ސިޓީން އޮލްމޯގެ ސޮއި ހޯދުމާ ގާތަށް: ރިޕޯޓް

Jul 16, 2024, 9:38 AM
ސިޓީން އޮލްމޯގެ ސޮއި ހޯދުމާ ގާތަށް: ރިޕޯޓް

ލަންޑަން (ޖުލައި 16) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު، ޑެނީ އޮލްމޯގެ ސޮއި ހޯދުމާ ގާތަށް ޖެހިލައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އޮލްމޯ، 26، މި ވަގުތު، ޖަރުމަނުގެ އާރްބީ ލައިޕްޒިގުގެ ކޮންޓްރެކްޓްގައި ހުރިއިރު، އޭގެ މާއްދާއެއްގައިވާ ގޮތުން، މި މަހު 20 ވަނަ ދުވަހުގެ ކުރިން، 55 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު، އޮލްމޯ ގަތުމުގެ ފުރުސަތު އެބައޮތެވެ. އެއީ، ލައިޕްޒިގާ އެކު، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތް އޮލްމޯގެ ކޮންޓްރެކްޓް އުވާލުމަށްފަހު އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސިޓީން ވަނީ އެ އަގު ދީފައި އޮލްމޯގެ ކޮންޓްރެކްޓް ގަންނަން ތައްޔާރަށެވެ. ބާސެލޯނާ އިން ވެސް އޮލްމޯ ހޯދަން މަސައްކަތް ކުރަމުން އައި ނަމަވެސް، އެ ޓީމުން ފޯކަސް ބަދަލުކޮށްލާފައިވަނީ އެތުލެޓިކް ބިލްބާއޯ އަށް ކުޅޭ ސްޕެއިންގެ ވިންގް، ނީކޯ ވިލިއަމްސް ގަންނާށެެވެ.

މި ފަހަރުގެ ޔޫރޯގައި ތިން ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އޮލްމޯ އަށް ބަޔާން މިއުނިކްގެ ހުށަހެޅުން ވެސް ވަނީ ލިބިފަ އެވެ.

ބާސެލޯނާގައި 2007-2014 އަށް ހޭދަކުރި އޮލްމޯ އަކީ އެ ކްލަބްގެ ޔޫތު ޓީމުތަކުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު، ބާސެލޯނާ ދޫކޮށް އޮލްމޯ ވަނީ، 2014 ވަނަ އަހަރު ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބަށް ބަދަލުވެފަ އެވެ. އަދި އެ ޓީމަށް ގިނަ އަހަރުތަކެއް ކުޅުމަށް ފަހު، އޮލްމޯ ވަނީ 2020 ވަނަ އަހަރު ޖެނުއަރީ މަހު، 35 މިލިއަން ޑޮލަރަށް ލައިޕްޒިގަށް ސޮއިކޮށްފަ އެވެ.

ލައިޕްޒިގަށް މިހާތަނަށް ކުޅެދިން، 148 މެޗުން 29 ގޯލު ޖަހައި، 34 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އޮލްމޯ ވަނީ އެ ޓީމާ އެކު، ޖަރުމަނު ކަޕް ދެ ފަަހަރު އަދި ޖަރުމަނު ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox