ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭ އީޔޫއީން ރާއްޖެއަށް 6.5 މިލިއަން ޔޫރޯ ދެނީ

ރާއްޖެއާ އީޔޫގެ އޮފިޝަލުންނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

ރާއްޖެއާ އީޔޫގެ އޮފިޝަލުންނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތައް ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ރާއްޖެއަށް 6.5 މިލިއަން ޔޫރޯ (އެއް ބިލިއަން ރުފިޔާ) ދިނުމަށް މަޝްވަރާތައް ފަށައިފި އެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އެންވަޔަރަމަންޓު މިނިސްޓްރީގެ އޮފިޝަލުންނާއި އީޔޫ އަދި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ އޮފިޝަލުންނެވެ.

އެންވަޔަރަމަންޓު މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ބައްދަލުވުމުގައި މަޝްވަރާކުރެވުނީ އެ ގްރާންޓު ޕްރޮޖެކްޓު ފެށުމާއި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކަމަށެވެ.

Advertisement

"މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ ބަޔޯޑައިވާސިޓީ އަދި ކުނި މެނޭޖުކުރުމާއި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން،" އެ ޕޯސްޓުގައި ބުންޏެވެ.

ބެލެވޭ ގޮތުގައި އީޔޫ އިން ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން ދޭ އެ ހިލޭ އެހީ މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭނީ އެ މަސައްކަތްތަކަށެވެ. އެ ތިން މައްސަލަ އަދި ވަކިން ހާއްސަކޮށް ކުނި މެނޭޖުކުރުމަކީ ރާއްޖެއަށް މިވަގުތު ވަރަށް ބޮޑަށް ހައްލެއް ބޭނުންވެފައިވާ މައްސަލައެކެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު އީޔޫގެ އިސް އޮފިޝަލުންނާއި ދިވެހި ސަރުކާރާއި ދެމެދު ބާއްވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކުގެ ފަސްވަނަ ބައްދަލުވުން މާލޭގައި ބޭއްވި އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ޝަރުއީ ދާއިރާގެ އިސްލާހުތަކާއި، ސަލާމަތާ ގުޅުން ހުރި ކަންކަމުގެ އިތުރުން ޑިމޮކްރެޓިކް އިސްލާހުތަކާއި މޫސުމީ ބަދަލުތައް ހިމެނުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox