ފީފާ ކްލަބް ވޯލްޑް ކަޕާ ގުޅޭ ދެބަސްވުންތަކެއްގެ މައްސަލަ ބޮޑު

Aug 2, 2024, 12:22 PM
ފީފާ ކްލަބް ވޯލްޑް ކަޕާ ގުޅޭ ދެބަސްވުންތަކެއްގެ މައްސަލަ ބޮޑު

ޒިއުރިކް (އޮގަސްޓް 2) - އަންނަ އަހަރު ބާއްވަން މަސައްކަތް ކުރަމުން އަންނަ، 32 ޓީމު ވާދަކުރާ ފީފާ ކްލަބް ވޯލްޑް ކަޕާއި މެދު ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެކި ލީގުތައް ތަމްސީލްކުރާ ޖަމިއްޔާ އާއި ފީފާއާ މެދު ދެބަސްވުންތަކެއް ހިނގައި މައްސަލަ ބޮޑުވެއްޖެ އެވެ.

ފީފާ ކޮންފަޑެރޭޝަން ކަޕްގެ ބަދަލުގައި ކްލަބްތަކަށް ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު ބާއްވާ މުބާރާތެއް ގޮތަށް ކްލަބް ވޯލްޑް ކަޕް ފޯމެޓް ރޭވީ 24 ޓީމު ކުޅޭގޮތަށް 2021 ގައި ޗައިނާގައި ފުރަތަމަ މުބާރާތް ބާއްވާށެވެ. އެކަމަކު، އޭރު ކޮވިޑް-19ގެ ދުވަސްވަރު ކަމަށްވާތީ ފީފާ އަށް ޖެހުނީ މުބާރާތް ފަސްކުރާށެވެ.

މިހާރު، އެ މުބާރާތް އޮތީ އަންނަ އަހަރު އެމެރިކާގައި ޖޫން/ޖުލައި ގައި ބާއްވަން ތާވަލުކޮށްފަ އެވެ. ބޮޑު ބަދަލަކާ އެކު، 32 ޓީމު ވާދަކުރާ ގޮތަށެވެ.

ޔޫރަޕިއަން ލީގްސް (33 ގައުމުން 39 ލީގު ތަމްސީލުކުރާ ޖަމިއްޔާ) އިން ވަނީ ކުޅުންތެރިންގެ ޖަމިއްޔާއެއް ކަމަށްވާ، ފިފްޕްރޯއާ އެކު ބައްދަލުވުމެއް ބާއްވައި، އަންނަ އަހަރު ފަށަން އުޅޭ ކްލަބް ވޯލްޑް ކަޕަކީ، ކުޅުންތެރިންގެ ސިއްހަތާއި އެެހެނިހެން ކަންކަމަށް ބެލުމެއް ނެތި ރާވާފައިވާ މުބާރާތެއް ކަމަށް ބުނެފަ އެވެ.

މިދިޔަ މެއި، މަހު ވޯލްޑް ލީގް އެސޯސިއޭޝަން، (46 ލީގު ތަމްސީލްކުރާ ޖަމިއްޔާ) އިން ވަނީ، ފީފާ އިން އެއްވެސް ވަރަކަށް އެކި ޖަމާއަތްތަކާ މަޝްވަރާ ކުރުމެއްނެތި، އަމިއްލަ މަންފާތަކެއް ހޯދަން، އަންނަ އަހަރު ފީފާ އިން ކްލަބް ވޯލްޑް ކަޕެއް ބާއްވަން އުޅޭ ކަމަށް ބުނެފަ އެވެ. އަދި އެ ކަމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވޯލްޑް ލީގު އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

ޖަމިއްޔާތަކުން، އާ ފޯމެޓާ މެދު ހިތްހަމަނުޖެހެނީ ކުޅުންތެރިން ބްރޭކެއް ނުލިބި އިންތިހާ އަށް މެޗު ކުޅެމުންދާތީ، ކުޅުންތެރިންގެ ސިއްހަތާއި ފުޓްބޯޅަ މެޗުތަކުގެ ފެންވަރަށް އަސަރުކުރަމުންދާތީވެ އެވެ.

ފީފާގެ ތަރުޖަމާނު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ، މެއި މަހު 10 ވަނަ ދުވަހު ވޯލްޑް ލީގު އެސޯސިއޭޝަނާއި ފިފްޕްރޯއާ އެކު، ފީފާގެ ކަލަންޑަރާ މެދު މަޝްވަރާކުރަން ފޮނުވި ސިޓީ އަށް ޖަވާބެއް އަދިވެސް ލިބިފައިނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox