ރާއްޖޭގެ ބާޒާރުގައި މަގުބޫލުކަން ހޯދާފައިވާ ސިއެރާ ބްރޭންޑްގެ ކޮށި ކުކުޅު ހެޕީމާކެޓުން ތައާރަފްކޮށްފި އެވެ.
ކޮށި ކުކުޅަކީ ހުކުރު ދުވަސް ދުވަހު އެންމެ ޑިމާންޑު ބޮޑު އެއް އުފެއްދުމެވެ. ހުކުރު ދުވަހު މެންދުރު ކެއުންތައް ތައްޔާރުކުރާ އިރު ސިއެރާގެ ކޮށި ކުކުޅު ގަނެފި ނަމަ ވަގުތު ސަލާމަތްވެ، ފަސޭހަވެގެންދާނެ އެވެ.
ޖުމްލަ 2.27 ކިލޯގެ ސިއެރާ ކޮށި ކުކުޅު ޕެކެޓެެއްގައި ބޮޑު ދެ ކުކުޅުގެ މަސް ހުރެ އެވެ. އެއީ ކޮންމެ ކުކުޅެއް ނުވަ ފަޅިއަށް ކޮށައި، ޖުމްލަ 17 ކުކުޅުނު އެތިކޮޅު އެ ބްރޭންޑްގެ ޕެކެޓުތަކުގައި އޮވެ އެވެ.
ހެޕީމާކެޓުން ބުނީ ކުކުޅު ބިރިއާނީ، ކުކުޅު ރިހަ، ޗިލީ ޗިކަފަދަ މީރު ކެއުންތައް ކުޑަ ވަގުތުކޮޅެއް ތެރޭގައި ސިއެރާގެ ކުކުޅުން ތައްޔާރު ކޮށްލެވޭނެ ކަމަށެވެ.
ސިއެރާގެ ކޮށި ކުކުޅު ޕެކެޓް ހެޕީމާކެޓްގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.
ރާއްޖެ އަށް އެންމެ ފުރަތަމަ ފްރޯޒަން ޗިކަން އެތެރެކުރަން ފެށި ހެޕީމާކެޓުގެ ފިހާރާތައް މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގައި ހުރެ އެވެ.










