މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ "ބީ އަ ނައިނާ" ކެމްޕެއިންގެ ނަސީބުވެރިޔާއާ ހޮންޑާ އެއާބްލޭޑް 160 ސައިކަލް ހަވާލުކޮށްފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެމްއައިބީއަށް މުސާރަ ޖަމާކުރާ ފަރާތްތަކުގެ މެދުގައި ކުރިއަށްދިޔަ އެ ކެމްޕެއިންގެ ދަށުން ނަސީބުވެރިޔަކަށް ހޮވުނީ އަހުމަދު މުހައްމަދު އެވެ.
ގިނަ ދިވެހިން މުސާރާ ޖަމާކުރާ އެމްއައިބީއަށް ދަނީ އެ ބޭންކުން ދަނީ އުޖާލާ ފައިނޭންސިން ހާއްސަ އަގުތަކެއްގައި ފޯރުކޮށްދެމުންނެވެ. އޭގެއިތުރުން ކޮންމެ މަހަކު އެ ބޭންކުން ރުފިޔާ ކާޑުން 250 ޑޮލަރުގެ މުއާމަލާތް ބޭރުގައި ކުރެވެ އެވެ.
އެމްއައިބީއަކީ ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުމުގެ ހިދުމަތް ރާއްޖޭގައި ދެމުން އަންނަ ހަމައެކަނި ބޭންކެވެ. އެ ބޭންކުން ދޭ ހުރިހާ ހިދުމަތެއް ވެސް މިހާރު އޮންލައިންކޮށް ހޯދުމުގެ އިތުރުން، އެ ބޭންކުން ދާދި ފަހުން ވަނީ ވިޔަފާރިތަކަށް ވެސް ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭ ގޮތް ހަދާފަ އެވެ.
ރާއްޖޭގައި ކޮންމެ ރަށެއްގައި ހުރި ކޮންމެ ފަރުދަކަށް ވެސް މިހާރު އެމްއައިބީ އެކައުންޓު ހުޅުވާ، މުސާރަ ޖަމާކުރުމުގެ ފުރުސަތު އޮވެ އެވެ. ސަރުކާރު ހުރިހާ ވުޒާރާއަކުން ވެސް އެމްއައިބީއަށް މުސާރަ ފޮނުވެ އެވެ. އަދި ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކުން ވެސް އެމްއައިބީއަށް މުސާރަ ޖަމާކުރެ އެވެ.










