ޒިންމާ އަދާނުކުރާ ނަމަ ގަވަރުނަރު ބޭރުކުރި ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް ވެސް ބޭރުކުރާނަން: އައްބާސް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާ މެންބަރު މުހައްމަދު އައްބާސް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާ މެންބަރު މުހައްމަދު އައްބާސް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ޒިންމާ އަދާނުކުރާ ނަަމަ ޕްރޮސެކިއުޓާ ޖެނެރަލް ވެސް ބޭރުކުރާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންޒާރެއް ދެއްވައިފި އެވެ.

މެންބަރު އައްބާހަކީ ސަރުކާރު ހިންގާ ޕީއެންސީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ މެންބަރެކެވެ. މަޖިލީހުގައި މިހައިތަނަށް ނެގި އެކިއެކި ވޯޓުތަކުގައި އޭނާ ވޯޓު ދެއްވީ ވެސް ޕީއެންސީއާ އެއްކޮޅަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ހުށަހަޅުއްވާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުަސްގައި އައްބާސް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް އަކީ "އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ޕްރޮސެކިއުޓާ ޖެނެރަލެއް ނޫން" ކަމަށެވެ. އެއީ "ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިސްބޭފުޅުންގެ ޕްރޮސެކިއުޓާ ޖެނެރަލެއް ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅާ ވެސް އެބަ ޖެހޭ އެ ބޭފުޅާގެ ގާނޫނީ ޒިންމާ އަދާކުރަން. އަދާނުކުރެއްވެންޏާ މިހާރުން މިހާރަށް އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގަންނަވަންވީ. އެހެންނޫނީ ގަވަރުނަރު ބޭރުކުރި ގޮތަށް އަޅުގަނޑުމެން ބޭރުކުރާނަން، އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.

ރައްޔިތުންނަށް އަނިޔާ ވެރިވާ އަދި ރައްޔިތުން އެދޭ ގޮތަށް ކަންތައް ނުކުރައްވާ އެއްވެސް ބޭފުޅަކު މަގާމުގައި ހުންނަވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއަށް ވުރެ ނަޒާހަތްތެރި މަޖިލީހެއް މިއީ،" އައްބާސް ވިދާޅުވި އެވެ.

ވާނުވާ ބަންދުގައި މީހުން ތިބެން ޖެހޭ ޖެހުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެެއީ ރައީސުލް ޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވައިގެން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް އަށް އޮންނަ ބާރުގެ ބޭނުންކޮށްގެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީއަތްތައް ލަސްވާ އެއް ސަބަބަކީ ކޯޓުރޫމްތައް މަދުވުން ކަމަށް ކްރިމިނަލް ކޯޓުން ދާދި ފަހުން ބުނެފައި ވާތީ އެވާހަކައަށް ވެސް އައްބާސް ފާޑުވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox