މޯލްޑިވިއަން އިން އޭ-330 ބޯޓުގެ ދަތުރުތައް ނޮވެމްބަރު މަހު ފަށަނީ

އޭ 330-200 ގެ މަތިންދާ ބޯޓެއް ކުއްޔަށް ހިފުމަށް، އައިލެންޑް އޭވިއޭސަން ސާވިސް (އައިއޭއެސް) އާއި ޓްރޯނޯޑް އާ އެކު އިއްޔެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އައިއޭއެސް

އޭ 330-200 ގެ މަތިންދާ ބޯޓެއް ކުއްޔަށް ހިފުމަށް، އައިލެންޑް އޭވިއޭސަން ސާވިސް (އައިއޭއެސް) އާއި ޓްރޯނޯޑް އާ އެކު އިއްޔެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އައިއޭއެސް

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ޓްރޫނޯޑް ކުންފުންޏާ އެކު އިއްޔެ ވި އެއްބަސްވުމުގެ ދަށުން ގެންނަ ފުރަތަމަ އެއާބަސް އޭ 330-200 މަތިންދާބޯޓުގެ ދަތުރުތައް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަރުގެ ރަސްމީ ޖަލްސާގައި ޒުވާނުންގެ މަރުކަޒުގައި ރޭގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އައިއޭއެސް އިން ގެންނަ ބޯޓު ޗައިނާ އާއި އެނޫން ބައެއް ދުރު މަންޒިލުތަކަށް ދަތުރު ކުރާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ސޮއި ކުރީ އެއާބަސް އާ އެކީގައި، އޭ 330 ވައިޑްބޮޑީ އެއާކްރާފްޓެއް ހޯދީ، އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ލިޔެފައި އޮތް އެއްކަންތައް، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، އޭރުން ނޮން ސްޓޮޕް ޑައިރެކްޓް ފްލައިޓްތައް ޗައިނާގެ އެތައް ޑެސްޓިނޭޝަނަކާއި އަދި ދުރު އެހެން ދިމަދިމާލަށް ވެސް ޓޫރިޒަމް ފުޅާ ކުރެވިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

ރައީސް ވިދާޅުވީ އާ މަތިންދާ ބޯޓުގެ ދަތުރުތަކުގެ ސަބަބުން، ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ދެ މިލިއަން ޓޫރިސްޓުންގެ ޓާގެޓަށްވުރެ ވެސް އިތުރަށް ޓޫރިސްޓުން ނެގެވޭނެ ކަމަށެވެ.

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތާއި ބޭހޭ ގޮތުން ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

"މި އަހަރު ތެރޭގައި އިރާދަ ކުރެއްވިއްޔާ އޭރޯ ބްރިޖު ތަކުގެ ގިނަ ބްރިޖުތައް ބޭނުން ކުރަން ފެށުން އަމާޒަކީ. އިރާދަ ކުރެއްވިއްޔާ އެކަން ވާނެ. ދެން އަންނަ އަހަރު މެދަކާ ހަމައަށް ދާއިރު، އެއްކޮށް ނިންމާލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އެއާބަސް އާއެކު ސޮއި ކުރި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އައިއޭއެސް އިން އޭ 330-200 މަތިންދާބޯޓެއް ކުއްޔަށް ހިފުމަށް އިއްޔެ ސޮއިކުރީ މަތިންދާބޯޓު ކުއްޔަށް ދޫކުރުމުގެ ވިޔަފާރި ކުރާ ޓްރޫނޯޑް އާއެކު އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރިކަން އިއުލާނު ކުރުން ފިޔަވާ، އެއްބަސްވުމާ ބެހޭ ތަފްސީލެއް އައިއޭއެސް އިން ހާމައެއް ނުކުރެ އެވެ.

އައިއޭއެސް އިން އޭ 330-200 މަރުކާގެ ބޯޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެއީ ގިނަވެގެން 406 ސީޓު ހަރުކުރެވޭ، 7،250 ނޯޓިކަލް މޭލުގެ ދުރުމިނުގެ މަންޒިލުކަތަށް ދިގު ދަތުރުތައް ކުރުމުގެ ގާބިލުކަން ހުރި ބޯޓެކެވެ. އޭގެ ބޯޓެއްގެ މަހު ކުއްޔަކީ ގާތްގަނޑަކަށް 250،000 ޑޮލަރެވެ.

އައިއޭއެސް އިން ވަނީ ބޯއިން 8-787 (ޑްރީމްލައިނާ) ގެ މަތިންދާ ބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ވެސް ޖެނުއަރީ މަހު އިއުލާނެއް ކޮށްފަ އެވެ. އަދި އޭ-319 ނުވަތަ އޭ-320 މަރުކާގެ އެއް ބޯޓު ހޯދުމަށް ވެސް މި އަހަރުގެ މޭ މަހު އިއުލާނު ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox