މެންޗެސްޓާ (ޖުލައި 25) - މެންޗެސްޓާ ސިޓީގެ ކީޕަރު، އެޑަސަން މޮރާއެސް އެ ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދޭން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ދެކޮޅު ހަދައިފި އެވެ.
އެޑަސަން، 30، ސައުދީ ޕްރޯ ލީގުގެ ކްލަބްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ދާދި ފަހުން، އިނގިރޭސި މީޑިއާތަކުން ވަަނީ ރިޕޯޓްކޮށްފަ އެވެ.
ޕްރީ ސީޒަނުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި، 4-3 އިން ސެލްޓިކް އަތުން ބަލިވި މެޗުގެ ފުރަތަމަ ހާފު ނިމުމުން، އެޑަސަން ވަނީ ބަދަލުކޮށްފަ އެވެ. އެ މެޗަށް ފަހު، ގާޑިއޯލާ ވަނީ އެޑަސަންގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"އަހަރެން ބޭނުން އޭނަ މަޑުކުރަން. އެކަމަކު، މީގެ އެހެން ކްލަބްތަކަކުން ހަދާ ގޮތް ބެލުން ވެސް މުހިންމު އެބަވޭ. އަސްލު ހަގީގީ ހާލަތެއް ނޭނގޭ. ވާހަކައެއް ނުދެކެތާ ދުވަސްތަކެއް ވެއްޖެ، ދެން، މިހާރު ސުވާލަކީ، ޓްރާންސްފާ މާކެޓް ބަންދުވަންދެން، ހާލަތު ބަދަލުވަމުން އަންނަ ގޮތެއް ބެލުން،" ގާޑިއޯލާ ބުންޏެވެ.
އަލް ނަސްރާއި އަލް އިއްތިހާދުން އެޑަސަން އަށް އަންނަނީ ފާރަލަމުންނެވެ.
ބެންފީކާ ދޫކޮށް، 2017 ވަަނަ އަހަރު އެޑަސަން، ސިޓީ އަށް ބަދަލުވީ، 43 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ސިޓީގައި ހޭދަކުރި ހަތް ސީޒަނުގެ ތެރެއިން ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުުކުރި އެވެ.












