އެމްއައިބީގެ ބިޒްނަސް ބޭންކިން ޑިޖިޓަލްކޮށް، އޯވާޑްރާފްޓް ކުރެވޭ ގޮތް ހަދައިފި

އެމްއައިބީގެ ބިޒްނަސް ބޭކިންގެ އިވެންޓުގެ ތެރެއިން: އެމްއައިބީގެ ބިޒްނަސް ބޭކިންގެ އެކައުންޓު ހުޅުވުން ވަނީ ޑިޖިޓަލްކޮށްފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އެމްއައިބީގެ ބިޒްނަސް ބޭކިންގެ އިވެންޓުގެ ތެރެއިން: އެމްއައިބީގެ ބިޒްނަސް ބޭކިންގެ އެކައުންޓު ހުޅުވުން ވަނީ ޑިޖިޓަލްކޮށްފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބިޒްނަސް ބޭކިންގެ ހިދުމަތްތައް ފުޅާކޮށް އެކައުންޓު ހުޅުވުން ޑިޖިޓަލް ކުރުމުގެ އިތުރުން އޯވާޑްރާފްޓް ފެސިލިޓީގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

އެމްއައިބީން "ބްރޭކިން ބެރިއާސް" ގެ ނަމުގައި މީރުމާ މާލަމްގައި މިރޭ ބޭއްވި ހަފްލާއެއްގައި އެ ކުންފުނިން ބިޒްނަސް ބޭންކިންއަށް މުޅި އަލަށް ތައާރަފްކުރި ހިދުމަތްތައް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެ ބޭންކުން އަލަށް ތައާރަފްކުރި ހިދުމަތުގެ ދަށުން ވިޔަފާރިތަކަށް ބޭންކް އެކައުންޓު ހުޅުވުމުގެ ހިދުމަތް އެއްކޮށް ޑިޖިޓަލްކޮށް، ރައްކާތެރިކަމާއެކު އެކައުންޓު ހުޅުވެ އެވެ.

އެމްއައިބީން ބިޒްނަސް ބޭންކިންގެ ކަސްޓަމަރުންނަށް އޯވާޑްރާފްޓް ކުރެވޭ ގޮތް ހަމަޖެއްސީ ޝަރިއާ ކޮމްޕްލަޔަންޓް ސްޓްރަކްޗާގެ ދަށުންނެވެ.

އޭގެއިތުރުން ބިޒްނަސް ބޭންކު ހުޅުވާ ގަޑިވެސް ހެނދުނު 8:30 އިން ހަވީރު 4:00 ޖަހަންދެން އެ ބޭންކުން ވަނީ އިތުރުކޮށްފަ އެވެ.

އެމްއައިބީގެ ބިޒްނަސް ބޭކިންގެ އިވެންޓުގެ ތެރެއިން: އެމްއައިބީން ވަނީ ބިޒްނަސް ކަސްޓަމަރުންނަށް އޯވާޑްރާފްޓްގެ ފެސިލިޓީ ތައާރަފްކޮށްފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު
އެމްއައިބީގެ ބިޒްނަސް ބޭކިންގެ އިވެންޓުގެ ތެރެއިން: އެމްއައިބީން ވަނީ ބިޒްނަސް ކަސްޓަމަރުންނަށް އޯވާޑްރާފްޓްގެ ފެސިލިޓީ ތައާރަފްކޮށްފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އެމްއައިބީގެ ބިޒްނަސް ބޭކިންގެ އިވެންޓުގެ ތެރެއިން: އެމްއައިބީން ވަނީ ބިޒްނަސް ކަސްޓަމަރުންނަށް އޯވާޑްރާފްޓްގެ ފެސިލިޓީ ތައާރަފްކޮށްފައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އެމްއައިބީން އަލަށް ތައާރަފްކުރި ހިދުމަތްތައް:

  • ބިޒްނަސް އެކްސްޕެންސް ކާޑު - ފަސޭއިން ޕެޓީކޭޝް މެނޭޖުކޮށް، ޓޮޕްއަޕް ކުރެވޭ ގޮތް ހެދުން.
  • ވިޔަފާރިތަކަށް އެމްއެމްއޭގެ "ފަވަރަ" އިން ބަލްކް ޓްރާންސްފާގެ ހިދުމަތް ދޭން ފެށުން.
  • ވިޔަފާރިތަކަށް "ފަވަރަ" އިން ހުރިހާ ބެންކަކަށް ފައިސާ ދެއްކެން ފެށުން.
  • ވިޔަފާރިތަކަށް މުސާރަ ކޯޑު މެދުވެރިކޮށް، މުސާރަތައް ކޮންމެ ބޭންކަކަށް ޖަމާކުރެވެން ފެށުން.
  • ޓްރާންސެކްޝަންތައް ޝެޑިއުލްކޮށްގެން ކުރެވެން ފެށުން.

އެމްއައިބީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ދޭ ގިނަ ހިދުމަތްތަކަކީ ޑިޖިޓަލް ހިދުމަތްތަކެވެ. އެ ބޭންކުން އަންނަނީ އާ ހިދުމަތްތައް ތައާރަފްކޮށް، އިތުރަށް ފުޅާކުރަމުންނެވެ.

އެމްއައިބީގެ ޑިޖިޓަލް ހުރިހާ ޕްލެޓްފޯމެއްގެ މަސައްކަތްތައް ކޮށްފައިވަނީ ދިވެހިންނެވެ. އެގޮތުން އެމްއައިބީގެ ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކުން ވެސް ފެނިގެންދަނީ ދިވެހިންގެ އީޖާދުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox