ފީފާގެ ރައީސް ވެސް އަމްބާނީ ކައިވެނި ހަފްލާ އަށް

Jul 14, 2024, 9:02 AM
އަމްބާނީ ކައިވެނި ހަފްލާގެ ތެރެއިން ފީފާ ރައީސް.

އަމްބާނީ ކައިވެނި ހަފްލާގެ ތެރެއިން ފީފާ ރައީސް.

މުމްބާއި، އިންޑިއާ (ޖުލައި 14) - އިންޑިއާގެ އިތުރުން މުޅި ދުނިޔެ އިން ވެސް ފާހަގަކޮށްލެވޭ އެންމެ މުއްސަނދި އެއް މަހުޖަނު، މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު، އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެންފި އެވެ.

ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ބޭއްވި އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ކައިވެނި ހަފްލާ އަށް ދުނިޔޭގެ މަޝްހޫރު އެކި ފަރާތްތައް މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިި އެވެ. އެ މެހެމާނުންގެ ލިސްޓުގައި ފީފާގެ ރައީސް އިންފަންޓީނޯ ހިމެނުމުން، އެ ކަމަށް އިންޑިއާ މީޑިއާގެ ސަމާލުކަން ހުއްޓުނެވެ.

އަދި އެ ހަފްލާގެ ތެރެއިން، ބޮލީވުޑް ތަރި، ރަންވީރު ސިންގް، ފީފާގެ ރައީސް، އިންފަންޓީނޯއާ އެކު ނަށާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.

ސޯޝަލް މީޑިއާގައި އިންފަންޓީނޯ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަނަންތު އާއި ރާދިކާގެ ކައިވެނި ހަފްލާގައި ބައިވެރިވުމަށް ލިބުނު ދައުވަތާ މެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި އެކަމަށްޓަކައި، މުކޭޝް އަމްބާނީ އާއި އޭނާގެ އަންހެނުން، ނީތާ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

މީގެ އިތުރުން، އިންފަންޓީނޯ ވަނީ އެކި ދާއިރާތަކުގެ ލެޖެންޑުންނާ މި ހަފްލާ ތެރެއިން ބައްދަލުކުރުމުގެ ފުރުސަތު ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ހާއްސަކޮށް، ދާދި ފަހުން އިންޑިއާގެ ގައުމީ ޓީމުން ރިޓަޔާކުރި ލެެޖެންޑް، ސުނިލް ޗެތުރީއާ ބައްދަލުވުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އިންފަންޓީނޯ ވަނީ ހާމަކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox