58 އަހަރުގައި އޮލިމްޕިކްސް އަށް؛ މިއީ "އޮލިމްޕިކްސް މާމަ"

Jul 29, 2024, 5:44 AM
ޒެން "ޓާނިއާ": މި ފަހަރުގެ އޮލިމްޕިކްސްގައި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް.

ޒެން "ޓާނިއާ": މި ފަހަރުގެ އޮލިމްޕިކްސްގައި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް.

ޕެރިސް (ޖުލައި 29) - ޗައިނާ އަށް އުފަން، ޗިލީ އަށް ނިސްބަތްވާ، ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ޓާނިއާ ޒެން، އަކީ މީގެ ކުރިން ޗައިނާގެ އެތުލީޓެކެވެ. އެހެން ނަމަވެސް، އުމުރުން 58 އަހަރުގައި އޭނާ އޮލިމްޕިކްސްގެ ހުވަފެން ހަގީގަތަކަށް ހެދިއިރު، އެއީ ޗިލީގެ އެތުލީޓެކެވެ.

ކުރިން ޗައިނާގައި، ޒިޔިން ޒެންގެ ނަމުން ނަންދެވުނު، ޓާނިއާ ދެކޭގޮތުގައި ލަހުން ނަމަވެސް ހުވަފެން ހަގީގަަތަކަށް ވުމަކީ އުންމީދެއް އޮވެގެން ކުރާ މަަސައްކަތުގައި ކާމިޔާބު ލިބޭނެ ކަމުގެ ހެއްކެކެވެ.

އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގައި، ޓާނިއާ ވަނީ، ލެބަނަންގެ މަރިއާނާ ސަހަކިއާން އަތުން ބަލިވެ ކަޓައިފަ އެވެ. ޓާނިއާ ބަލިވީ، 4-1 އިންނެވެ.

ޒިޔިން، އުފަން ގައުމު، ޗައިނާ ދޫކޮށް، 1989 ވަަނަ އަހަރު ޗިލީ އަށް ދިޔައީ، ކުޅިވަރު ކިޔަވައިދޭން ލިބުނު ފުރުސަތެއްގަ އެވެ. ޗިލީ މީހަކާ ލޯބީގެ ގޮތުން ގުޅި، ފަހުން ކައިވެނި ކުރިއިރު، ޒިޔިން ވަނީ އޭނާގެ ނަން ޓާނިއާ އަށް ބަލަދުކޮށްފަ އެވެ. އެންމެ ބޮޑު އެއް ސަަބަބަކީ، ޗިލީގެ މީހުންނަށް ފަރިތަ، އެ ގައުމުގެ މީހެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ވިސްނުމުގަ އެވެ.

ޗައިނާގައި ދިރިއުޅުނުއިރު، 1970 ގެ އަހަރުތަކުގެ ތެރެއިން، ޓާނިއާގެ ކުޅުމުގެ ރަން ދުވަސްވަރުގައި ވެސް އޭނާގެ ބޮޑު ހުވަފެނަކަށް ވެފައި އޮތީ އޮލިމްޕިކްސްއެއްގައި ކުޅުމެވެ. އެ ގޮތުން، އުމުރުން 16 އަހަރުގައި ޓާނިއާ އަށް ޗައިނާ ގައުމީ ޓީމުން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު، އޭނާ އަށް ކުރިއަށް ދެވޭ ގޮތެއްނުވީ، 1986 ވަަނަ އަހަރު، ސޯލް އޮލިމްޕިކްސްގެ ދެ އަހަރު ކުރިން، ޓޭބަލް ޓެނިހުގެ "ޓޫ ކަލާ ރޫލް" އަައުމުންނެވެ. އެ އަށް ހޭނެން ދިމާވި ދަތިތަކާއި އެހެނިހެން ކަންތައްތަކާ ހެދި ފޯމަށް އަސަރުކޮށް، އެންމެ ފަހުން ޓީމުގެ ފުރުސަތު ދިޔައީ އެވެ.

ޒެން "ޓާނިއާ": މި ފަހަރުގެ އޮލިމްޕިކްސްގައި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް.

އޭގެ ފަހުން،، ޗިލީ އަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު، އުމުރުން 20 އަހަރުގައި ޓާނިއާ ވަނީ ޕްރޮފެޝަނަލްކޮށް ކުޅުން ހުއްޓާލައިފަ އެވެ. އަދި އޭނާ ވިއްސަކަށް އަހަރު ވަންދެން ޓޭބަލް ޓެނިސް ނުކުޅެ ވެސް ހުއްޓެވެ.

"އެންމެ ކުޑައިރުގައި ވެސް އަހަރެން ގާތުގައި އެންމެ ބޮޑު އުންމީދަކީ ކޮބައިތޯ އެހުމުން އަހަރެންގެ ޖަވާބަކީ އޮލިމްޕިއަނަކަށް ވުމޭ. މިއީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ހުވަފެން،" އޮލިމްޕިކް ވިލެޖްގައި ހުރެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޓާނިއާ ބުންޏެވެ.

ޗިލީ އަށް ބަދަލުވުމަށް ފަހު، 2003 ވަނަ އަހަރު ޓާނިއާ ކޮންމެވެސް ވަރަކަށް ވާދަވެރި ޓެނިސް ކުޅެން ފެށި އެެވެ. އެއީ، އެއިރު، 13 އަހަރުގެ ދަރިފުޅު ޓޭބަލް ޓެނިސް އަށް ޝައުގުވެރިކަން ބެހެއްޓުމުގެ ވިސްނުމާ އެކުގަ އެވެ.

އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު، ޓާނިއާ އެނބުރި އިންޓަނޭޝަނަލް ލެވަލަށް ދާން ޕްރޮފެޝަނަލް ކުޅުމަށް އައީ، ކޮވިޑް-19 ޕެންޑަމިކް ތެރޭގަ އެވެ. އެ އަށް ފަހު، ވަރުގަދަ އަށް އަލުން ކުޅުން ފަށައި، ޗިލީގައި އޭނާ ޓޭބަލް ޓެނިހުން ކުރިއަށްދާން ފުރުސަތު ފަހިވުމުން، ބޭނުންހިފީ އެވެ. ތިރީސް ފަސް އަހަރު ޗިލީގައި ދިރިއުޅެފައިވާ ޓާނިއާ ވަނީ ދާދި ފަހުން، ޕޭން އެމެރިކަން ގޭމްސްގައި ޗިލީ އަށް ލޯ މެޑަލް ހޯދައިދޭން އެހީވެފަ އެވެ.

ޓޭބަލްޓެނިހުން މި ވަގުތު ދުނިޔޭގެ ރޭންކިންގައި 151 ވަނައިގައި އޮތް ޓާނިއާ އަށް މި ފަހަރުގެ އޮލިމްޕިކްސްގައި ކޮންމެ ނަތީޖާއެއް ނުކުތަސް ފަރުވާލެން ނެތެވެ. ދެކުނު އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ވުމުގެ ފަހުރު އޭނާ އަށް މާ ބޮޑެވެ.

ޓާނިއާގެ އާއިލާ ޗައިނާގައި ދިރިއުޅޭއިރު، އޭނާ އަށް އާއިލާ މީހުންގެ ފަރާތުން ލިބިފައިވާ ނަމަކީ، "އޮލިމްޕިކް ގްރޭންޑްމަދާ (އޮލިމްޕިކް މާމަ)" އެވެ.

ޓާނިއާ އޮލިމްޕިކްސް ހުވަފެން ހަގީގަތަކަށް ވުން އެއީ، އޭނާގެ ބޭބެ އާއި 92 އަހަރުގެ ބައްޕަ އަށް ވެސް ހަޔާތުގައި ލިބިގެންދިޔަ ބޮޑު އުފަލެކެވެ.

މަސްދަރު: ސީއެންއެން/ސީބީއެސް ސްޕޯޓްސް

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox