ޗައިނާގެ އެފްޓީއޭގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ސިޔާދަތު ގެއްލޭނެ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ޗައިނާ އެފްޓީއޭއިން އިގުތިސާދީ ސިޔާދަތަށް ވާނީ ގެއްލުން ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ޗައިނާ އެފްޓީއޭއިން އިގުތިސާދީ ސިޔާދަތަށް ވާނީ ގެއްލުން ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން، ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓިއޭ)ގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ސިޔާދަތަށް ގެއްލުންވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ހަވަރު ބެރު"ގެ ނަމުގައި އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ފައްޔާޒް ވިދާޅުވީ އެފްޓީއޭއެއްގެ ފައިދާ ލިބެނީ އެކްސްޕޯޓްކުރާ ގައުމުތަކަށް ކަމަށާއި ރާއްޖެއަކީ އެކްސްޕޯޓްކުރާ ގައުމެއް ނޫން ކަމުން އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސިޔާދަތު ގެއްލި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ވެސް ބުރޫ އަރާނެ ކަމަށެވެ.

މިހާ ހިސާބަށް އައި އިރު ރާއްޖޭގައި އޮތީ ޒަމާނުއްސުރެ ބިނާވެފައި އޮތް ވިޔަފާރީގެ ލިންކުތަކެއް ކަމަށާއި ނަމަވެސް ޗައިނާގެ އެފްޓީއޭގެ ސަބަބުން އެ ލިންކުތައް އެއްކޮށް ފުނޑިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

Advertisement

"އަޅުގަނޑުމެން ބޭނުންވާ 95 ޕަސަންޓެއްހާ މުދާ އިމްޕޯޓްކުރާ ގައުމެއް މިއީ. އިގްތިސާދީ ސިޔާދަތު ހިފެހެއްޓޭނީ ވިޔަފާރީގެ ސިޔާދަތު ހިފެހެއްޓިގެން. އަޅުގަނޑުމެންގެ ޓްރޭޑް ސޮވެރެންޓީ މެއިންޓެއިން ކުރެވިގެން. އަޅުގަނޑުމެން ކަހަލަ އިމްޕޯޓްކުރާ ގައުމެއްގައި މުދާ އެތެރެކުރާއިރުގައި ވަރަށް ވަރުގަދަ ޕޮލިސީއެއް އަޅުގަނޑުމެންގެ އޮންނަން ޖެހޭ. އެއީ އަޅުގަނޑުމެން އެއްބަޔަކަށް ބަރޯސާ ނުވެ އަޅުގަނޑުމެން ބޭނުންވާ ކާއެއްޗެއްސާ އެއްޗެހި ލިބޭނެ ގޮތް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޗައިނާއިން ރާއްޖެ އިމްޕޯޓްކުރާ މުދަލުން ސުން ޕަސަންޓު ޑިއުޓީ ނަގާ ކަމަށްވާނަމަ، ރާއްޖޭގެ ވިޔަފާރިތަކަށް ޗައިނާއަށް ބަރޯސާވާން މަޖުބޫރުވާނެ ކަމަށާއި އެއީ މާކެޓުގައި ޗައިނާއިން ގެންނަ މުދަލާއި އެހެން ތަންތަނުން ގެންނަ މުދަލާއި ވާދަ ނުކުރެވޭނެތީ ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން، ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓިއޭ) އަށް އަންނަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފަށާނެ ކަމަށާއި، އުއްމީދަކީ އިންޑިއާއާއެކު ވެސް އެފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުން ކަމަށް ރައީސް މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވިދާޅުވި އެވެ.

ޗައިނާއާއެކު އެފްޓީއޭއަށް ދިޔުމަށް ފުރަތަމަ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް، ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ އެއްބަސްވުން ތަންފީޒުކުރަން ބޭނުމެއް ނުވި އެވެ

ރައީސް މުއިއްޒު ވިދާޅުވީ ޗައިނާގެ އެފްޓީއޭ ތަންފީޒުކުރުމުގެ ނަތީޖާއަކަށް ވަނީ ނުވަ ސެކްޓަރެއްގެ ޖުމުލަ 7897 އައިޓަމަކުން ޑިއުޓީ އުނިވުން ކަމަށާއި، އޭގެ ތެރޭގައި މަސްވެރިކަމުގެ 298 ބާވަތެއް ހިމެނޭ ކަމަށެވެ. އެފްޓީއޭ ތަންފީޒުކުރަން ފެށުމުން، އެއްބަސްވުމުގައި ހިމެނޭ މި ބާވަތްތައް ރާއްޖޭން ޗައިނާ އަށް ފޮނުވުމަށް ޓެކުހެއް ދައްކާކަށް ނުޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox