ކަމަލާ ހެރިސްއަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ކަށަވަރުވެއްޖެ

ކަމަލާ ހެރިސްގެ ކެމްޕެއިންގެ ތެރެއިން: ކަމަލާއަކީ އެމެރިކާގެ ނައިބު ރައީސް -- ފޮޓޯ: ރޮއިޓާސް

ކަމަލާ ހެރިސްގެ ކެމްޕެއިންގެ ތެރެއިން: ކަމަލާއަކީ އެމެރިކާގެ ނައިބު ރައީސް -- ފޮޓޯ: ރޮއިޓާސް

އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު އެ ގައުމުގެ ނައިބުރައީސް ކަމަލާ ހެރިސްއަށް ކަށަވަރުވެއްޖެ އެވެ.

ޑިމޮކްރެޓިކް ނެޝަނަލް ކޮމިޓީގެ ޗެއާ ޖޭމީ ހެރިސަން ވިދާޅުވީ ޓިކެޓު ދިނުމާ ގުޅޭގޮތުން ހޯމަ ދުވަހާ ހިސާބަށް ކުރިއަށްދާ އޮންލައިން ވޯޓިންގައި މެޖޯރިޓީ މެންބަރުންގެ ވޯޓު ކަމަލާއަށް ލިބިފައިވާ ކަމަށެވެ.

"ފަހުރުވެރިކަމާއެކު ބުނަން އެނގޭ އެއްޗަކީ މެންބަރުންގެ ތެރެއިން ކަމަލާއަށް މެޖޯރިޓީ ވޯޓު ލިބިފައިވާކަން،" ހެރިސަން ވިދާޅުވި އެވެ.

Advertisement

އެކަމާ ގުޅިގެން ކަމަލާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރެޓުންގެ ނޮމިނީއަކަށްވުމަކީ ލިބޭ އުފަލެއް ކަމަށާއި ރަސްމީކޮށް އަންނަ ހަފުތާގައި ނޮމިނޭޝަން ގަބޫލުކުރައްވާނެ ކަމަށެވެ.

އިންތިހާބުގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޖެހުނީ، ކެންޑިޑެންސީ ލިބުނު އެމެރިކާގެ ރައީސް ޖޯ ބައިޑެން އެ ފުރުސަތު ދޫކޮށްލެއްވުމާ ގުޅިގެންނެވެ.

އެއަށްފަހު ކަމަލާއަށް ކެމްޕެއިން ހިންގުމަށް ވަނީ 310 މިލިއަން ޑޮލަރު މިހާތަނަށް ލިބިފަ އެވެ. ނަމަވެސް މިދިޔަ މަހު ޓްރަމްޕްއަށް ލިބިފައި ވަނީ 138.7 މިލިއަން ޑޮލަރެވެ.

ނޮވެމްބަރު، 5 ގައި އޮންނަ އިންތިހާބުގައި ޑިމޮކްރެޓުންގެ އިތުރުން ވާދަކުރަނީ ރިޕަބްލިކްގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޝިއާގެ ޖަލެއްގައި ހުރި އެމެރިކާގެ މީހަކު މިނިވަންކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރަޝިއާގެ ޖަލެއްގައި ހަތަރު އަހަރު ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްޓީވަން ހަބާޑް މިނިވަންކޮށްފިއެވެ. އޭނާ މިނިވަންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ރަޝިއާއަށް ކުރެއްވި ޒިޔާރަތެއްގައި ޕޫޓިންއާ މަޝްވަރާކޮށް، އެއްވެސް އަސީރަކު ބަދަލުކުރުމަކާ ނުލައި އެއްބަސްވުމަކަށް އާދެވުމުންނެވެ.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox