ސިޔާސީ ވާހަކައެއް ދެއްކުމުން މޮރާޓާ އާއި ރޮޑްރީ ހޫނުފެނަށް

Jul 20, 2024, 4:21 AM
ސިޔާސީ ވާހަކައެއް ދެއްކުމުން މޮރާޓާ އާއި ރޮޑްރީ ހޫނުފެނަށް

މެޑްރިޑް (ޖުލައި 20) - ސްޕެއިނުން ހަތަރު ވަނަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ބޭއްވި އުފާފާޅުކުރުމުގެ ޕެރޭޑުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން، އަލްވާރޯ މޮރާޓާ އާއި ވައިސް ކެޕްޓަން، ރޮޑްރީ، ސިޔާސީ ހަމަނުޖެހުން އުފެދޭ ފަދަ ވާހަކައެއް ދައްކާފައިވާތީ، ޔުއެފާ އިން އެ މައްސަލަ ބަލަން ފަށައިފި އެވެ.

އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، ސްޕެއިން އިން މި ފަހަރުގެ ޔޫރޯ ކާމިޔާބު ކުރުމަށް ފަހު، މެޑްރިޑްގެ ސިބެލެސް ސްކޮޔާގައި ބޭއްވި ޝޯއެއްގެ ތެރެއިން ރޮޑްރީ ވަނީ ގިބްރޯލްޓާ އަކީ ސްޕެއިން ކަމަށް ބުނެފަ އެވެ. އަދި ރޮޑްރީގެ އެ ވާހަކައަށް ތާއީދުކޮށް، މޮރާޓާ ވަނީ، އެ ތަނަށް އެއްވެ، ތިބި އެތައް ހާސް ސަޕޯޓަރުން ވެސް އެ ޝުއޫރުފާޅުުކުރުމަށެވެ.

ސްޕެއިނުގެ ދެކުނު ބިތުގައި އިންވާ ގޮތަށް އޮތް ގިބްރޯލްޓާ އަކީ 18 ވަަނަ ގަރުނުން ފެށިގެން، އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ތަނަކެެވެ. އެކަމަކު، ސްޕެއިނުން ބުނާގޮތުގައި، އެއީ ސްޕެއިނަށް ނިސްބަތްވާ ތަނެކެވެ. އެހެންވެ، މި ދެ ގައުމުގެ މެދުގައި ވަނީ ސިޔާސީ ހަމަނުޖެހުންތަކެއް ބޮޑުވެފަ އެވެ.

ދާދި ފަހުން، އޭސީ މިލާނަށް ސޮއިކުރި މޮރާޓާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅޭ ރޮޑްރީ އަށް، މި މައްސަލައިގައި ޖަވާބުދާރީވާން ޔުއެފާ އިން ވަނީ އަންނަ އަންގާރަ ދުވަހުގެ ނިިޔަލަށް ފުރުސަތު ދީފަ އެވެ.

ޔުއެފާގެ ފުލް މެމްބަރު ގައުމެއްގެ ގޮތުގައި، 2013 ވަނަ އަހަރުން ފެށިގެން މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ގިބްރޯލްޓާ އިން ވަނީ ސްޕެއިން ކުޅުންތެރިންގެ މި ހަރަކާތް ކުށްވެރިކޮށް، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox