ކުރީގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިނަމަ މީގެ ދެމަސް ކުރިން އައްޑޫ ކަރަންޓު މައްސަލަ ހައްލުވީސް: ސައީދު

ފެނަކައިގެ ކުރީގެ އެމްޑީ، އަހުމަދު ސައީދު -- ފޮޓޯ: އަދަދު

ފެނަކައިގެ ކުރީގެ އެމްޑީ، އަހުމަދު ސައީދު -- ފޮޓޯ: އަދަދު

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފުރިހަމަ ޕްލޭނެއް މިދިޔަ ސަރުކާރުގައި އެކުލަވާލައިފައި ވާނެ ކަމަށާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔަ ނަމަ މީގެ ދެމަސް ކުރިން އައްޑޫ ކަރަންޓު މައްސަލަ ހައްލުވީސް ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އާ ގުޅޭގޮތުން ސައީދު "އަދަދު" އަށް ވިދާޅުވީ ކުރީގެ މެނޭޖުމެންޓުން އެކުލަވައިލި ޕްލޭނުގެ ލިޔެކިޔުންތައް ފެނަކަ އާއި ފިނޭންސް މިނިސްޓަރީގައި ހުންނާނެ ކަމަށެވެ.

"ގެންނަންޖެހޭ އިންޖީނުތައް ގެނައުމަށް ވާޓްސިލާ ކުންފުންޏާއެކު އެއްބަސްވުމަކާ ހަމައަށް ވާނީ އާދެވިފައި، އެ މަގުން މަސައްކަތް ކުރިނަމަ މެއި 2024 ގައި އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ކުރިއަށް އޮތް 50 އަހަރަށް ހައްލުވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.

ވާޓްސިލާ ކުންފުންޏަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރުސެޓު އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕެކެވެ.

އައްޑޫއަށް ކަރަންޓުގެ މައްސަލަތަކެއް ކުރިމަތިވެ ހިދުމަތައް ބުރޫއަރާފައި ވަނީ މިއަހަރު ފެށުނުފަހުންނެވެ. މިއަދާ ހަމައަށް ވެސް އައްޑޫއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކުންފުންޏަށް އެ މައްސަލަތައް ހައްލު ކުރެވިފައެއް ނުވެ އެވެ.

އައްޑޫ ކަރަންޓުގެ މައްސަލަ އާ ގުޅިގެން ސައީދު ވިދާޅުވީ "އައްޑޫސިޓީގެ އަދުގެ ކަރަންޓު ހާލަތަށް ރިއާއަތްކޮށް ކޮންމެ ފަދަ އަގެއްގައި ނަމަވެސް އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލު ކުރުމަކީ ދިވެހި ދައުލަތަށް ލާޒިމު ކަމެއް،" ކަމަށެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓުގެ މައްސަލަތަކެއް ކުރިމަތިވީ އައްޑޫގައި މިހާރު ހަރު ކުރެވިފައި ހުރި ޖެންސެޓުތަކުގެ ތެރެއިން، 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އައްޑޫއަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފައްދަން ދަތިތައް ކުރިމަތިވުމުން ކަމަށެވެ.

އެ އިންޖީނަށް ބޭނުންވާ ސްޕެއާއަކީ ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ސްޕެއާއަކަށް ވުމުން، އެ ސްޕެއާ ހޯދައި އިންޖީނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ފެނަކައިން އެހެން ބުނި ނަމަވެސް އައްޑޫގެ ރައްޔިތުންނާއި އެ ސިޓީގެ ކައުންސިލުން ވަނީ ފެނަކައިން ދައްކަނީ ހުސް ބަހަނާކަމަށް ބުނެ ފާޑުކިޔައިފަ އެވެ.

އެގޮތުން އައްޑޫ ސިޓީގެ މޭޔަރު ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ފެނަކައިގެ މިހާރުގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އާ ހަވާލު ކުރީ ފެނަކަ އޮޑިޓު ކުރަން ނޫން ކަމަށާއި ފެނަކަ ހިންގަން ކަމަށެވެ. ނަމަވެސް މުއާޒްގެ ފަރާތުން ފެންނަނީ ހުސް ބަހަނާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މަނިކުފާން ހަވާލުވީ ފެނަކަ ހިންގަވަން. އައްޑޫގައި އަޅަން ފަށާފައިވާ ޕަވާ ހައުސް ނިންމަވައި ޖެނެރޭޓަރު ގެންނަވާ. ފައިސާ ހޯދަން އެނގެންވާނެ. ސަރުކާރުން ފައިސާ ލިބޭނެ. ނޭގޭނަމަ ކުރީގެ އެމްޑީ ސައީދުގެ މަޝްވަރާ ހޯއްދަވާ،" ނިޒާރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox