ރޮބިންސަން ރިސޯޓުގެ ކުނިތައް ނިލަންދޫގައި ވަޅުލަނީ

ރޮބިންސަން ރިސޯޓުން ގެނައި ކުނިތައް ގއ. ނިލަންދޫގެ މަގު ހަދާ ސަރަހައްދުގައި: މިއީ ކުނިތަކެއް ނޫން ކަމަށް އެ ރަށު ކައުންސިލުން އަންނަނީ ބުނަމުން -- ފޮޓޯ: އަދަދު

ރޮބިންސަން ރިސޯޓުން ގެނައި ކުނިތައް ގއ. ނިލަންދޫގެ މަގު ހަދާ ސަރަހައްދުގައި: މިއީ ކުނިތަކެއް ނޫން ކަމަށް އެ ރަށު ކައުންސިލުން އަންނަނީ ބުނަމުން -- ފޮޓޯ: އަދަދު

ގއ. ދެއްވަދޫ ކައިރީ ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ކޮޓަރިތައް ތަޅާލުމުން އުފެދިފައިވާ ކޮންސްޓްރަކްޝަން ކުނިތައް ގއ. ނިލަންދޫއަށް ގެނެސް، އެ ރަށުގެ ބީޗު ސަރަހައްދުގެ ޗަސް ބިން އޮންނަ ސަރަހައްދުގައި ވަޅުލައިފި އެވެ.

ނިލަންދޫއިން "އަދަދު" އާ ވާހަކަ ދެއްކި މީހުން ބުނީ އެ ކުނިތައް މީގެ ތިން މަހެއްހާ ދުވަސް ކުރިން ރަށަށް ގެނައުމަށްފަހު ވަޅުލުމުގެ މަސައްކަތް ފެށީ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި ރަށަތައް ކުނި ސަބަބާ ގުޅޭ ގޮތުން އޭރު ސުވާލުކުރުމުން އޭރު ބުނީ އެއީ ތިލަފުއްޓަށް ފޮނުވާ ކުނިތަކެއް ކަމަށެވެ.

މިިހެން ނަމަވެސް ނިލަންދޫ ކައުންސިލުން ވަނީ ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން އެ ރަށުގެ ބީޗު ސަރަހައްދުގެ މަގުތައް ހެދުމަށް އެ ސަރަހައްދު ސާފު ކުރުމަށްފަހު އެ ސަރަހައްދުގައި ވަޅުގަނޑުތައް ހަދައި އެ ކުނިތައް ވަޅުލަމުން ކަމަށް އެ މީހާ ބުންޏެވެ.

"އެ ކުނިތައް ތިލަފުއްޓަށް ގެންދިޔުމުގެ ބަދަލުގައި ނިލަންދޫގައި ތިމަންނަމެން މަގެއް ހަދައިދީފާނަމޭ ކިޔާފައި ކައުންސިލަށް ހުށަހަޅައިގެން ރަށް ވަށައިގެން މިއޮންނަ މަގުގެ ބައެއް އެމީހުން ސާފުކުރި އަދި ޗަސް ބިން އޮންނަ ސަރަހައްދުގައި ބޮޑެތި ވަޅުގަނޑުތައް ގާތްގަނޑަކަށް 100 ފޫޓާއި 150 ފޫޓެއްހާ ވަޅުގަނޑުތައް ވަރަށް ފުންކޮށް ކޮނުމަށްފަހު ވަޅުގަނޑަށް އަޅާފައި ފަސް އަޅައިގެން ލެވެލް ކޮށްފައިވަނީ،" އޭނާ ބުންޏެވެ.

ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ކުނިތައް ނިލަންދޫއަށް ގެންދިޔުން -- ފޮޓޯ: އަދަދު
ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ކުނިތައް ނިލަންދޫއަށް ގެންދިޔުން -- ފޮޓޯ: އަދަދު

ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ކުނިތައް ނިލަންދޫއަށް ގެންދިޔުން -- ފޮޓޯ: އަދަދު

ނިލަންދޫގެ ޗަސް ބިން އޮންނަނީ އޮޅު އަލަ ހައްދާ ސަރަހައްދުގަ އެވެ. އެ ގޮތުން އެ ސަރަހައްދުގައި ކުނިތައް އެގޮތަށް ވަޅުލުމުން އާންމު ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް ނިލަންދޫ ކައުންސިލުގެ ރައީސް ނާސިހް އިބްރާހިމް "އަދަދު" އަށް ވިދާޅުވީ ރޮބިންސަން ރިސޯޓުގެ ރޫމްތައް ތަޅާލައިގެން ގެނައީ ކުނިތައް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ކައުންސިލުން ބޭނުން ވެގެން ގެނައި ތަކެތި ކަމަށެވެ. އޭގެ ތެރެއިން ރަށުގެ ރައްޔިތުން ބޭނުންވާ ބައެއް ލަކުޑިތަކާއި، ޓިނާއި ފާހާނާއަށް ބޭނުންވާ ސާމާނު ނެގި ކަމަށާއި ޗަސް ބިން ކައިރީ ޗަކަ ހެދިފައި އޮތް މަގު ގަނބާތީ ބައެއް ތަކެތި އެތަނުގައި ވަޅުލި ކަމަށެވެ.

"ވަޅުލަނީއެއް ނޫން. މަގު ހަދަން ބޭނުންވާ ބައެއް ސާމާނުތައެއް އެއީ ޗަކަ ހެދިފަ އޮތް ތަނެއް ވަރަށް ބޮޑަށް ގަނބާތީ އަޅަނީ؛ ކުންޏެއް ނޫން އެއީ. އަޅުގަނޑުމެން ބޭނުން ވެގެން ގެނައި އެއްޗެހި. ކުންޏަށް ވަނީ އުކާލާ ނުވަތަ ބޭނުން ނުކުރެވޭ އެއްޗެހި،" ނާސިހް އިބްރާހިމް ވިދާޅުވި އެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ކުރިން އެއްވެސް ދިރާސާއެއް ހަދައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ އެއްވެސް މަޝްވަރާއެއް ކުރަން ނުޖެހޭކަން ފާހަގަ ކުރައްވާ ނާސިހް އިބްރާހިމް ތަކުރާރުކޮށް ވިދާޅުވީ ގެނެސް މަގު ހެދުމަށް ބޭނުންކުރީ ކުނި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ކުނިތައް ނިލަންދޫއަށް އެރުވުން -- ފޮޓޯ: އަދަދު
ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ކުނިތައް ނިލަންދޫއަށް އެރުވުން -- ފޮޓޯ: އަދަދު

ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގެ ކުނިތައް ނިލަންދޫއަށް އެރުވުން -- ފޮޓޯ: އަދަދު

އިބްރާހިމް ނާސިހު ވިދާޅުވީ އޮޅު ސަރަހައްުދު ލޮނު އަރައި އެއްކޮށް ގިރަމުންދާ ކަމަށާއި އެ މަސައްކަތް ކުރަމުންދަނީ އެތަން ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ.

މިކަމާ ގުޅިގެން އިކޯކެއާ މޯލްޑިވްސްގެ ޑިރެކްޓާ އޮފް އެޑްވޮކަސީ މައީދު ޒާހިރު "އަދަދު" އަށް ވިދާޅުވީ ޗަސް ބިމަކީ އޭގެ ޒާތުގައި ރަށަށް ވަރަށް ފައިދާ ކުރާ ތަނެއް ކަމަށާއި ކުރާ އަމަލެއްގެ ސަބަބުން އެފަދަ ތަނެއް ހަލާކުވެގެން ދިޔުމަކީ ގެއްލުން ހުރި ކަމެއް ކަމަށެވެ.

"އެތަން ނައްތާލުން އަދި އެތަން ހަލާކުވެގެން ދިޔުމަކީ ރަނގަޅު ކަމެއް ނޫން. ކުނި އަޅައިގެން ވިޔަަސް ނުވަތަ ހިއްކައިގެން ވިޔަސް. އެފަދަ ނާޒުކު ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއް. އެފަދަ ކަމެއް ކުރާނަމަ ދިރާސާތައް ކުރެވި މަޝްވަރާ ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކުގައި އުފެދޭ ކުނި އާންމު ގޮތެއްގައި އެހެން ރަށްރަށަށް ނުގެނެސް ގެންދަނީ ތިލަފުއްޓަށެވެ. އެކަމަށް ބޮޑެތި ހަރަދުތައް ވެސް ހިނގަ އެވެ. ނިލަންދޫގެ ބައެއް ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި އެ ކުނިތައް ތިލަފުއްޓަށް ގެންދިޔުމުގެ ބަދަލުގައި އެ ރަށަށް ގެނެސް ވަޅުލުމަކީ ބޮޑު ޖަރީމާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox