މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ޕޮއިޒް ޕްރިމިއަމްއިން ރާއްޖެއަށް ތައާރަފްކުރި "އަފްނާން" ބްރޭންޑްގެ ޕާފިއުމްއަކީ ޒުވާނުންގެ މެދުގައި މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ މަގުބޫލު ބްރޭންޑެކެވެ. އަފްނާން ޕާފިއުމްއަށް ދިވެހިން މެދުގައި އޮތް ތަރުހީބު ބޮޑުކަމުން، ޕޮއިޒް ޕްރިމިއަމްއިން ވަނީ އެ ބްރޭންޑުގެ އެކި ސެންޓުތައް އިތުރުކޮށްފަ އެވެ.
ކޮންމެ މީހަކު ވެސް ސެންޓެއް ގަންނަން ބަލާއިރު އެންމެ ބޮޑަށް ނަޒަރު ހިންގާނީ ގިނައިރު ވަސް ހިފަހައްޓާ މީރު ވަސް ދުވާ ސެންޓަކަށެވެ. ޕޮއިޒް ޕްރިމިއަމްއިން ވިއްކާ ޔޫއޭއީއިން އުފައްދާ އަފްނާން ބްރޭންޑުގެ ސެންޓަކީ ގިނައިރު ވަސް ހިފަހައްޓާ ދުނިޔޭގައި ނަން މަޝްހޫރު ސެންޓެކެވެ.
އަފްނާން 9PM ބްލެކް (100ML)
ބާޒާރަށް 2020 ގައި ނެރުނު އަފްނާން 9PM ބްލެކްއަކީ މިހާރު ޒުވާނުން ތެރޭގައި އެންމެ މަގުބޫލު އެއް ސެންޓެވެ. އެ ސެންޓުފުޅިއަށް ބަލާލިއަސް މީގެ ތަފާތުކަން އެނގިގެންދެ އެވެ. އަށް ގަޑިއިރާއި 12 ގަޑިއިރާއި ދެމެދު ހިފަހައްޓާ އެ ސެންޓުން ދުވަނީ އެންބާ ވެނީލާގެ ވަހެވެ.
ކުޑަ ދުވަސްކޮޅެއް ތެރޭގައި މަޝްހޫރުކަން ހޯދާފައިވާ އެ ސެންޓުގެ ޓޮޕް ނޯޓްސްތަކުގައި އެޕަލް، ސިނަމަން، ވައިލްޑް ލެވެންޑާ، ބާގަމޮޓް ހިމެނެ އެވެ.
9PM ބްލެކްގެ އިތުރުން އެ ސީރީޒްގައި 9AM ޑައިވް، 9PM ޕާޕަލް، 9AM ޕިންކްއިން ސެންޓުން ވެސް ހިތްގައިމު ވަސްތައް ދުވަ އެވެ.
އަފްނާން ސުޕަމެސީ - ނޮޓް އޮންލީ އިންޓެންސް (100ML އަދި 150ML)
އަފްނާން ސުޕަމެސީ ނޮޓް އޮންލީ އިންޓެންސްއަކީ ފުޅީގެ ފޮއްޓަށް ބަލާލިޔަސް ވަރަށް ކޮލިޓީ ސެންޓެއްކަން އެނގެ އެވެ. ހިތްގައިމު ލަގްޒަރީ އެ ސެންޓަކީ ފިރިހެނުންނަށް ހާއްސަ ކުރެވިފައިވާ ސެންޓެކެވެ.
ބާޒާރަށް 2021 ގައި ނެރުނު އެ ސެންޓުގެ ޓޮޕް ނޯޓްސްތަކުގެ ތެރޭގައި ބްލެކް ކަރަންޓް، ބާގަމޮޓް އަދި އެޕަލް އެވެ.
ސުޕަމެސީ ސީރީޒްގެ އަންހެން ސެންޓުގެ ތެރޭގައި ޕާޕަލް އަދި ޕިންކް ހިމެނެ އެވެ. ފިރިހެން ސެންޓުގެ ތެރޭގައި ސުޕަމެސީ ހެވަން، ސިލްވާ އަދި އޫދު ހިމެނެ އެވެ.
ޒިމާޔާ ފާތިމާ (100ML)
މިދިޔަ އަހަރު ބާޒާރަށް ނެރުނު އަންހެނުންނަށް ހާއްސަ ޒިމާޔާ ފާތިމާ ސެންޓު ފުޅީގެ ފޮށިން ފިނިފެންމަލުގެ ރީތިކަން ފެނިގެންދެ އެވެ. އަދި ސެންޓު ފުޅިން ވެސް ފިނިފެންމަލުގެ އިތުރުން ރީތި އެވެ. އެ ސެންޓުގައި ހުންނަނީ ފްލޯރަލް ވަހެކެވެ.
އެ ސެންޓުގެ ޓޮޕްނޯޓްސްތަކަކީ ރޫބާބް، ގްރޭޕް ފުރުޓް، ބާގަމޮޓް އަދި ނުތުމެގް އެވެ. މިޑިލް ނޯޓްސްތކަކީ ރޯޒް، ޖޭޒްމީން އެވެ. އަދި ބޭސްނޯޓްގައި މަސްކް، ވެޓްރިވާ، ވެނީލާ އަދި އެންބާގްރީސް ހުރެ އެވެ.
ޒިމާޔާ ސީރީޒްގައި އަންހެނުންނަށް ހާއްސަ އޮންލީ ޔޫ އަދި ހަޔާމް ވެސް ހިމެނެ އެވެ.
ޕޮއިޒް ޕްރިމިއަމްއިން ނަން ހުސްކޮށް މަޝްހޫރު ގިނަ ކޮލިޓީ ސެންޓުތައް އަންނަނީ ވިއްކަމުންނެވެ. ސެންޓުގެ އަގުތަކާއި، ވިއްކާ ވައްތަރުތައް އެ ފިހާރައަށް ގޮސްގެން އަޖުމަ ބަލާލުމުގެ ފުރުސަތު އެންމެނަށް ވަނީ ހުޅުވާލާފަ އެވެ.
ރަށްދެބައި މަގު، ބޮޑުފެންވަޅުގެ ކައިރީގައި ހުންނަ ޕޮއިޒް ޕްރިމިއަމްއިން ވިއްކާ އުފެެއްދުންތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަ އެވެ. ގޭގައި ހުރެގެން ވެސް ޕޮއިޒް ޕްރިމިއަމްގެ ސެންޓުތައް އޮންލައިންކޮށް އޯޑަރު ކުރެވެ އެވެ. އަދި އެ ފިހާރައިން ޑެލިވާ ވެސް ކޮށްދެ އެވެ.











