މަޝެރާނޯ ބުނީ އޮލިމްޕިކްސްގައި ފެނިގެން އެ ދިޔައީ ލަދުވެތި މަންޒަރެއް ކަމަށް

Jul 25, 2024, 4:57 AM
މަޝެރާނޯ ބުނީ އޮލިމްޕިކްސްގައި ފެނިގެން އެ ދިޔައީ ލަދުވެތި މަންޒަރެއް ކަމަށް

ޕެރިސް (ޖުލައި 25) - ޕެރިސް އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި، އިއްޔެ މޮރޮކޯ އިން 2-1 އިން އާޖެންޓީނާ ބަލިކުރި މެޗުގައި، ފެނިގެންދިޔައީ ލަދުވެތި މަންޒަރެއް ކަމަށް އާޖެންޓީނާ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު، ހަވިއޭ މަޝެރާނޯ ބުނެފި އެވެ.

ހަތަރު ގަނޑިއިރަށް މެޗު ދިގުދެމިގެންދިޔައިރު، ދެ ގަޑިއިރަށް މެޗު މެދުކަނޑާލަން ޖެހުނެވެ. މެޗު މެދުކަނޑާލަން ޖެހުނީ، ނިމެން މަދު ވަގުތުކޮޅަކަށް ވަނިކޮށް މޮރޮކޯ ސަޕޯޓަރުން ދަނޑަށް އެރުމާ ގުޅިގެންނެވެ. އެ ގޮތުން، ސަޕޯޓަރުން ދަނޑަށް އަރަން ޖެހުނީ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 15 ވަނަ މިނިޓްގެ ތެރެއިން ފަހު މިނިޓްތަކުގެ ތެރޭގައި، އާޖެންޓީނާ އިން ލަނޑެއް ޖަހައި، 2-2 އިިން އެއްވަރުކުރުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. ހަމަނުޖެހުމާ ހެދި މެޗު މެދުކަނޑާލަން ޖެހުނުއިރު، އާޖެންޓީނާ އިން އެއްވަރުކުރަން ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، އޮފްސައިޑް އެެވެ. އެެހެންވެ، އެ ގޯލު ބަލައިނުގަތެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފަހު، މެޗު ފުރިހަމަކުރީ ސަޕޯޓަރުން ނުވައްދައި، ހުސް ދަނޑެއްގަ އެވެ.

މެޗަށް ފަހު، މަޝެރާނޯ ބުނީ، އޭނާ އަކީ އަދި ބޮޑު ކޯޗިން ކެރިއަރެއް ނެތް މީހެއް ކަމުގައި ވިޔަސް، ކުޅުމުގެ ކެރިއަރުގައި ވެސް މި ފަދަ ކަމެއް ނުދެކޭ ކަމަށެވެ.

"ކަންކަން ފެނުނީ ވަރަށް ދެރަކޮށް، ސާކަސް އެއް ހެން ދިޔައީ. ލަދުވެތި މަންޒަރުތަކެއް ފެނުނީ. އެކަމަކު، އަހަރެެމެންގެ ކޮންޓްރޯލުން ބޭރު ކަންކަމަށް ވިސްނައިގެން ކުރިއަކަށް ނުދެވޭނެ. ދެން އޮތް ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން ކުރިއަށް ދެވޭތޯ ބަލަންވީ،" ކުޅުންތެރިއެއްގެ ގޮތުގައި، 2004 އާއި 2008 ވަނަ އަހަރު އާޖެންޓީނާއާ އެކު، އޮލިމްޕިކް ފުޓްބޯޅަ އިވެންޓް ކާމިޔާބުކުރި މަޝެރާނޯ ބުންޏެވެ.

އާޖެންޓީނާ އާއި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން ހަަމަނުޖެހުން ހުއްޓުވަން ފުލުހުން ދަނޑަށް އަރަނީ.

މަޝެރާނޯ ބުނީ، ފުރަތަމަ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ވެބްސައިޓުން ފެނުނީ މެޗު ނިމިފައިވާ ކަމަށް ކަމަށާއި އަލުން މެޗު ފަށަން ޖެހޭކަން އެނގުމުން، މި ކަން ކުރުމުގައި ފީފާގެ ލަފާ ވެސް ހޯދަން ބޭނުންވި ކަމަށެވެ.

"ގޭދޮށު މުބާރާތެއްގައި ވެސް ނުފެންނަ ކަހަލަ ކަންތައްތަކެއް މި މެޗުގައި މި ފެނިގެންދިޔައި. މިހެން މި ކަންތައް ވުމަކީ، އޮލިމްޕިކް އަށް ވެސް ހުތުރު ކަމެއް،" މަޝެރާނޯ ބުންޏެވެ.

އާޖެންޓީނާ އިން ހޮނިހިރު ދުވަހު ގްރޫޕްގެ ދެ ވަނަ މެޗުގައި އިރާގާ ބައްދަލުކުރާނެ އެވެ. ދެން، މި ގްރޫޕްގައި އޮތީ ޔޫކްރެއިން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox