ލަފާ ދިނީ ގަވާއިދާ އެއްގޮތަށް، ކައުންސިލް ހިންގާނެ ގޮތް މިނިސްޓަރީއަކަށް ނޭންގޭނެ: މޭޔަރު އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް. އޭނާ ވިދާޅުވީ ކައުންސިލުގެ އެއްވެސް ކޮމެޓީއަކަށް ކަންކަން ނިންމުމުގެ ބާރު ނޯންނަ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް. އޭނާ ވިދާޅުވީ ކައުންސިލުގެ އެއްވެސް ކޮމެޓީއަކަށް ކަންކަން ނިންމުމުގެ ބާރު ނޯންނަ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މާލެ ސިޓީ ކައުންސިލު ހިންގަނީ ލިޔެފައިވާ ގަވާއިދުތަކެއްގެ ދަށުން ކަމަށާއި ކައުންސިލު ހިންގަންޖެހޭ ގޮތް ހައުސިން މިނިސްޓަރީއަށް ނޭންގޭނެ ކަމަށް މާލޭގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިމޭރުމުން ވާހަކަ ދެއްކެވީ ފުލެޓުތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ފާސްކޮށް ބުރާސްފަތި ދުވަހު ހައުސިން މިނިސްޓަރީއަށް ދިން ލަފަޔަކީ ކައުންސިލުން އެކުލަވައިލި ހައުސިން ކޮންސަލްޓޭޓިވް ކޮމެޓީގެ ލަފާ ކަމަށް ގަބޫލު ނުކުރާ ކަމަށް ހައުސިން މިނިސްޓަރީން މިއަދު ބުނުމުންމުންނެވެ.

އާޒިމް "އަދަދު" އަށް ވިދާޅުވީ ސިޓީ ކައުންސިލުގެ "އެއްވެސް ކޮމެޓީއަކީ ނިންމުމެއް ނިންމޭ ކޮމެޓީއެއް ނޫން،" ކަމަށާއި ކޮމެޓީއެއްގެ "ނިންމުން ނިންމުމަކަށް ވަނީ އޭގައި މޭޔަރު ސޮއި ކުރީމާ،" ނުވަތަ ކައުންސިލުގެ "ފްލޯއިން ފާސްކުރީމާ،" ކަމަށެވެ.

Advertisement

"މާލެ ސިޓީ ކައުންސިލް ހިންގާ ގަވާއިދާއި ގާނޫނަކީ މިނިސްޓަރީން ނިންމާ ނިންމުންތަކެއް ނޫން، އެމީހުންނަށް އެހެން ނުވެސް ބުނެވޭނެ، އެމީހުން ބުނާ ގޮތެއް ހަދާކަށް، މިތަނުގައި އެބަހުރި އުސޫލުތަކެއް ހެދިފައި، ދެން އެމީހުން މާދަން ބުނަންވީ ދެއްތޯ މިތަނުން ތިން މީހުން ނަގާފައި އެ ތިން މީހުންގެ ނިންމުމަކީ އޭ ކައުންސިލުގެ ނިންމުމަކީ؟ އެކަހަލަ ބަދު ބަސް ބުނީމަ ކަމަކު ނުދާނެ ދެއްތޯ؟ މިއީ ކުޅޭކުޅޭ ތަނެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހިނގަމުންދާ އިދާރާއެއް ކަމަށާއި ކައުންސިލުތައް ހިންގަންޖެހޭ ގޮތް ގާނޫނުތަކުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި އޮންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

އަދި އެއްވެސް ކައުންސިލެއްގެ "ފްލޯއަށްވުރެ ބާރުގަދަ ތަނެއް ކައުންސިލުގައި ނޯންނާނެ" ކަމަށާއި "ކައުންސިލް ފްލޯއިން ނިންމާ ނިންމުމެއްގެ މައްޗަށް "ބާރު ހިންގޭނެ ބައެއް ކައުންސިލުގައި ނޯންނާނެ،" ކަމަށް އާޒިމް ވިދާޅުވި އެވެ،

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާނު ކުރި ފުލެޓު ލިސްޓުގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލުން ލަފާ ދިނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ލަފަޔާއި އިރުޝާދުގެ ދަށުން ފުލެޓު ލިސްޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށާއި އެ ލިސްޓުގައި ތިބި ފުލެޓު ހައްގުވާ މީހުންނަށް ވީހައިވެސް އަވަހަކަށް ފުލެޓުތައް ހަވާލު ކުރުމަށެވެ.

އަދި ފުލެޓު ލިބޭނެކަމަށް ބުނެ ސަރުކާރަކުން ލިޔުމެއް ހަވާލު ކޮށްފައި ތިބި ބަޔަކަށް އެއްވެސް ސަބަބަކާ ހުރެ ފުލެޓު ނުލިބޭނެ ކަމަށް ކަނޑައަޅާ ނަމަ އެ މީހަކު ކަމާބެހޭ ވުޒާރާއަށް ހާޒިރުކޮށް ފުލެޓު ލިސްޓަށް އޭނާގެ ޝަރުތު ހަމަނުވާ ސަބަބު ކިޔައިދޭން ވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ދިން ލަފާގައި ބުނެފައިވެ އެވެ.

ނަމަވެސް އެއީ ކައުންސިލުން އެކުލަވައިލި ފްލެޓް ކޮންސަލްޓޭޓިވް ކޮމެޓީގެ ލަފައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހައުސިން މިނިސްޓަރީން އެކުލަވައިލި ފުލެޓު އެޑްވައިޒަރީ ކޮމެޓީގެ ކޯޑިނޭޓަރު މިއަދު ވަނީ ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ މިނިސްޓަރީން ސިޓީ ފޮނުވީ ސިޓީ ކައުންސިލުގެ ލަފައެއް ހޯދަން ނޫން ކަމަށާއި ސިޓީގައި އެދިފައި ވާނީ ކައުންސިލް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ "ފްލެޓް ކޮންސަލްޓޭޓިވެ ކޮމެޓީ" ގެ ލަފައެއް ހޯދަން ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓަރީން އިއުލާނު ކޮށްފައި އިންނާނެ ނޫސްބަޔާނެއްގައި ވެސް ސިޓީ ކައުންސިލުގެ މެންބަރުންގެ ތެރެއިން ފަސް މެންބަރުން ހިމެނޭ ކޮމެޓީއެކޭ މި ސްކީމާ ގުޅޭ މައްސަލައިގައި ބައިވެރިވަނީ މި، އެހެންވީމާ ފަސް މެންބަރުންގެ ކޮމެޓީއަކުން ނިންމާ ނިންމުމެއް، މާނައަކީ އެ ބޭފުޅުންގެ ލަފާ، ނިންމުމެކޭ މި ދެންނެވީ، އެ ބޭފުޅުންގެ ލަފާ ރަސްމީކޮށް އެ ކޮމެޓީން މިނިސްޓަރީއަށް އަރުވާނީ،" ފްލެޓް އެޑްވައިޒަރީ ކޮމެޓީގެ ކޯޑިނޭޓަރު ވިދާޅުވި އެވެ.

"މިކަމަށް ލަފާ ދޭން ކަނޑައެޅީ ކައުންސިލުންނެއް ނޫން އިނގޭތޯ؟ ސާފު ކޮށްލަދޭނަން އިނގޭތޯ؟ ކައުންސިލުގެ މެންބަރުންގެ ތެރެއިން ފަސް މެންބަރުން ހިމެނޭ ކޮމެޓީއެއް މިކަމަށް އެކުލަވާލައިފައި ވަނީ އެކަން މިނިސްޓަރީން ނޫސް ބަޔާނެއްގެ ޒަރިއްޔާއިން އިއުލާނު ވެސް ކޮށްފައި ވާނީ،"

އެ ވާހަކަތަކަށް ރައްދުދެއްވައި އާޒިމް ވިދާޅުވީ ހައުސިން މިނިސްޓަރީން އެދުނު ގޮތަށް ހައުސިން ކޮންސަލްޓޭޓިވް ކޮމެޓީއެއް އެކުލަވައިލީ ވެސް ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަކުން ކަމަށެވެ.

ކައުންސިލު ހިންގުމުގެ ގަވާއިދުގައި ބުނާގޮތުން ކައުންސިލުގެ ފްލޯއަށް ހުށަހަޅަން ޖެހެނީ ފައިސާއާ ބެހޭ ކަމެއް ނިންމާ ނަމަ އެކަނި ކަމަށާއި އެ ނޫން މައްސަލަތައް މޭޔަރު ސޮއި ކުރުމުން ނިންމޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން ފުލެޓް ކޮންސަލްޓޭޓިވް ކޮމެޓީން ދިން ލަފާގައި ހަމައެކަނނި މޭޔަރު ސޮއި ކުރި ނަމަވެސް އެ ނިންމުން ރަސްމީ ވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ކައުންސިލު ހިންގާ ގަވާއިދާ އެއްގޮތަށްތާ ކައުންސިލު ހިނގާނީ، އެހެން ނޫނިއްޔާ އަޅުގަނޑު ކޮމެޓީއެއް ނަގައިގެން ނިންމުން ނިންމީމަ ނިމުނީއެއް ނޫންތޯ؟ ކައުންސިލަކީ ކީއްކުރާތަނެއްް؟ ކައުންސިލުގެ ބާރު ކަނޑައިލަންތާ އެ އުޅެނީ، އެހެނެއް ނުހެދޭނެ، ގާނޫނާ ގަވާއިދުގެ ތެރޭގައި އެންމެން ވެސް ތިބެންޖެހޭނީ، އެމީހުން ބޭނުން ނުވާ ގޮތަކަށް ނުނިމުނީމަ އެއީ ކައުންސިލުން ނިންމާފައި އޮތް ނިންމުމެއް ނޫން، ކޮންމެ ގޮތެއްވިޔަސް މީހުންގެ ހައްގުތައް ގެއްލޭ ގޮތަކަށް ކައުންސިލަކަށް ވެސް ނުނިންމޭނެ، މިނިސްޓަރަކަށް ވެސް ނުނިންމޭނެ،" އާޒިމް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox