ކުރީ ސަރުކާރާއި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތަފާތެއް ނެތް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ކުރީ ސަރުކާރާއި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތަފާތެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ކުރީ ސަރުކާރާއި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތަފާތެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ހާރިޖީ ސިޔާސަތުގައި މި ސަރުކާރާއި ކުރީގެ ސަރުކާރާ ހާރިޖީ ސިޔާސަތާ ތަފާތެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން "ހަވަރު ބެރު" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދައްކަވަނީ އޭނާ ފޮރިން މިނިސްޓަރަކަށް ހުރެގެން ދެއްކި ވާހަކަތައް ކަމަށެވެ. އަދި ވެރިކަމާ ހަވާލުވީމަ މަންޒަރު ބަދަލުވެ ބައިނަލްއަގުވާމީ އުސޫލުތައް އެނގި އެއަށް އިހުތިރާމު ކުރާ މަންޒަރު ފެންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އިހަށް ރޭ މިއަދުގެ ހާރިޖީ ސިޔާސަތު ހާމަކުރެއްވީ ޓީވީގައި. ކުރެއްވިއިރު ހަމައެކަނި ތަފާތަކަށް އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ ބޮލުގައި ފަތް ނެތްކަން. މިހާރު އިންނެވި ވަޒީރުގެ އިސްތަށިފުޅުގައި ފަތްހުރި. ދެއްކެވި ވާހަކަ އެކައްޗެއް." ޝާހިދު ވިދާޅުވި އެވެ.

Advertisement

"ހަމަ އަޅުގަނޑު ވަޒީރަކަށް އިިންނަވައިގެން ދެއްކެވި ވާހަކަ އެމަނިކުފާނު ދެއްކެވީ. ބައިނަލްއަގުވާމީ އުސޫލުތަކަށް ތަބާވާ އަޅުގަނޑުމެންނާ ގުޅުން ބާއްވަން ބޭނުންވާ ހުރިހާ ގައުމަކާއި އިޒްރޭލު ފިޔަވައި ގުޅުން ބާއްވާނަމޭ،"

ޝާހިދު ވިދާޅުވީ ކުރިން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުން އެގްރީމަންޓުތައް ދައްކަން ގޮވާލަމުން ދިޔަ ނަމަވެސް، މިހާރު އެކަން އެގޮތަށް ނުކުރެވޭނެކަން އެނގިލައްވާ ކަމަށާއި ކުރިން އެމްޑީޕީ ސަރުކާރުން ދެއްކި ވާހަކަތައް މި ސަރުކާރުން މިހާރު ދައްކަން ފަށާފައިވާ ކަމަށެވެ.

ކުރިން ދައްކަމުން ދިޔައީ ދޮގު ހަދައިގެން އޮޅުވާލައިގެން ދެއްކި ވާހަކަތަކެއްކަން މިހާރު އެނގި ހާމަވަމުންދާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައި ހަދާ އެއްބަސްވުންތަކަކީ ހާމަކުރެވޭނެ އެއްޗެއް ނޫން ކަމަށް ކުރިން ވެސް އޭރުގެ ސަރުކާރުން ބުނަމުންދިޔަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox