މަގުތަކުން މިފެންނަނީ އަހަރެމެންގެ އީމާންކަމުގެ މިންވަރެވެ.

މަގުތަކުން މިފެންނަނީ އަހަރެމެންގެ އީމާންކަމުގެ މިންވަރެވެ.

"އީމާންކަމުގައި ފަސްދޮޅަސް ނުވަތަ ހަތްދިހަ އެތައް ކަމެއް ހިމެނިފައި ވެއެވެ. އެންމެ މަތީގައިވަނީ މާތް ﷲ ފިޔަވައި އިލާހަކު ނުވާކަމަށް ބުނުމެވެ. އަދި އެންމެ ތިރީގައިވަނީ މަގުމަތީގެ އުނދަގޫތައް ދުރުކުރުމެވެ. އަދި ލަދުވެތި ކަމަކީ އީމާންކަމުގެ ތެރެއިން ބަޔެކެވެ." މިއީ މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެކެވެ. ކުރު ލަފުޒުން ބަޔާންވެގެންވާ ޝާމިލް އެތަކެއް ދޭހަ ނެރުއްވާނެ ގޮތުން ބަސްފުޅު ހަދީސްކުރެއްވުމަކީ މާތް ނަބިއްޔާގެ ބަސްމޮށުންތެރިކަމުގެ ކީރިތި ސިފަފުޅެވެ. މިހަދީސްގެ އަލީގައި ވިސްނުމާއި ފިކުރު ހިންގާލުމުން އެކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.

ހަދީސްގައި އީމާންކަމުގައި ފަސްދޮޅަސް ނުވަތަ ހަތްދިހަ އެތައް ކަމެއްވާކަމުގައި އޮތުމުން ފުރަތަމަ އުފެދޭ ސުވާލަކީ، ފަސްދޮޅަހާއި ހަތްދިހައާ ދެމެދުގައި އޮތް ނުވަތަ އެވެ. ހަދީސް އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ފަސްދޮޅަސް ކަމެއް ހަތްދިހަ ކަމެއް އެދެމެދުގައި އޮތް ހީވުމަކީ މިހަދީސް، މާތް ނަބިއްޔާގެ އަރިހުން ރިވާކުރެއްވި ޞަޙާބީއަށް އަރާފައި އޮތް އޮޅުމެކެވެ. ކޮންމެއަކަސް އެއީ ޔަގީންވާ ގޮތަށް އެބޭކަލަކު ވިދާޅުވާއިރު ގެންނަވާފައިވާ ގޮތް ނަމަވެސް މި ހަދީސްގެ އެހެން ބައިތަކަށް ފިކުރު ހިންގީމާ ވެސް މިބާވަތުގެ ރިދަމްއެއް މުޅި ހަދީސުން ފެނިވަޑައިގަންނަވާނެއެވެ.

ވިސްނަވާށެވެ! ހަތްދިހަ އެތައް ކަމެކެވެ. "އެތައް" މި ލަފުޒަށް އަރަބި ބަހުން އޮތް ބަސްފުޅުގައި ބޭނުންކުރައްވާފައިވާ ލަފުޒުގެ މާނައަކީ ތިނަކުން ފެށިގެން ނުވައަކާއި ދެމެދުގެ ކޮންމެ އަދަދެއް ވެސް މާނަކުރެވޭ ލަފުޒެކެވެ. އެހެންވީމާ އީމާންކަމުގައި ހިމެނެނީ ހަތްދިހަ ތިން ބައިކަމުގައިވެސް، ނުވަތަ ހަތްދިހަ ހަތަރު ބައެއްކަމުގައިވެސް ނުވަތަ ހަތްދިހަ ފަސްބައެއް.......މިހެން ގޮސް ނުވައަކާ ހަމައަށް މިތަނުން ކޮން އަދަދެއްތޯ ސުވާލު އުފެދޭ ގޮތްވާނެއެވެ.

އަދިވެސް ވިސްނަވާށެވެ! އީމާންކަމުގައި ހަތްދިހަ އެތައް ބަޔެއް ހިމެނިފައިވާއިރު، ހަދީސްގައި ބަޔާންކުރައްވަނީ އެންމެ ތިން ކަމެއްގެ ވާހަކައެވެ. ބާކީ ހުރި އެހެން ކަންކަން ބަޔާންކުރައްވާފައި ނުވަނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް އަޅުގަނޑު ކުރިން ދެންނެވި ރިދަމްއަށް ފެތޭގޮތަށް މިހަދީސުން ފާހަގަވާ އިތުރު ކަމެއް ނޫންތޯއެވެ. އަޅުގަނޑު ގަބޫލުކުރާ ހަމައިގައި، މިހަދީސްގެ ފެށުމުގައި ފަސްދޮޅަސް ނުވަތަ ހަތްދިހަ އެފަދައިން އޮތް އޮތުމަކީ ވެސް ހަދީސްގެ ރާވީއަށް އަރާފައިވާ އޮޅުމެއް ނޫނެވެ. އެހެނީ މުޅި ހަދީސް އޮތް ރިދަމްއަކީ މިދެންނެވުނު ފަދައިން ސުވާލު ގިނަ އިންސާނާގެ ސިކުނޑިއަށް ސުވާލުތަކެއް އުފަންކުރުވާނެ ގޮތުގެ މައްޗަށް މުޅި ހަދީސްގެ ކުރިޔާއި ފަހާއި މެދުވެސް ބައްޓަންކުރައްވާފައި އޮތުމެވެ. މާތް ނަބިއްޔާގެ ބަސްފުޅަކީ ކުރު ޖުމުލައިގައި ޝާމިލުވުން ހިމެނިގެންވާ ކީރިތި ﷲ ގެ ވަޙީކަމާމެދަކަށް ޝައްކެތް ނެތެވެ.

ފިކުރު ހިންގަވާށެވެ! އީމާންކަމަކީ ވިސްނުމެއް ފިކުރެއް ހުރި މީހަކަށް މެނުވީ ގެނެސްގަނެވޭނެ ކަމެއް ނޫނެވެ. އަދި ފިކުރުކުރުމާއި ވިސްނުމާއި ނުލައި، އީމާނެއް ނުވެވޭނެއެވެ. އެހެންކަމުން އީމާންކަމުގެ ބައިތައްކަމުގައި ހަދީސްކުރައްވައި، އީމާންކަމާބެހޭ މައުލޫމާތު މާތް ނަބިއްޔާ މިބަސްފުޅުން ދެއްވުމުގައި ގެންގުޅުއްވާފައިވާ އުސްލޫބަކީ ވިސްނާފިކުރުހިންގުމަށް އިންސާނާއަށް މަޖުބޫރުކުރުވުމުގެ އުސްލޫބެވެ. އާދޭހެވެ! މިހަދީސް ވިދާޅުވާ ހަމަ ކޮންމެ ބޭފުޅަކު ވިސްނާފިކުރު ހިންގަންޖެހެއެވެ. ފަސްދޮޅަސް އެތައް ކަމެއްތޯ ނުވަތަ ހަތްދިހަ އެތައް ކަމެއްތޯއެވެ؟ އެ "އެތައް" އެއީ ތިނަކާއި ނުވައަކާއި ދެމެދުން ކޮން އަދަދެއްތޯއެވެ؟ ހަތްދިހަ އެތައް ކަމެއްގެ ތެރެއިން އެންމެ ތިން ކަންތައް ބަޔާންކުރައްވާފައިވާ ބާކީ ބައި ބަޔާންނުކުރައްވާ ދޫކޮށްލެއްވި ސަބަބަކީ ފަހެ ކޮބައިބާވައެވެ؟

ސަބަބު ސާފެވެ. ޤުރުއާނާއި ސުންނަތް ބަލައިގެން އިންސާނާ ކޮންމެވެސް ބާވަތެއްގެ ފިކުރު ހިންގުމުގެ މަސައްކަތެއް ކޮށްގެން ތެދުމަގު ހޯދައިގަތުމެވެ. ކުރިންވެސް ދެންނެވިހެން އެދެއްވާ އިޝާރާތަކީ ބުއްދިއާއި ފިކުރުކުރުން ނެތް މީހަކަށް އީމާނެއް ނުވެވޭނެކަމުގެ މައްޗަށް ކުރައްވާ ބަޔާންކަންބޮޑު އިޝާރާތެކެވެ.

ހަދީސްގައި އީމާންކަމުގެ ތެރެއިން ގިނަ ބައިތައް ބަޔާންކުރެއްވުމެއް ނެތި، ހަމަ އެކަނި އެންމެ ތިން ކަމެއް ބަޔާންކުރައްވާފައި އެވަނީ އެ ތިން ކަމުގެ މުހިންމު ކަމުން ކަމަށް އިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ހަދީސްގެ މުޢުޖިޒާތް ބޮޑުތަނުން ހާމަވާނީ ބަޔާންކުރަމުންމިދާ ހަދީސްގައި ހާއްސަގޮތުން ބަޔާންކުރެއްވި ތިންކަންތައް؛ ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔުމާއި، މަގުމަތީގެ އުނދަގޫތައް ދުރުކުރުމާއި ލަދުވެތިކަމާއި މިތިންކަންތައް އެއްކަމެއް އަނެއް ދެކަންތަކާ ހުރީ ކޮން ގުޅުމެއްކަމާމެދު ބުއްދިކުރުމުންނެވެ.

ﷲ ފިޔަވައި އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށް ބުނުމާއި އެފަދައިން ހެކިވުމުގެ މައްޗަށް އޮތް އިސްލާމީ އަގީގެ މައިގަނޑު އެއް މަގުސަދަކީ ކާއިނާތު އެމައްޗަށް ބިނާވި އެންމެ ބޮޑު ހަގީގަތުގެ މަތީގައި، އިންސާނާގެ ދިރިއުޅުމުގެ ނިޒާމު ގާއިމުކޮށް ތަރުތީބުކޮށްދިނުމެވެ. އަލްއަންބިޔާއު ސޫރަތުގެ 22 ވަނަ އާޔަތް ބައްލަވާށެވެ! " އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) ﷲ މެނުވީ އިލާހުންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ..." ޝަހާދަތުގެ ދެކަލިމައިން ފެށޭ އިސްލާމީ އަގީދާގެ މައިގަނޑު މަގުސަދަކީ، މިދެންނެވުނު ބޮޑު ހަގީގަތާއި އެއްކީލިވެގެންދާނެ ނިޒާމެއްގައި އިންސާނީ ދިރިއުޅުން ތަރުތީބުކުރުމެވެ. އެހެނީ ކާއިނާތުގެ ހަގީގަތްތަކާ ދިމާއިދިކީލިކޮށް ތަރުތީބުކުރެވޭނެ ދިރިއުޅުމެއް، ނެގެހެއްޓޭނެ ނިޒާމެއް ނުއޮންނާނެއެވެ.

ވަކި ތަރުތީބަކުން ވަކި ނިޒާމަކުން ކާއިނާތު ހިނގަމުންދަނީ އެއްކައުވަންތަ ކަލާނގެ ކަނޑައެޅުއްވި ގޮތުންކަމަށްވީހިނދު، އިންސާނާ ދުނިޔޭގައި އުޅެންޖެހޭނީ ވަކި ނިޒާމަކުން ވަކި ތަރުތީބަކުންކަމަށް އޮތުމަކީ ޝަހާދަތުގެ ދެކަލިމައިގެ އެންމެ މުހިންމު އެންމެ އައުލާވެގެންވާ އެއް މަގުސަދެވެ. ވަކި ތަރުތީބަކުން އުޅޭ މީހަކު އާންމު އެންމެން ބޭނުންކުރާން އޮތް މަގުގައި އެހެން މީހުންނަށް ދަތިއުނދަގޫވާނެހެން ތިމާގެ އުޅަނދުތައް ޕާކުކޮށް ހިތުހުރި ދިމާއަކަށް ސަވާރީ ހޫރާލާފައި ހަމަ އެއްވެސް ޖެހިލުމެއް ނެތި ހުންނަނީ ނަމަ އޭނާގެ ލަދުވެތިކަން ވެސް ނެތީނޫންތޯއެވެ؟

އެ ހަދީސްގައި ބަޔާންކުރާ ތިންކަމުގައި މިދެންނެވި ބުގިސް ގުޅުން ހިމެނިފައި އެވަނީ މާތް ނަބިއްޔާގެ މުޢުޖިޒާތަކަށްވާނެ ފަދައިންނެވެ. އަހަރެމެންގެ ތެރެއިން މިސާލެއް ދެއްކުމުގެ ބޭނުމަށް މަގުމަތީގައި ސައިކަލު ޕާކުކުރުމުގެ ވާހަކަ އަޅުގަނޑު ގެނެސްދިނީ ވިސްނާފިކުރު ހިންގާލުމުގެ ފަސޭހައަށެވެ. އާދޭހެވެ! ޝަހާދަތުގެ ދެކަލިމަ ކިޔާ ކިޔުމަކީ ވަކި ތަރުތީބަކުން ވަކި ނިޒާމަކުން އިންސާނާ އުޅުމަށް އޭނާ ހެއްދެވި ފަރާތާމެދު ވެވޭ އެއްބަސްވުމެކެވެ. އެފަދަ ތަރުތީބަކުން އުޅޭ މީހަކު މަގުތަކުން އުނދަގޫތައް ދުރުކުރުމުގެ ބަދަލުގައި، އަނެކުންނަށް ދަތިވާނެ ބީދައިން މަގުތަކަށް އުނދަގޫކަން ގެނެސްގަތުން އާދަޔަކަށް ހަދައިފިނަމަ، އެމީހެއްގެ ލަދުވެތިކަމާމެދު ވެސް ހައިރާންވާންޖެހެއެވެ. މިތިންކަންތައް އެއްކަންތައް އަނެއް ދެކަންތަކާ ގުޅިފައިހުރީ މިފަދަ ދަރަޖައަށް ކަމަށްވީހިނދު، ހަދީސް ބަސްފުޅުގައި ހަތްދިހަ އެތައް ކަމެއްގެ ތެރެއިން މި ތިންކަންތައް ހާއްސަގޮތުން ބަޔާންކުރެއްވީ ސަބަބެއް އޮވެގެންނެވެ.

އެހެނީ މިތިންކަންތަކުގެ މެދުގައިވާ ގުޅުން ދެނެގަނެ، މިތިންކަންތައް އެކުއެކީގައި އެމީހެއްގެ ސިފަތަކުގެ ތެރެއަށް އަށަގެންނުވިއްޖެނަމަ، ޝައްކެތް ނެތެވެ. އީމާންކަމުގެ ބާކީހުރި އެންމެހައި ސިފައެއް އެމީހެއްގެ ކިބައިގައި ހަރުލާފައި ހުންނާނެއެވެ. މިއިން ކަމެއް އުނިވިނަމަ، އެމިންވަރަށް އުނިވެގެންދާނެ ފަދައިންވެސްމެއެވެ. އަޅުގަނޑުމެންގެ މަގުތަކަށް ބެލީމާ މިފެންނަނީ އަޅުގަނޑުމެންގެ އީމާންކަމުގެ ސާފު ކުލަ ތަސްވީރު ނޫންތޯއެވެ؟

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox