ޕޮއިޒްގެ އިވެންޓު ކާމިޔާބުކަމާއެކީ ނިންމާލައި، ނަސީބުވެރިޔާ ހޮވައިފި

ޕޮއިޒްއިން ކުރިއަށް ގެންދިޔަ އިވެންޓުގެ ތެރެއިން: އިވެންޓުގެ ލަކީ ޑްރޯގެ ނަސީބުވެރިޔާ ވަނީ ހޮވާފައި -- ފޮޓޯ އަތޫފް އާތިފް / އަދަދު

ޕޮއިޒްއިން ކުރިއަށް ގެންދިޔަ އިވެންޓުގެ ތެރެއިން: އިވެންޓުގެ ލަކީ ޑްރޯގެ ނަސީބުވެރިޔާ ވަނީ ހޮވާފައި -- ފޮޓޯ އަތޫފް އާތިފް / އަދަދު

ޕޮއިޒްއިން "އޭން އިވްނިން ވިތު ޕޮއިޒް" ގެ ނަމުގައި މިދިޔަ ދެ ދުވަހު ބޭއްވި ކާމިޔާބުކަމާއެކީ ނިންމާލައި، ލަކީ ޑްރޯގެ ނަސީބުވެރިޔާއާ އިނާމު ހަވާލުކޮށްފި އެވެ.

ސެމްސަންގް ގެލެކްސީ S23 ފޯނު ލިބޭ ލަކީ ޑްރޯގައި ބައިވެރިވާން ފުރުސަތު ލިބުނީ އިވެންޓުގެ ތެރެއިން ވިޔަފާރިކޮށްގެން ސެންޓުފުޅިއެއް ގަތް މީހުންނަށެވެ. އެގޮތުން ގުރުއަތުން ހޮވިގެން އެ ފޯނު ލިބުނީ އައިމިނަތު ޖުމާނާ އަށެވެ.

އިވެންޓުގައި ޕޮއިޒްއިން ވިއްކާ 12 ބްރޭންޑެއްގެ 12 ސްޓޯލު ބެހެއްޓައި، ހުރިހާ އުމުރުފުރާއަކަށް ހާއްސަކޮށްގެން ގޭމްތައް ބޭއްވައި، ހިލޭ އިނާމުތައް ވެސް ވަނީ ބަހާފަ އެވެ.

Advertisement

ޕޮއިޒްގެ އެމްޑީ އިލްޔާސް މުހައްމަދު "އަދަދު" އަށް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ބާއްވާ މި އިވެންޓަކީ އެ ފިހާރައިން ވިއްކާ އުފެއްދުންތައް އެއްތަނަކުން ދައްކާލައި، ވީހާވެސް ގިނަ ބަޔަކަށް ތަޖުރިބާކޮށްލަން ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި އިވެންޓެއް ކަމަށެވެ.

ޕޮއިޒްއިން އަންނަނީ ނަން މަޝްހޫރު ޕާފިއުމްސްއާއި ސްކިން ކެއާ އަދި ހެއާ ކެއާގެ އޮރިޖިނަލް އުފެއްދުންތައް ވިއްކަމުންނެވެ.

ޕޮއިޒްއިން އަންނަނީ މިދިޔަ އަހަރުން ފެށިގެން އެ އިވެންޓު ބާއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައި ވަނީ އެ އިވެންޓު ކާމިޔާބުކަމާއެކު ބާއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

Newsletter

Get the latest news delivered straight to your inbox