ދަރިވަރުންގެ ޔޫނިއަންތަކުން ވެސް ބުނީ މުއްދަތަށް ވުރެ މުހިންމީ ފެންވަރު ކަމަށް

ޔޫނިއަންތަކާ މަޖިލީހުގެ ކޮމިޓީން މިއަދު ސުވާލުކުރަނީ. ދަރިވަރުންގެ ޔޫނިއަންތަކުން ވެސް ބުނީ މުއްދަތަށްވުރެ މުހިއްމީ ފެންވަރު ކަމަށް -- ފޮޓޯ: މަޖިލިސް އިދާރާ

ޔޫނިއަންތަކާ މަޖިލީހުގެ ކޮމިޓީން މިއަދު ސުވާލުކުރަނީ. ދަރިވަރުންގެ ޔޫނިއަންތަކުން ވެސް ބުނީ މުއްދަތަށްވުރެ މުހިއްމީ ފެންވަރު ކަމަށް -- ފޮޓޯ: މަޖިލިސް އިދާރާ

މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެންނައިރު މުހިންމީ ޔުނިވާސިޓީއެއްގެ ދަރަޖަ ދޭއިރު މުއްދަތަށް ބެލުމަށް ވުރެ ފެންވަރު ބެލުން ކަމަށް ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވައިދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުންގެ ޔޫނިއަންތަކުން މިއަދު ބުނެފި އެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދަރިވަރުންގެ ޔޫނިއަންތަކުން ބުނެފައި ވަނީ ބިލުގައި ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، އެ މުއްދަތުތަކަށްވުރެ ޔުނިވާސިޓީތަކުގައި ހުންނަން ޖެހޭ ފެންވަރު މާ މުހިއްމު ކަމަށާއި އެކަން ކަށަވަރު ކުރެވޭ ގޮތްތަކެއް ހުންނަން ޖެހޭނެ ކަމަށެވެ.

ވިލާ ކޮލެޖުގެ ސްޓޫޑެންޓް އެސޯސިއޭޝަންގެ ފަރާތުން ހުސެއިން ޖުނާން ބުނީ ކޮލެޖެއް ޔުނިވާސިޓީއަށް ބަދަލުވާ މުއްދަތު 20 އަހަރުން 15 އަހަރަށް ކުޑަ ކުރުމަށް ތާއީދު ކުރާ ކަމަށާއި ނަމަވެސް ފެންވަރު ރަނގަޅު ކަމަށް ޝަރުތު ހަމަވާނަމަ އެކަމަށް ވަކި މުއްދަތެއް އޮތުން މުހިންމު ނޫން ކަމަށެވެ.

Advertisement

ޔުނިވާސިޓީއެއްގެ ވަކި މިންގަނޑުތަކަށް ފެތޭ ފެންވަރުތައް ހިފެހެއްޓުމަށް ކަންކަން ކުރަން ޖެހޭކަން ފާހަގަކޮށް ވިލާ ކޮލެޖުގެ ލޯ ސޮސައިޓީގެ ފަރާތުން ޝާނާ އުމަރު ބުނީ ޔުނިވާސިޓީއަކަށް ބަދަލުވުމަށް ކޮން ކޮލެޖަކުން ވެސް ރޯޑް މެޕެއް އެކުލަވާލަން ބިލަށް އިތުރުކުރަން ފެންނަ ކަމަށެވެ.

"ރޯޑް މެޕް ކަހަލަ އެއްޗެހި އިސްލާހުތަކުގެ ތެރެއަށް އެޑްކުރުން އެއީ މުސްތަގުބަލުގައި ޔުނިވާސިޓީތައް ހުޅުވިގެންދާއިރު އެއްގޮތަކަށް ފޯމެޓްވެގެންދާން ބާރު އެޅިގެންދާނެ ކަންތައްތަކެއް. ދިވެހިރާއްޖޭގެ ކަލްޗާއަށް ބޭސްވެފައި ހުންނަ ގަވާއިދުތަކާ އެއްޗެހި އެކުލެވޭ މުގައްރަރެއް ކޮންމެ ފެކަލްޓީއެއްގެ ފަރާތުން ކުރިއަށްގެންދާ ޑިގްރީ ނުވަތަ ޕީއެޗްޑީ އަދި މާސްޓާސްގެ ހިމެނިގެންދިޔުން މޮނިޓާކުރެވުން އެއީ ގާނޫނީ ގޮތުން ގެންނަން ޖެހޭ އިސްލާތުތައް ކަމަށް ގަބޫލުކުރަން،" ޝާނާ ބުންޏެވެ.

ސޮސައިޓީ އޮފް ޝަރީއާ އިންލޯގެ ރައީސް އިސްމާއިލް ހަސަން އިމްރާން ބުނީ ބޭރުގައި ކިޔަވައިދޭ ޔުނިވާސިޓީއެއް 10 އަހަރުގެ މުއްދަތެއް އޮންނަން ޖެހޭނެ ކަމަށް ބިލުގައި އޮތުމުން، މުއްދަތުގެ ބައި އުނިކުރުމަށް ހުށަހަޅާ ކަމަށާއި ރާއްޖޭގެ ކޮލެޖު ޔުނިވާސިޓީތަކަށް އެކަނި ހަނިކޮށްގެން ވެސް މިކަހަލަ ބިލުތަކަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ.

ބައެއް ޔުނިވާސިޓީތައް އެންމެ ދާއިރާއަކަށް ހާއްސަކޮށްފައިވާކަން ފާހަގަކޮށް އޭނާ ބުނީ ތިން ދާއިރާއަކުން ޔުނިވާސިޓީތަކުން ކިޔަވައިދޭން ލާޒިކުރުން ގަބޫލު ނުކުރެވޭ ކަމަށާއި ފެންވަރު ރަނގަޅު ޔުނިވާސިޓީތަކަށް ތިން ދާއިރާއިން ކިޔަވައި ނުދެވޭތީ ރާއްޖެއަށް ނާދެވޭ ކަމަށެވެ.

"ޕެރިސް ސައިންސް ޔުނިވާސިޓީއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޔުނިވާސިޓީ ސައިންސް ކިޔަވަދޭ. މި ބޭފުޅުން 2019 ވީ ހިސާބުގައި މިއޮތީ އެސްޓަބްލިޝްވެފައި ޔުނިވާސިޓީއެއް ގޮތަށް. މިސާލަކަށް އެ ބޭފުޅުން މިތަނަށް އަންނަން ބަލާއިރު އެ 10 އަހަރު ވެފައި ނެތީމައާއެކު އެބޭފުޅުންނަށް އެބަ ހުރަސް އެޅޭ މިތަނުގައި ކޮލިޓީ ރަނގަޅު ޔުނިވާސިޓީ ގާއިމުކުރަން،" އޭނާ ބުންޏެވެ.

އޭގެއިތުރުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ވެސް ވަނީ ގާނޫނަށް މުއްދަތު ގެނައުމުގެ ބަދަލުގައި ގަވާއިދަށް އެ މުއްދަތު ގެންނަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ދަރިވަރުން ބާރުވެރި ކުރެވޭނެ ގޮތްތަކެއް ވެސް ގާނޫނު ތެރެއިން ހަމަޖައްސައި ދިނުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox