އެފްއެސްއެމް އިން މާމެންދޫ އަދި ނިލަންދޫއަށް ވިއްކި ޕެޓްރޯލުގައި ތެލަށްވުރެ ގިނައީ ފެން!

އެ ދެ ރަށަށް ވިއްކި ޕެޓްރޯލުގައި ފެން ގިނަވުމުން ހުރި ކުލަ -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

އެ ދެ ރަށަށް ވިއްކި ޕެޓްރޯލުގައި ފެން ގިނަވުމުން ހުރި ކުލަ -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

އެފްއެސްއެމް އިން ގއ. މާމެންދޫ އަދި އެ އަތޮޅު ނިލަންދޫ އަށް ގެންދިޔަ ޕެޓްރޯލުގައި ތެލަށްވުރެ ގިނައިން ފެން ހުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އަދަދު ނޫހާ ވާހަކަ ދައްކަމުން މާމެންދޫގައި ހަމައެކަނި ޕެޓްރޯލްގެ ވިޔަފާރި ކުރަމުން ގެންދާ ވިޔަފާރިވެރިޔާ ބުނީ ޕެޓްރޯލުގައި ފެން ހުރިކަން އެނގުނީ ދޯންޏަކަށް އަޅައިގެން ދަތުރެއް ކުރިއިރު، އިންޖީނުންް އެކަން އެލާޓް ކުރުމުން ކަމަށެވެ.

ފަހުން ބެލިއިރު، އެހެން ފީފާތަކުގައި ވެސް ހުރީ ގިނައިން ފެން ކަމަށް އޭނާ ބުންޏެވެ. މި ނޫހަށް ފޮނުވާފައިވާ ވީޑިއޯތަކުން ވެސް ތެލުގައި ގިނައީ ފެންކަން ފާހަގަވެ އެވެ.

އެފްއެސްއެމް އިން މިދަތުރުގައި ޕެޓްރޯލް އަޅައިފައިވަނީ މާމެންދޫ، ނިލަންދޫ އަދި އެ އަތޮޅު ވިލިނގިިއްޔަށެވެ. ނަމަވެސް ޕެޓްރޯލުގައި ތެލަށްވުރެ ފެން ގިނަވެގެން މިއުޅެނީ މާމެންދޫ އާއި ނިލަންދޫއަށް އެޅި ޕެޓްރޯލުގަ އެވެ.

ނިލަންދޫގައި ވެސް ޕެޓްރޯލްގެ ވިޔަފާރި ކުރައްވާ ބޭފުޅާ ވެސް ވިދާޅުވީ މިފަހަރު ރީފިލް ކުރި ޕެޓްރޯލުގައި ފެން ހުރި ކަމަަށެވެ. މިރަށަށް އަޅައިފަ ވަނީ ޖުމްލަ 1000 ލީޓަރެވެ. އެއީ ގާތްގަނޑަކަށް ފަސް ފީފާ ކަމަށް އޭނާ ބުންޏެވެ. އަދި މީގެއިތުރުން ޕެޓްރޯލުގައި ފެން ހުރިކަން ފާހަގަ ވެގެން އެކަން ބެލިއިރު ޕެޓްރޯލުގެ ގޮތުގައި ސަލާމަތް ކުރެވިފައި ވަނީ ދެ ފީފާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން އެފްއެސްއެމް އާއި ސުވާލުކުރުމުން ބުނީ އެކަހަލަ އެއްވެސް މައްސަލައެއް އެތަނަށް ލިބިފައިނުވާ ކަމަށާއި ނަމަވެސް އެފަދަ މައްސަލައެއް އުޅޭ ނަމަ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox