކްރިކެޓް ސްޓޭޑިއަމް އެއް އެކުވެނީގައި އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މިހާރު އޮތް އެންމެ ދަތިކަމަކީ ކްރިކެޓް ކުޅޭނެ ވަކިން ހާއްސަ ތަނެއް މާލެ ސަރަހައްދުގައި ނެތުން. އަޅުގަނޑުމެން ގަބޫލު މިކުރަނީ ވީހާވެސް ގިނައިން ޕްރެކްޓިސް ކުރުން. އެހެން ކަމުން ސަރުކާރުގެ ވިސްނުމަކީ, މި ގްރައުންޑް (އެކުވެނި) ކްރިކެޓް ގްރައުންޑް އެއްގެ ގޮތައް އެ ސައިޒަށް ފައްތައިގެން, ކްރިކެޓް ކުޅޭނެ ގޮތައް އިންތިޒާމުކޮށްގެން, ކުޅެވޭނެ އިންތިޒާމު މި ތަނުގައި ސްޓޭޑިއަމް އެއް އަޅައިގެން ކުރިއަށް ގެންދެވުމަށް" ރާފިއު ވިދާޅުވި އެވެ.

ކްރިކެޓް ކުރިއެރުވުމަށް ކައިރި ގައުމުތަކާއެކު ވެސް ގިނަ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށާއި، އެގޮތުން ލަންކާއިން ވެސް މިހާރު ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އެއްބާރުލުން ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި، އިންޑިއާ އިން ރާއްޖެ އަށް ދޫކުރަން އެއްބަސްވެފައިވާ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން ހުޅުމާލޭގައި ކްރެޑިޓް ސްޓޭޑިއަމެއް އަޅަން ވާހަކަ ދެކެވުނެވެ. އެކަމަކު، ފަހުން އެކި ކަހަލަ ކަންތައްތަކެއް މަޝްވަރާތަކުގެ ތެރޭގައި ދިމާވެގެން، އެ ކްރިކެޓް ދަނޑުގެ އަމަލީ މަސައްކަތް ފެށޭގޮތެއްނުވި އެވެ. އަދި މި ސަރުކާރުން ހުޅުމާލޭގައި އަޅާ ފުޓްސަލް ކޮމްޕްލެކްސް އަޅަން ހަމަޖެހިފައިވަނީ، ކްރިކެޓް ސްޓޭޑިއަމަށް ކުރިން ހަމަޖެއްސި ބިމުގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox