އެއާ އެރޭބިއާއިން އޮކްޓޯބަރުގައި ރާއްޖެއަށް ދަތުރުތައް ފަށަނީ

އެއާ އެރޭބިއާގެ ފްލައިޓެއް: އެ އެއާލައިނުން އޮކްޓޯބަރު މަހު ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ޝަޓާލޮކް

އެއާ އެރޭބިއާގެ ފްލައިޓެއް: އެ އެއާލައިނުން އޮކްޓޯބަރު މަހު ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ޝަޓާލޮކް

ޔޫއޭއީގެ އެއާ އެރޭބިއާއިން އަންނަ އޮކްޓޯބަރު މަހު ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފި އެވެ.

އެ އެއާލައިނުން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު، 27 އިން ޔޫއޭއީގެ ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓުން މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އެއާ އެރޭބިއާގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ A320 ގެ ބޯޓެއް ބޭނުން ކޮށްގެން ކަމަށާއި ރާއްޖެއަށް ދަތުރުތައް ފެށުމަކީ އެ އެއާލައިނަށް ލިބޭ އުފަލެއް ކަމަށެވެ.

"އެއާ އަރޭބިއާއިން އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަކީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައި އޮޕްޝަންތައް ދިނުމަށް،" އޭނާ ވިދާޅުވި އެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ޑިމާންޑަށް ބެލުމަށްފަހު ދުވާލަކު އެއް ފްލައިޓު ބާއްވާ ގޮތަށެވެ.

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް ކޮންމެ އަހަރަކު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖެއަށް އެކި މަންޒިލްތަކުން އަންނަ ފަތުރުވެރިން ވެސް އަންނަނީ މަހަކަށްވުރެ މަހެއް އިތުރުވަމުންނެވެ.

އެއާ އަރޭބިއާއިން އަންނަނީ ޕާކިސްތާން، ނޭޕާލް، މޮރޮކޯ، ޖޯޑަން، އިޖިޕްޓު، އަރްމޭނިއާއަށް ދަތުރު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

Newsletter

Get the latest news delivered straight to your inbox