އާބާދީ ކުޑަ ރަށްރަށުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަން ކުވެއިތު ފަންޑުން 150 މިލިއަނުގެ ލޯނެއް

ކުވައިތާއެކު ސްމޯލް އައިލެންޑް ހޮސްޕިޓަލް ޕްރޮޖެކްޓްގައި ސޮއިކުރަނީ - ފޮޓޯ: ފިނޭންސް މިނިސްޓްރީ

ކުވައިތާއެކު ސްމޯލް އައިލެންޑް ހޮސްޕިޓަލް ޕްރޮޖެކްޓްގައި ސޮއިކުރަނީ - ފޮޓޯ: ފިނޭންސް މިނިސްޓްރީ

ކުދި އާބާދީގެ ރަށްރަށުގައި ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ފެށުމުގެ ގޮތުން ކުވެއިތު ފަންޑާ އެކު 150 މިލިއަން ރުފިޔާގެ ލޯނު އެގުރިމެންޓެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.

ކުވެއިތު ފަންޑާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރި "ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" ގެ ލޯނު އެގުރިމަންޓްގައި ވަނީ ތިން މިލިއަން ކުވެއިތީ ދީނާރެވެ. އެއީ 150,569,316.60 ދިވެހި ރުފިޔާ އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓަރު ޖެނެރަލް ވަލީދު އަލް ބަހަރެވެ.

ފިނޭންސުން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި މި މަޝްރޫއުގައި ހިމެނޭ މަސައްކަތަކީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތާއި ހިދުމަތްތަކުގެ އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތާއި، ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމެވެ.

އޭގެ އިތުރުން ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އިމާރާތަށް ބޭނުންވާ އިންޖީނިއަރިން ހިދުމަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ސިއްހީ ހިދުމަތަށް ދިވެހިން ދަތުރުފަތުރުކުރުމަށް ކުރާ ހަރަދުތައް ކުޑަވެ، ރަށްރަށުގެ އާބާދީގެ އިތުރަށް ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ސިއްހީ ހިދުމަތް އެ ރަށުން ދެވޭ ގޮތަށް ހަމަޖެހޭނެ އެވެ. ސަރުކާރުން ބުންޏެވެ.

މިއާ އެކީ އެ ރަށްރަށުން ސެކަންޑަރީ ލެވެލްގެ ސިއްހީ ހިދުމަތް ލިބޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox