ހައިދަރުގެ ވާހަކަތައް ދޮގުކޮށް، ކަސްޓަމްސްއިން ބުނީ 100 ފްލެޓް ދޭން އެއްބަސްވި ކަމަށް

ކަސްޓަމްސްގެ އޮފީސް: ހައިދަރުގެ ވާހަކަތައް ދޮގުކޮށް، ކަސްޓަމްސްއިން ބުނީ 100 ފްލެޓް ދޭން އެއްބަސްވި ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކަސްޓަމްސްގެ އޮފީސް: ހައިދަރުގެ ވާހަކަތައް ދޮގުކޮށް، ކަސްޓަމްސްއިން ބުނީ 100 ފްލެޓް ދޭން އެއްބަސްވި ކަމަށް -- ފޮޓޯ: އަދަދު ފައިލް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ވާހަކަތައް ދޮގުކޮށް، ގެދޮރުވެރިޔާގެ 4،000 ފްލެޓުގެ ތެރެއިން 100 ފްލެޓް ކަސްޓަމްސްއަށް ދިނުމަށް ކުރީ ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް، އެ ފްލެޓްތައް ކަސްޓަމްސްއަށް ދިނުމަށް ހައުސިން މިނިސްޓްރީން އެއްބަސްވި ކަމަށް ކަސްޓަމްސްއިން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފި އެވެ.

"އަދަދު" އަށް ކޮޕީ ލިބިފައިވާ އެ މެމޯގައި ބުނީ އެތަނުގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުމަށް ހުށަހަޅާ އޮޕްޝަންތަކެއް ހުށަހެޅުމަށް ރައީސް އޮފީހުން ފެބްރުއަރީ، 25 ގައި އެދިފައިވާތީ އެކަމާ ގުޅޭގޮތުން މާޗު، 18، ގައި ކަސްޓަމްސްއާއި މިނިސްޓަރު ހައިދަރުއާއެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ 100 ފްލެޓު، އިތުރު ބަދަލެއް ނުގެނެސް ކުރިން ވެސް ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށާއި ކަސްޓަމްސްގެ އިތުރު މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން ހޯދުމަށް އެއްބަސްވެވުނު ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ހައިދަރު ވިދާޅުވީ 4،000 ފްލެޓުގެ ތެރޭގައި ކަސްޓަމްސްއަށް 100 ފްލެޓު ދިނުމަށް އޮތް ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށާއި އެ 100 ފްލެޓް ކަސްޓަމްސްގެ ވެރިން އެތަނުގެ މުވައްޒަފުންނަށް ހޯދައި ދިނުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ކަސްޓަމްސްގެ މެމޯގައި ބުނީ އެ 100 ފްލެޓު ލިބޭ ކަސްޓަމްސްގެ މުވައްޒަފުން ކަނޑައެޅުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު، 16 ގައި އެ ލިސްޓު ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށައި ނަމަވެސް ފްލެޓުގެ ކަންތަކާ ގުޅިގެން ހައުސިން މިނިސްޓްރީން އަމަލުކުރާ ގޮތް ބެލުމަށް އަޕްޑޭޓެއް ހޯދުމަށް ފެބްރުއަރީ، 17 ފޮނުވި ސިޓީއަށް ލިޔުމުން ޖަވާބެއް ނުލިބޭ ކަމަށެވެ.

ކަސްޓަމްސްގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމާއި، މުވައްޒަފުންގެ ވެލްފެއާއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ކަސްޓަމްސްއިން އެންމެ އިސްކަން ދޭނެ ކަންތައްތައްކަން ފާހަގަކޮށް ކަސްޓަމްސްއިން ބުނީ 100 ފްލެޓު ހޯދުމުގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓު އެޅުމަށް ބޭނުންވާ ބިން ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ސަރުކާރާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

ކަސްޓަމްސްއަށް 100 ފްލެޓު ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، ރައީސް އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު، 19 ގައި އެކަން ސިޓީއަކުން ކަސްޓަމްސްއަށް އެންގި އެވެ. އެއީ ތިން ކޮޓަރީގެ 85 ފްލެޓާއި، ދެ ކޮޓަރީގެ 15 ފްލެޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox