ލިޔޯންގެ ވެރިޔާ އަށް ޕީއެސްޖީން އިންޒާރުދީފި

Jul 21, 2024, 5:41 AM
ލިޔޯންގެ ވެރިޔާ، ޖޯން ޓެކްސްޓާ: އޭނާގެ ކުންފުނި، އީގަލް ފުޓްބޯލް ހޯލްޑިންސް ގްރޫޕް އަކީ އިންގްލެންޑްގެ ކްރިސްޓަލް ޕެލަސް އާއި ބްރެޒިލްގެ ބޮޓަފޯގޯ ވެސް ހިންގަމުން އަންނަ ކްލަބް.

ލިޔޯންގެ ވެރިޔާ، ޖޯން ޓެކްސްޓާ: އޭނާގެ ކުންފުނި، އީގަލް ފުޓްބޯލް ހޯލްޑިންސް ގްރޫޕް އަކީ އިންގްލެންޑްގެ ކްރިސްޓަލް ޕެލަސް އާއި ބްރެޒިލްގެ ބޮޓަފޯގޯ ވެސް ހިންގަމުން އަންނަ ކްލަބް.

ޕެރިސް (ޖުލައި 21) - ފްރާންސްގެ ކްލަބް، ލިޔޯންގެ ވެރިޔާ، ޖޯން ޓެކްސްޓާ، ބްރެޒިލްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކުގެ މައްސަލައިގައި، އޭނާ އަށް ޕީއެސްޖީން އިންޒާރުދީފި އެވެ.

ބްރެޒިލްގެ މީޑިއާއެއް ކަމަށްވާ ގްލޯޯބޯ އަށް ދިން އިންޓަވިއުއެއްގައި ޓެކްސްޓާ ވިދާޅުވީ، ލިޔޯނުން ފްރާންސްގައި ކާމިޔާބު ހޯދަން ވާދަކުރަން ޖެހޭ ޓީމު ހިންގަނީ ވެރިއެއް ނޫން ކަމަށާއި ގައުމަކުން ކަމަށެވެ.

ޓެކްސްޓާ، އެ އިޝާރާތްކުރެއްވީ ޕީއެސްޖީ އަށެވެ. ޕީއެސްޖީ، 2011 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ، ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް ގްރޫޕަކީ ގަތަރުގެ އިންވެސްޓްމަންޓް އޮތޯރިޓީ (ގަތަރުގެ ސޮވެރިން ފަންޑް)އާ ގުޅުން އޮތް ކުންފުންޏެކެވެ.

ލިޔޯން ހިންގަމުން އަންނަ ޓެކްސްޓާގެ ކުންފުނި، އީގަލް ފުޓްބޯލް ހޯލްޑިންސް ގްރޫޕަކީ، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ކްރިސްޓަލް ޕެލަސްގެ މެޖޯރިޓީ ހިއްސާދާރު ވެސް މެ އެވެ.

ޕީއެސްޖީގެ ޖެނެރަލް ސެކްރެޓަރީ، ވިކްޓޯރިއާނޯ މެލޭރޯ ސޮއިކުރައްވައި، ލިޔޯނަށް ފޮނުވި ސިޓީއެއްގައިވަނީ، ޕީއެސްޖީގެ އަގުވެއްޓޭގޮތަށް ލިޔޯންގެ ރައީސް، ޓެކްސްޓާ ދެއްކެވި ހަގީގަތެއް ނެތް ވާހަކަ ކުށްވެރިކޮށް، އެ ވާހަކަތަކުގެ ސަބަބުން ޕީއެސްޖީއާ ގުޅުން ހުރި އެންމެންގެ އަގުވެއްޓޭފަދަ ހާލަތެއް ކުރިމަތިވެފައިވާ ކަމަށެވެ. ލިޔޯނަކީ ވެސް އެންމެ ރަނގަޅަށް ހިންގާ ކްލަބެއް ނޫންކަން ތަހުގީގީ އިދާރާތަކުގެ ރިޕޯޓްތަކުން ފެންނަން އެބަހުރިކަން އެ ސިޓީގައި ފާހަގަކޮށްފައިވާއިރު، ޕީއެސްޖީގެ އަގުވެއްޓޭގޮތަށް ދެން ވާހަކަ ތަކުރާރުކޮށްފިނަމަ، ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބްރެޒިލްގެ ކްލަބް، ބޮޓަފޯގޯގެ މައި ހިއްސާދާރަކަށް ވެސް ހުންނެވި، ޓެކްސްޓާއާ ދެކޮޅަށް، ޕީއެސްޖީން ގާނޫނީ ފިޔަވަޅު އަޅާއިރު، އެކަން ބްރެޒިލާއި ފްރާންސްގެ ކޯޓުތަކުގައި ވެސް ކުރިއަށްގެންދާނެ ކަމަށް ވިކްޓޯރިއާނޯ ފޮނުއްވި ސިޓީގައިވެ އެވެ.

ފްރާންސްގެ ފުޓްބޯޅައިގެ މާލީ ކަންކަން ތަހުގީގު ކުރުމުގައި، ހަރަކާތްތެރިވާ، ޑީއެންސީޖީން މިދިޔަ އަހަރު ޖުލައި މަހު ނެރުނު މުސާރައިގެ ލިޔެކިޔުންތަކުއް ލިޔޯންގައި ހުރީ އެންމެ ރަނގަޅަށް ނޫންކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ލިޔޯނުން މާލީ ކަންކަން ހަމަޔަކަށް އަޅުވަން ފުރުސަތު ދިނުމުން، މިދިޔަ އަހަރު ޑިސެމްބަރު މަހު، ލިޔޯނުން ވަނީ، ޑީއެންސީޖީން ލަފާދީފައިވާ ގޮތަށް ކްލަބްގެ ބަޖެޓް ހަމަޔަކަށް އަޅުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox