ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުން އޮންލީ ބޮޑު ދެ މުބާރާތުން ނުފެންނާނެ

ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުން އޮންލީ ބޮޑު ދެ މުބާރާތުން ނުފެންނާނެ

މި ހަފުތާ ކަކުލުގެ އޮޕަރޭޝަން ކުރި ފުޓްސަލް ތަރި، ހުސެއިން ޝަރީފް (އޮންލީ) އަށް ބޮޑު ދެ މުބާރާތުގައި (ގޯލްޑަން ފުޓްސަލް ޗެލެންޖް އާއި ކްލަބް މޯލްޑިވްސް ކަޕްގައި) ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ރާއްޖޭގެ ފުޓްސަލް ކިންގުންގެ ތެރޭގައި ގުނާލެވޭ އޮންލީ އަށް އަނިޔާވީ, ކުޑަ އީދުގައި ށ. މިލަންދޫގައި ކުރިއަށްދިޔަ މުބާރާތެއްގެ ތެރެއިންނެވެ. އެއާ އެކު, އޮންލީ ވަނީ މި ހަފުތާ އަނިޔާ އިން ސަލާމަތްވުމަށް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން އޮންލީ ބުނީ, ޑޮކްޓަރު ލަފާ ދެނީ 7-8 މަސް ކުޅުމާ ދުރުގައި ހުރުމަށް ކަމަށެވެ. އެހެންވެ, ކުރިއަށް ހުރި މުބާރާތްތަކުގައި ނުފެންނާނެ ކަމަށާއި, އެކަމަކު ޓީމާއެކު ހުންނާނެ ކަމަށް އޮންލީ ބުނެފައިވެ އެވެ.

"ޑޮކް ބުނީ 7-8 މަސް ތެރޭގައޭ ކުޅެވޭނީ. އެހެންވެ, ކުރިއަށް އޮތް ގޯލްޑަން ނުކުޅެން ނިންމައިގެން މި ހުރީ. ޓީމާއެކު ހުންނާނީ އެކަމަކު. ގޯލްޑަންގެ ފަހުން ކުޅެން ފަށާނީ. އިންޝާ الله" ގައުމީ ފުޓްސަލް ޓީމާ އެކު، އޭޝިއާ މުބާރާތުގެ ކޮލިފައިންގައި ވެސް ވާދަކޮށްފައިވާ އޮންލީ ބުންޏެވެ.

އޮންލީ ބުނީ ކުލަބް މޯލްޑިވްސްގައި އެޗްޑީސީ ޓީމަށް އަދި ގޯލްޑަންގައި ލ. ގަން ޓީމަށް ދެވޭ އެންމެ ބޮޑަކަށް ސަޕޯޓުދޭނެ ކަމަށެވެ.

ރާއްޖޭގައި ބާއްވާ ގިނަ ފުޓްސަލް މުބާރާތްތަކުގައި އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔަކީ އޮންލީ އެވެ. އޭނާ ވަނީ ރާއްޖޭގައި ބާއްވާ ބޮޑު ހުރިހާ ފުޓްސަލް މުބާރާތެއް ކަހަލަ ގޮތަކަށް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމަށް ދޭ ކިންގް އޮފް ފުޓްސަލްގެ މަގާމު ހޯދާފަ އެވެ.

އޮންލީގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީ އަކީ އޭނާގެ ކެޕްޓަންކަމުގެ ދަށުން, 2022 ވަނަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކަޕް ފެނަކަ ޓީމާއެކު ކާމިޔާބު ކުރުމާއި, އޭގެ ފަހުން 2023 ވަނަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތް ލ. ގަން ޓީމާއެކު ކާމިޔާބު ކުރުމުވެ. އެ ފަހަރުގެ ކިންގް އޮފް ދި ޓޯނަމެންޓަކީ ވެސް އޮންލީ އެވެ.

މި އަހަރު ކުރިއަށްދިޔަ ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް އޮންލީ ހިމެނުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox