މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މި ސަރުކާރުން ވެސް ވިސްނަނީ ޕާކިން އިމާރާތްތައް އަޅަން

މާލޭ ކާނިވާ ސަރަހައްދުގައި ވެހިކަލްތައް ޕާކުކޮށްފައި: ގްރޭޓާ މާލެ ސަރަހައްދުގައި މާލްޓިސްޓޯރީ ޕާކިން ބިލްޑިން އަަޅާނެކަން ސަރުކާރުން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އަދަދު ފައިލް

މާލޭ ކާނިވާ ސަރަހައްދުގައި ވެހިކަލްތައް ޕާކުކޮށްފައި: ގްރޭޓާ މާލެ ސަރަހައްދުގައި މާލްޓިސްޓޯރީ ޕާކިން ބިލްޑިން އަަޅާނެކަން ސަރުކާރުން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އަދަދު ފައިލް

މާލޭ ސަރަހައްދުގެ މަގުމަތީގައި ހުރި އުޅަނދުތަކުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް، މަގުތައް ހުސްކުރަން މަލްޓިސްޓޯރީ ޕާކިން ބިލްޑިންތަކެއް އަޅަން މި ސަރުކާރުން ވެސް ނިންމައިފި އެވެ.

މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމުގެ މަގުސަދުގައި ސަރުކާރުން ފަށައިގެން އުޅޭ "މާލެ ފަހި" ޕްރޮގްރާމުގެ ދަށުން ޕާކިން ބިލްޑިންތައް އަޅާނީ މާލެ އާއި ހުޅުމާލޭގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވެ އެވެ.

ޓްރާންްސްޕޯޓުން ބުނީ މި ބިލްޑިންތައް އެޅުމުގެ މަގުސަދަކީ މާލެ އާއި ހުޅުމާލޭގެ ހުރިހާ މަގެއްގައި އުޅަނދުތައް ޕާކު ކުރަމުން ގެންދިޔުމުގެ ސަބަބުން މަގުމަތީގައި ރައްކާތެރިކަމާއެކު ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ދުއްވަން ދަތިވެފައިވާތީ ކަމަށެވެ.

އެގޮތުން މަލްޓިސްޓޯރީ ޕާކިން ބިލްޑިންތައް އަޅައި، ފީއެއް ކަނޑައަޅައިގެން ޕާކިން ބިލްޑިންތައް އޮޕަރޭޓް ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މާލެ ފަހި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރެޖިސްޓަރީ ކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލް ކުރުމާއި، ޕަބްލިކް ޓްރާންްސްޕޯޓު ވަސީލަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމުގެ އިތުރުން މަގުތަކަކީ ރައްކާތެރި އަދި ދަތުރުފަތުރާއި ހިނގައި އުޅެން ފަސޭހަ އަމާން ތަންތަނަށް ހެދުމެވެ.

މާލެ ފަހި ޕްރޮގުރާމުގައި ހިމެނޭ ބައެއް ކަންކަން އެ ޕްރޮގުރާމު އިފުތިތާހު ކުރުމުގެ ކުރިން ވެސް ވަނީ ތަންފީޒު ކުރަން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox