ގޮތެއް ފޮތެއް ނެތެނީ ފޮތާއި ގޮތާ ދުރަށް ދެވޭތީ

ގޮތެއް ފޮތެއް ނެތެނީ ފޮތާއި ގޮތާ ދުރަށް ދެވޭތީ

މިހަފުތާގައި އަޅުގަނޑަށް ވަރަށް ގަބޫލުކުރެވޭ ވާހަކައެއް މިރާއްޖޭގެ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވެފައިވަނީ ދިވެހިންގެ ތެރޭގައި އޮތީ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުނުކުރުމުގެ ސަގާފަތެއްކަމަށެވެ. ކަމަކަށް ސަގާފަތޭ ބުނަނީ އެކަމެއް އެބައެއްގެ އާދައެއްގެ ގޮތުގައި ހިފައި، އެބަޔަކު އުޅެން އޮތް އާންމު އުސޫލަކީ އެއީ ކަމުގައިވީމަ އެވެ. ރާއްޖޭގެ ހޯމް މިނިސްޓަރު އެގޮތަށް ވިދާޅުވީމާ އެވާހަކަ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް ވެސް ފެންނަމުންދާ މަންޒަރުތަކުންނެވެ. އަދި އިވޭ އަޑުތަކުންނެވެ. އެހެންނޫނަސް ހޯމް މިނިސްޓަރަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ވެރިޔާކަމަށްވެސް ވިޔަތީ އެވެ. ފެންނަ މަންޒަރާއި އިވޭ އަޑުތައް އަޅުގަނޑަށްވުރެ ގައިމު ގިނަވެސް ވާނެތާ އެވެ.

މިކަމާމެދު އަޅުގަނޑަށް ވަރަށް ބޮޑަށް ވިސްނާފިކުރުހިންގާން ޖެހުނެވެ. އެހާ ބޮޑަށް ފިކުރު ހިންގާންޖެހުނު ކަމަކީ އަހަރެމެން ހަނދާން ހުންނަ އުމުރަށް އަޅައިގަތްއިރު، އެއީ ރައީސް މައުމޫނުގެ ދުވަސްވަރެވެ. އޭރަކު މިހާރުހާ އިލްމުވެރިން ގިނައެއް ނޫނެވެ. އަދި އެދުވަސްވަރަކީ އިލްމުވެރިންނަށް ވާހަކަދައްކާ ދީނީ ދަރުސްދިނުން މިހާ ފުޅާކޮށް ތަނަވަސްކޮށް އޮތް ދުވަސްވަރެއް ނޫނެވެ. އެކަމަކު އޭރުގެ މުޖުތަމައުގައި މީހުން ގާނޫނާއި ގަވާއިދަށް ބޯލެނބުން މިހާރަށްވުރެ މާބޮޑު ތަނުން ވެސް ރަނގަޅުކަމުގައި ފާހަގަކުރެވެ އެވެ. އެކަމަކު މިހާރަށް ބަލާފައި ދަންނަވާނަމަ ދީނީ އިލްމުވެރިންގެ ތަގުރީރުތަކާއި ދީނީ މައުލޫމާތު ވީ އޭރާ ބަލާއިރު މާބޮޑު ތަނުންވެސް އިތުރުވެފައި ގިނަ އެވެ. މިވަނީ އަޅެ ކިހިނަކުންބާވަ އެވެ؟

ޝައްކެތް ނެތެވެ. ގޮތެއް ފޮތެއް ނެތުމުގެ ސަގާފަތަކާ ދިމާއަށް ދިވެހިންނަށް ދެވެމުންދަނީ، ފޮތާއި ގޮތާ ދުރަށް ދެވެމުންދާތީ އެވެ. އެކަން ވަރަށް ސާފުކޮށް މާތް ނަބިއްޔާގެ ބަސްފުޅުތަކަށް ބެލުމުން އެނގެ އެވެ. އެދެއެއްޗެއްގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާހިނދަކު މަގުގެއްލިގެންނުދާނޭ ދެއެއްޗެއް ދޫކުރައްވާކަމުގައި މާތް އިތުރު ސާހިބާ ހަދީސް ކުރައްވާފައިވެ އެވެ. މާތް ﷲ ގެ ފޮތާއި އިތުރު އެކަލޭގެފާނުގެ ގޮތުގެ ވާހަކައެވެ.

އައްޝަމްސު ސޫރަތުގެ ފުރަތަމަ އަށް އާޔަތަށް ވަރަށް ފުންކޮށް ނަޒަރުދެއްވާށެވެ! "އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ. އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ. އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ. އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ. އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ. އަދި ނަފުސާއި، އެ ނަފުސު ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. ފަހެ، އެކަލާނގެ އެ ނަފުސަށް ނުބައިގޮތާއި ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވި އެވެ."

ހަމަ މިނޭވާގައި ނިކަން އަވަހަށް އަލްޢަޞްރު ސޫރަތުގެ ތަރުޖަމާވެސް ބައްލަވާލައްވާށެވެ. އެސޫރަތުގައި ވަރަށް ބޮޑު ވާހަކައެއް މާތް ﷲ ވަޙީކުރައްވާފައިވަނީ އެންމެ ފަހަރަކު ޒަމާންގަންދެއްވުމަށްފަހުގަ އެވެ. އެކަމަކު މިދެންނެވުނު އައްޝަމްސު ސޫރަތުގައި މާތް ﷲ ގެ ގަންދެއްވުން ހަތް އާޔަތާ ހަމައަށް ހަތްފަހަރު ތަކުރާރުކުރެއްވުނު ސަބަބަކީ މަތިވެރިވެގެންވާ ސަބަބެކެވެ. އެޔަށްފަހު ވަޙީކުރައްވާ އަންގަވާ ބަސްފުޅެއްގެ ވަރުގަދަކަމާމެދު ބުއްދީގެ ނަޒަރުން ވިސްނުމުގެ ތަނަވަސްކަން އިތުރުކޮށް ބޮޑުކޮށްގަންނަންޖެހެ އެވެ.

މާތް ﷲ އައްޝަމްސު ސޫރަތުގެ ފުރަތަމަ ހަތް އާޔަތުން ހަތްފަހަރަށް ގަންދެއްވުން ތަކުރާރުކުރެއްވުމުގައި އިރަށާއި ހަނދަށާއި ދުވާލަށާއި ރޭގަނޑަށާއި އުޑަށާއި ބިމަށް އިޝާރާތްކުރައްވާފައިވާއިރު، އެ އިޝާރާތްކުރައްވަނީ ވަކި ތަރުތީބަކުން ވަކި ނިޒާމަކުން..، އާދެ "ގޮތާއި ފޮތުގެ މަތީގައި" މާތް ﷲ ލައްވާފައިވާ މިކާއިނާތުގެ ފުރިހަމަ ނިޒާމަށެވެ. އަށްވަނަ އާޔަތުގައިވާ ބޮޑު ހަގީގަތް އެބަޔާން ކުރައްވަނީ އޭގެ ފަހަށެވެ. އެވަހީކުރައްވާ އަންގަވަނީ އެވެ. ހެޔޮނުބައި ދެނެގަތުމުގެ ވިސްނުން ނަފުސުގައި ލައްވާފައިވާ ވާހަކަ އެވެ. އާދޭހެވެ! އެއީ ސަލާމަތް ފިތުރަތުގެ ތަބީއަތުގައި ހަމަ ކޮންމެ ނަފުސަކަށްމެ ހެވަކީ ކޮބައިކަން ނުބަޔަކީ ކޮބައިކަން އަމިއްލަ ވިސްނުމުން ދެނެގަތުމުގެ ބާރު މާތް ﷲ ލައްވާފައިވާކަމުގެ ބޮޑު ހަގީގަތެވެ.

ފިތުރަތުގެ މިބާރުވެރިކަން ލައްވާފައިވާ އިންސާނުން ދިރިއުޅޭ، އަދި އަމުދުން ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގެ ހާލަތަކީ ގޮތެއް ފޮތެއް ނެތުމުގެ ސަގާފަތެއް އަށަގެންފައިވާ ތަނެއްގެ ގޮތުގައި އޮތްނަމަ، އެކަމަކީ އެތަނެއްގައި މާތް ﷲ ގެ ފޮތާއި މާތް ނަބިއްޔާގެ ގޮތުގެ އަސަރުތައް އަށަގެންނެވުމުންނުދާކަމުގެ ހެއްކެކެވެ. އީމާންކަމުގެ އެންމެ އަސާސީ ފިލާވަޅުތަކަށް ވެސް އަހަރެމެން ރޯފިލާފައިނުވާކަމުގެ އަލިގަދަ ދަލީލެކެވެ.

މިދިޔަ ހުކުރު ދުވަހުގެ ލިޔުމުގައި އަޅުގަނޑު ދަންނަވާފައިވާ ފަދައިން މަގުތަކުން މިފެންނަ ހަމަޔެއް ލަމައެއް ނެތް މަންޒަރުތަކަކީ އީމާންކަމުގެ ކުލަ ތަސްވީރެކެވެ. އެލިޔުމުގައި އީމާންކަމާއި ލަދުވެތިކަމާ އޮތް ގުޅުމުގެ މައްޗަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލެވޭތޯ ބަލާފައިވާނެ އެވެ. އަނެއްކާ މިލިޔުމުގައި ހަމަ އެއަޑުން ބާރުލާފައި ދަންނަވާންޖެހޭ ވާހަކައަކީ، ހޯމް މިނިސްޓަރު މިގައުމު އެސިފަކުރެއްވި ގޮތާއި، މާތް ނަބިއްޔުންގެ އެންމެ ފުރަތަމަ ނަބަވީ އިރުޝާދުތަކާ އޮތް ގުޅުމުގެ ވާހަކަ އެވެ.

އެތައް މަގަކުން ރިވާވެގެންވެ އެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. "އެންމެ އިހުގެ ނަބަވީ އިރުޝާދުތަކުގެ ތެރެއިން މީސްތަކުން ދެނެގަނެފައިވާ ކަންކަމުގެ ތެރެއިން ހިމެނިގެންވެއެވެ. ކަލޭ ލަދުވެތިނުވާނަމަ ބޭނުން ކޮންމެ ކަމެއް ކުރާށެވެ!" މިއެވެ.

މި ހަދީސްގެ ޝަރަހައިގައި އިމާމް ނަވަވީ ވިދާޅުވެފައިވެ އެވެ. ކަލޭ ކަމެއް ކުރަން ބޭނުންވާހިނދު، ވިސްނާށެވެ! އެކަމެއް ކުރުމުން ﷲ އާއި މީސްތަކުންގެ ކިބައިން ލަދުގަންނަން ނުޖެހޭނަމަ އެކަމެއް ކުރާށެވެ! އެހެންނޫނީ ނުކުރާށެވެ! މުޅި އިސްލާމްދީން އޮތީ މި ނާރެހުގެ މަތީގައެވެ. އެކަން ދެނެގަނެވޭ ގޮތަކީ، އަމުރުވެވިގެންވާ ކަންކަމަކީ ވާޖިބު ކަންކަމެވެ. ކުރުން އެދެވިގެންވާ ސުންނަތް ކަންކަމަކީ އެކަންކަން ދޫކޮށްލުމަށް ލަދުވެތި ކަންކަމެވެ. އަދި ނަހީކުރެވިގެންވާ ކަންކަމަކީ ހަރާން ކަންކަމެވެ. މަކްރޫހަ ކަންކަމަކީ އެކަންކަން ގެނެސްގަތުމަށް ލަދުވެތި ކަންކަމެވެ. ހުއްދަ ކަންކަމަކީ އެކަންކަން ގެނެސްގަތުމަށް ލަދުވެތިވުން ހުއްދަ ކަންކަމެވެ. އަދި އެކަން ދޫކޮށްލުމަށް ލަދުވެތިވުންވެސް އެފަދައެވެ. އެހެންވީމާ މި ހަދީސްއަކީ އިސްލާމީ ފިޤުހުގެ ފަސް ވައްތަރު ހުކުމް ޝާމިލުވެފައިވާ ހަދީހެކެވެ. އަދި އޭގެ މާނައަކީ ތިބާގެ ކިބައިން ލަދުހަޔާތް ނެތިގޮސްފައިވާނަމަ، ބޭނުންކަމެއް ކުރާށޭއެވެ. އެޔަށް ޖަޒާދެއްވާނީ މާތް ﷲ އެވެ. އޭގައި ވަނީ ލަދުވެތިކަމުގެ މުހިންމުކަމުގެ ބޮޑުކަމަށް ކުރެވޭ އިޝާރާތެކެވެ. އަދި ހަދީސްގެ މާނައަކީ ލަދުވެތިކަން ނުވާ މީހާ ބޭނުންކަމެއް ކުރާނެކަމަށް ކުރައްވާފައި އޮތް ހަބަރެއްގެ ގޮތުގައިވެސް ބުނެވެއެވެ. (މާނައަކީ އެގޮތަށް ބައެއް އިލްމުވެރިން މާނަކުރައްވައެވެ.)

ކޮންމެއަކަސް ތަފުސީލުކޮށް މިދިޔަ ހަފުތާގައި އަޅުގަނޑު ޝަރަހަކުރި ހަދީސްގައި ލަދުވެތިކަމަކީ އީމާންކަމުގެ އެންމެ މުހިންމު އެއްބައިކަމުގައި ބަޔާންކުރެވިފައިވާނެ އެވެ. މިހާރު މި ލިޔުމުގައި މިދެންނެވި ހަދީސްގައި، މިބަޔާންކުރާ ގޮތުގައި ލަދުވެތިނުވާނަމަ ކޮންމެ ކަމެއް ކުރާށޭ! އެއީ ނަބަވީ އެންމެ އެވޭލާ އިރުޝާދުތަކުގެ ތެރެއިން މީސްތަކުން ދެނެގަނެ އެޔަށް އަމަލުކުރަމުން އައިސްފައިވާ މުހިންމު އަސާސީ އުސޫލެކެވެ. ގޮތެއް ފޮތެއް ނެތުމުގެ ސަގާފަތެއް ބަޔަކުގެ ތެރޭގައި އުފެދޭނީ މިދެންނެވުނު އިރުޝާދު އެބައެއްގެ ތެރޭގައި ނެތިފައިވާ މިންވަރަކަށްކަމާމެދަކަށް އަޅުގަނޑުގެ ހިތުގައި ޝައްކެތް ނުހިނގަ އެވެ. އެހެންވީމާ ހޯމް މިނިސްޓަރު އެބަޔާންކުރައްވާ ހާލަތުން އަޅުގަނޑަށް ސިފަވަނީ އަޅުގަނޑުމެންގެ އީމާންކަމުގެ ދަރަޖައިގެ ހާލަތެވެ.

ފަހުގެ ޚަބަރު

މަޝްރޫއުތައް ގުރުބާންކޮށް، ތެލަށް ބަދަލުކުރި 90 މިލިއަން ޑޮލަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ވޯލްޑް ބޭންކާއި އޭޑީބީ މެދުވެރިކޮށް 90 މިލިއަން ޑޮލަރު ހޯދައިފިއެވެ. މީގެ ތެރެއިން ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ އުނިކޮށްގެން ހަމަޖެއްސި ފައިސާއެކެވެ. މި ފިޔަވަޅު އަޅަންޖެހުނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މައްސަލައަކީ ކެރެޓެއް ނޫން، ޑޮލަރު

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ޑޮލަރުގެ އަގުބޮޑުވެ ތަދުވުމުގެ ސަބަބުން ކަމަށްވާއިރު، ސަރުކާރުން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތް ހަގީގީ ހައްލަކީ ޑޮލަރުގެ އަގު ތިރިކުރުން ކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

އިންވެސްޓްމަންޓުގެ ނިވަލުގައި ޒަމާނީ އިސްތިއުމާރު

ރާއްޖޭގައި އިންވެސްޓްމަންޓް ރެސިޑެންސީ ތައާރަފްކުރުމަކީ، ގައުމުގެ ސިޔާދަތާއި ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު ގެއްލި، ޒަމާނީ އިސްތިއުމާރީ ދަންތުރައެއްގައި ޖެހިދާނެ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގެ ކޮރަޕްޝަނާއި ނާޒުކު ތިމާވެށީގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުންފަތް މަނާކުރުން: ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް

ރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުންފަތުގެ ބާވަތްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ހަރުކަށި އުސޫލުތަކަކާއެކު ކޮންޓްރޯލްކޮށްގެން ބޭނުންކުރުމުގެ ނަތީޖާ ބައެއް ގައުމުތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ނިއުޒީލެންޑް، ސްވިޑަން އަދި ޖަޕާން ފަދަ ގައުމުތަކުން ވަނީ ޓެކްސް ބޮޑުކުރުމާއި ވިޔަފާރިކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން، ރާއްޖެއަށް ވެސް ދުނިޔޭގެ މިފަދަ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވިދާނެ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

Newsletter

Get the latest news delivered straight to your inbox