އެމްއައިބީގެ "ފައިސާމޯބައިލް" އަށް ބޮޑެތި އަޕްޑޭޓްތަކެއް ގެންނަނީ

އެމްއައިބީގެ ސީއީއޯ އަދި އެމްޑީ މުފައްދަލް އިދްރިސް ކުމްރީ: އެމްއައިބީގެ ފައިސާމޯބައިލްއަށް ބޮޑެތި އަޕްޑޭޓްތަކެއް ގެންނަން އުޅޭކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އެމްއައިބީގެ ސީއީއޯ އަދި އެމްޑީ މުފައްދަލް އިދްރިސް ކުމްރީ: އެމްއައިބީގެ ފައިސާމޯބައިލްއަށް ބޮޑެތި އަޕްޑޭޓްތަކެއް ގެންނަން އުޅޭކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ "ފައިސާމޯބައިލް" އަށް ބޮޑެތި އަޕްޑޭޓްތަކެއް ގެނެސް، "ފައިސާމޯބައިލް އެކްސް" މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ގެންނަން ނިންމައިފި އެވެ.

އެމްއައިބީން ފައިސާމޯބައިލްއަށް ގެންނަ އަޕްޓޭޑްތައް އިއުލާންކުރީ ބުރާސްފަތި ދުވަހު އެ ބޭންކުން "ބްރޭކިން ބެރިއާސް އިން ބިޒްނަސް ބޭންކިން" ގެ ނަމުގައި ބޭއްވި ހަފްލާއެއްގަ އެވެ.

ފައިސާމޯބައިލް އެކްސް:

އެމްއައިބީން ބުނީ ފައިސާމޯބައިލް އެކްސްގެ ތައާރަފްކުރަނީ ކަސްޓަމަރުންގެ ހިޔާލުތައް ހޯދުމަށްފަހު ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަމަށެވެ.

އެގޮތުން އެޕް މެދުވެރިކޮށް ސްވިފްޓް ޓްރާންސްފާ، ފަވަރަ ޓްރާންސްފާ، ބަލްކް ޓްރާންސްފާ އަދި ޝެޑިއުލް ޓްރާންސްފާ ކުރޭވެނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

"ފައިސާމޯބައިލް މެދުވެރިކޮށް ޕާސަނަލް ކާޑާއި ބިޒްނަސް ކާޑުތައް މެނޭޖްކުރެވޭނެ. ކާޑުތައް އެކްޓިވޭޓްކޮށް ޕިން ބަދަލު ކުރުމަށް ވެސް އެޕުން ފުރުސަތު ލިބޭނެ. އަދި އެކްސްޕެންސް ކާޑަށް ޓޮޕްއަޕްވެސް ކުރެވޭނެ،" އެމްއައިބީން ބުނެ އެވެ.

އެޕް މެދުވެރިކޮށް ފައިސާނެޓުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެކަން ފާހަގަކޮށް އެމްއައިބީން ބުނީ އޭގެއިތުރުން ޕާސެނަލް އެކައުންޓުން ބިޒްނަސް އެކައުންޓަށް ސްވިޗް ކުރެވޭނެ ކަމަށެވެ.

އެޕްގެ ޑޭޝްބޯޑް މެދުވެރިކޮށް ހުރިހާ އެކައުންޓެއް ފެނުމުގެ އިތުރުން، ޕެންޑިން ޓްރާންސެކްޝަންސް އެޕްރޫކޮށް، ކުއިކް އެކްސެސް މެނޫ ކަސްޓަމައިޒް ކުރެވެ އެވެ.

ފައިސާނެޓް އައިޑީ:

ފައިސާނެޓް އައިޑީ މެދުވެރިކޮށް ޑިޖިޓަލްކޮށް އައިޑެންޓިޓީ ވެރިފައިކޮށް، އެޕް މެދުވެރިކޮށް ބިޒްނަސް ކަސްޓަމަރުންނަށް އެކި ރިކުއެސްޓްތަކާއި އެޕްލިކޭޝަންތައް ހުށަހެޅެ އެވެ.

އެމްއައިބީން ބުނީ ކަސްޓަމަރުންނަށް ފައިސާނެޓް އައިޑީ މެދުވެރިކޮށް ކަސްޓަމަރުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށާއި އެ ބޭންކުން މިހާތަނަށް ވެސް ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ފައިސާނެޓް އައިޑީ މެދުވެރިކޮށް ފައިސާމޯބައިލް އެކްސްއަށް ލޮގިން ކުރެވެ އެވެ.

އެޕްތައް ލޯންޗުކުރާއިރު އިތުރު ފީޗާތައް ވެސް ފައިސާނެޓް އައިޑީގެ އިތުރުން ފައިސާމޯބައިލް އެކްސްއަށް ގެންނާނެ ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީން ވަނީ އެ ބޭންކުގެ ބިޒްނަސް އެކައުންޓުތައް ފުލީ ޑިޖިޓަލްކޮށް ހުޅުވޭނެ އިންތިޒާމު ހަމަޖައްސައި، ޝަރިއާ ކޮމްޕްލަޔަންޓް ސްޓްރަކްޗާގެ ދަށުން އޯވާޑްރާފްޓް ކުރެވޭ ގޮތް ހަދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox