ރިސޯޓެއްގެ ކޮންސްޓަރަކްޝަން ކުނިތަކެއް ގއ. ނިލަންދޫގައި ވަޅުލި މައްސަލަ އީޕީއޭއިން ބަލަން ފަށައިފި

ރޮބިންސަން ރިސޯޓުން ގެނައި ކުނި ގއ. ނިލަންދޫގައި ވަޅުލުން: ކައުންސިލުން ބުނީ އެ ކުނިތައް ވަޅުލީ މަގު ހެދުމުގެ ބޭނުމުގައި ކަމަށް -- ފޮޓޯ: އަދަދު

ރޮބިންސަން ރިސޯޓުން ގެނައި ކުނި ގއ. ނިލަންދޫގައި ވަޅުލުން: ކައުންސިލުން ބުނީ އެ ކުނިތައް ވަޅުލީ މަގު ހެދުމުގެ ބޭނުމުގައި ކަމަށް -- ފޮޓޯ: އަދަދު

ގއ. ދެއްވަދޫ ކައިރީ ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ކޮޓަރިތައް ތަޅާލުމުން އުފެދުނު ކުނިތައް އުކާލަން ހަވާލުވި ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން އެ ކުނިތައް ގއ. ނިލަންދޫއަށް ގެނެސް، އެ ރަށުގެ ޗަސް ބިން ސަރަހައްދުގައި ވަޅުލި މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހިމް ނައީމް "އަދަދު" ނޫހަށް ވިދާޅުވީ ތަނެއްގައި އުފެދޭ ކުނި އެއްވެސް ހާލެއްގައި އެހެން ރަށަކަށް އެރުވުމަކީ މަނާ ކަމެއް ކަމަށާއި އެކަމާ ގުޅިގެން ޝަކުވާތަކެއް ލިބުމުން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

"އެކަމާ ގުޅިގެން ޝަކުވާތަކެއް ލިބިފައި ހުރީ. މިދަނީ މައްސަލަ ބަލަމުން. ރިސޯޓެއްގައި އުފެދޭ ކުނި އެހެން ރަށަކަށް ގެންދިޔުމަކީ މަނާ ކަމެއް،" ނައީމް ވިދާޅުވި އެވެ.

ނިލަންދޫއިން "އަދަދު" އާ ވާހަކަ ދެއްކި މީހުން ބުނީ އެ ކުނިތައް މީގެ ތިން މަހެއްހާ ދުވަސް ކުރިން ރަށަށް ގެނައުމަށް ފަހު ވަޅުލުމުގެ މަސައްކަތް ފެށީ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އެކަމާ ގުޅިގެން ރައްޔިތުން ސުވާލު ކުރުމުން ކުރިން ކައުންސިލުން ބުނީ އެއީ ތިލަފުއްޓަށް ފޮނުވާ ކުނިތަކެއް ކަމަށެވެ.

ކުނިތައް ވަޅުލީ މަގުހެދުމަށް ކަމަށް ބުނެ ބޮޑު ސަރަހައްދެއް ސާފުކޮށް، ކޮނުނު ވަޅުގަނޑުތަކުގަ އެވެ.

ރޮބިންސަން ރިސޯޓުން ގެނައި ކުނި ގއ. ނިލަންދޫގައި ވަޅުލުން: ކައުންސިލުން ބުނީ އެ ކުނިތައް ވަޅުލީ މަގު ހެދުމުގެ ބޭނުމުގައި ކަމަށް -- ފޮޓޯ: އަދަދު
ރޮބިންސަން ރިސޯޓުން ގެނައި ކުނި ގއ. ނިލަންދޫގައި ވަޅުލުން: ކައުންސިލުން ބުނީ އެ ކުނިތައް ވަޅުލީ މަގު ހެދުމުގެ ބޭނުމުގައި ކަމަށް -- ފޮޓޯ: އަދަދު

ރޮބިންސަން ރިސޯޓުން ގެނައި ކުނި ގއ. ނިލަންދޫގައި ވަޅުލުން: ކައުންސިލުން ބުނީ އެ ކުނިތައް ވަޅުލީ މަގު ހެދުމުގެ ބޭނުމުގައި ކަމަށް -- ފޮޓޯ: އަދަދު

"އެ ކުނިތައް ތިލަފުއްޓަށް ގެންދިޔުމުގެ ބަދަލުގައި ނިލަންދޫގައި ތިމަންނަމެން މަގެއް ހަދައިދީފާނަމޭ ކިޔާފައި ކައުންސިލަށް ހުށަހަޅައިގެން ރަށް ވަށައިގެން މިއޮންނަ މަގުގެ ބައެއް އެމީހުން ސާފުކުރި އަދި ޗަސް ބިން އޮންނަ ސަރަހައްދުގައި ބޮޑެތި ވަޅުގަނޑުތައް ގާތްގަނޑަކަށް 100 ފޫޓާއި 150 ފޫޓެއްހާ ވަޅުގަނޑުތައް ވަރަށް ފުންކޮށް ކޮނުމަށްފަހު ވަޅުގަނޑަށް އަޅާފައި ފަސް އަޅައިގެން ލެވެލް ކޮށްފައިވަނީ،" ކުނިތައް އުކާލުމާ ހަވާލުވެފައިވާ އަމިއްލަ ކުންފުނިން ކަންކުރި ގޮތް ނިލަންދޫ މީހަކު ކިޔައިދިނެވެ.

ނިލަންދޫގެ ޗަސް ބިން އޮންނަނީ އޮޅު އަލަ ހައްދާ ސަރަހައްދުގަ އެވެ. އެ ގޮތުން އެ ސަރަހައްދުގައި ކުނިތައް އެގޮތަށް ވަޅުލުމުން އާންމު ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް ނިލަންދޫ ކައުންސިލުގެ ރައީސް ނާސިހް އިބްރާހިމް "އަދަދު" އަށް ވިދާޅުވީ ރޮބިންސަން ރިސޯޓުގެ ރޫމްތައް ތަޅާލައިގެން ގެނައީ ކުނިތައް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ކައުންސިލުން ބޭނުން ވެގެން ގެނައި ތަކެތި ކަމަށެވެ. އޭގެ ތެރެއިން ރަށުގެ ރައްޔިތުން ބޭނުންވާ ބައެއް ލަކުޑިތަކާއި، ޓިނާއި ފާހާނާއަށް ބޭނުންވާ ސާމާނު ނެގި ކަމަށާއި ޗަސް ބިން ކައިރީ ޗަކަ ހެދިފައި އޮތް މަގު ގަނބާތީ އެކަން ރަނގަޅުކުރި ކަމަށެވެ.

"ވަޅުލަނީއެއް ނޫން. މަގު ހަދަން ބޭނުންވާ ބައެއް ސާމާނުތައެއް އެއީ ޗަކަ ހެދިފަ އޮތް ތަނެއް ވަރަށް ބޮޑަށް ގަނބާތީ އަޅަނީ؛ ކުންޏެއް ނޫން އެއީ. އަޅުގަނޑުމެން ބޭނުން ވެގެން ގެނައި އެއްޗެހި. ކުންޏަށް ވަނީ އުކާލާ ނުވަތަ ބޭނުން ނުކުރެވޭ އެއްޗެހި،" ނާސިހް އިބްރާހިމް ވިދާޅުވި އެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ކުރިން އެއްވެސް ދިރާސާއެއް ހަދައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ އެއްވެސް މަޝްވަރާއެއް ކުރަން ނުޖެހޭކަން ފާހަގަ ކުރައްވާ ނާސިހް އިބްރާހިމް ތަކުރާރުކޮށް ވިދާޅުވީ ގެނެސް މަގު ހެދުމަށް ބޭނުންކުރީ ކުނި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ރިސޯޓުތަކުގައި އުފެދޭ ކުނި އާންމު ގޮތެއްގައި އެހެން ރަށްރަށަށް ނުގެނެސް ގެންދަނީ ތިލަފުއްޓަށެވެ. އެކަމަށް ބޮޑެތި ހަރަދުތައް ވެސް ހިނގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox